Roadha Mihaaru
ކެމިކަލް ހަމަލާދިން ތަން ތަޖްރިބާކާރުން ބަލާ ފާސްކޮށްފި

ސީރިއާގައި ކެމިކަލް ހަމަލާ ދިން ތަން ތަޖްރިބާކާރުން ބަލާ ފާސްކޮށްފި

22 އެޕްރީލް 2018

ދިމިޝްގު (އެޕްރީލް 22) - ސީރިއާގެ އިރުމަތީ ޣޫތާގެ ދޫމާގައި ކެމިކަލް ހަމަލާ ދިން ސަރަހައްދަށް ބައިނަލްއަގުވާމީ ތަޖްރިބާކާރުން ވަދެ އެތަން ބަލާ ފާސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އެޕްރީލް 22) - ސީރިއާގެ އިރުމަތީ ޣޫތާގެ ދޫމާގައި ކެމިކަލް ހަމަލާ ދިން ސަރަހައްދަށް ބައިނަލްއަގުވާމީ ތަޖްރިބާކާރުން ވަދެ އެތަން ބަލާ ފާސްކޮށްފި އެވެ.

އޮގަނައިޒޭޝަން ފޯ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު) ގެ ތަޖްރިބާކާރުން ދޫމާ އަށް ކުރި ދަތުރުގައި ސާމްޕަލް ވަނީ ނަގައިފަ އެވެ. އެ ސާމްޕަލް ދެން ފޮނުވާނީ ދަ ހޭގުގައި ހުންނަ އޯޕީސީޑަބްލިއުގެ ލެބޯޓްރީއަށެވެ. އިންސްޕެކްޓަރުން ވަނީ ދޫމާ އިން އެހެން "މެޓީރިއަލްސް" ވެސް ނަގައިފަ އެވެ.

އޯޕީސީޑަބްލިއުގެ ނުވަ މެންބަރުންގެ ޓީމު ދޫމާ އަށް ވަދެފައި ވަނީ ސީރިއާ އިން ހުއްދަ ދެންދެން ދިމިޝްގުގައި ހަފުތާއެއްހާ ދުވަހު މަޑު ކުރުމަށް ފަހު އެވެ.

ދޫމާގައި ކެމިކަލް ހަމަލާދީފައި ވަނީ މި މަހު 7 ވަނަ ދުވަހު އެވެ. ވިހައިގެ އަސަރުކޮށްގެން 40 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށްވެ އެވެ. އެ ހަމަލާ އަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާ އާއި ފްރާންސް އަދި އިނގިރޭސި ވިލާތުން ވަނީ ސީރިއާ އަށް މިދިޔަ ހަފުތާގައި ބޮން އަޅައިފަ އެވެ.

ދޫމާގެ ކޮންޓްރޯލް މިހާރު އޮންނަ ސީރިއާ އާއި ރަޝިޔާ އިން ވަނީ ކެމިކަލް ހަމަލާ ދިން ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.

ދޫމާ ކުރިން އޮތީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖައިޝުލް އިސްލާމްގެ ބާރުގެ ދަށުގަ އެވެ.