19 އެޕްރީލް 2018
ދޫނިދޫގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރަން ވަޑައިގެންނެވި އިރު އެ މަނިކުފާނުގެ ވަކީލު ހިސާން ހުސައިން އިށީންނަވަން ހުރި ގޮނޑީގެ ދަށުގައި ރެކޯޑަރެއް ހަރުކޮށްފައި ހުއްޓައި ފެނުނު މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ދޫނިދޫގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރަން ވަޑައިގެންނެވި އިރު އެ މަނިކުފާނުގެ ވަކީލު ހިސާން ހުސައިން އިށީންނަވަން ހުރި ގޮނޑީގެ ދަށުގައި ރެކޯޑަރެއް ހަރުކޮށްފައި ހުއްޓައި ފެނުނު މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާޗް މަހުގެ 14 ވަނަ ދުވަހު، އުއްތަމަ ފަނޑިޔާރާ އެކު ދޫނިދޫގައި ހިސާން ބޭއްވި ބައްދަލުވުމުގައި ހިސާންގެ ގޮނޑި ދަށުން ޓޭޕް ރެކޯޑަރެއް ފެނިފައިވާ ކަމަށް ވިދާޅުވެ އެ ކަން މީޑިއާގައި ފަޅާއަރުވައިލީ ހިސާނާއި އެ ދުވަހު ދޫނިދު އަށް ވަޑައިގެންނެވި އެހެން ވަކީލުންނެވެ. އެކަމަކު އެ ދުވަހު އެ މައްސަލަ ދޫނިދޫގައި ތިބޭ ފުލުހުންގެ ސަމާލުކަމަށް ގެނައުމުން ފުލުހުން އެކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުނި ކަމަށް ހިސާން ވިދާޅުވި އެވެ.
ހިސާންގެ ގޮނޑި ދަށުން ރެކޯޑަރެއް ފެނުނު ކަމަށް ބުނާ ވާހަކަ ފުލުހުން އެ ދުވަހު ދޮގު ކުރި އެވެ. ފުލުހުން ބުނި ގޮތުގައި، އެއީ ފުލުހުން ބަދުނާމު ކުރުމަށް ދައްކާ ވާހަކައެކެވެ.
Uhthama fandiyaaru ge lawyer ge gondi dhashun recorder eh fenijje: Vakeelun
The most trusted news source in the Maldives
Mihaaru
އުއްތަމަ ފަނޑިޔާރުގެ ވަކީލުގެ ގޮނޑިދަށުން ރެކޯޑަރެއް ފެނިއްޖެ: ވަކީލުން
ނަމަވެސް ފަހުން ހަމަ އެ ދުވަހު ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު ވިދާޅުވީ އެ މައްސަލަ އަަދިވެސް ކުރި އަށް ދާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.
ހިސާން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުން އެއްވެސް ކަމެއް އޭނާ އަށް މިހާތަނަށް އަންގާފައިނުވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، އެ މަހުގެ 5 ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ހަމަ އެ ރެޔެވެ. އެ މަނިކުފާނުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާޢި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް އެރޭ ހައްޔަރުކުރި އެވެ. އެ ބޭފުޅުންގެ މައްޗަށް، ރިޝްވަތާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކުރެ އެވެ.
"އުއްތަމަ ފަނޑިިޔާރާ ދޭތެރޭ އަމަލުކުރަނީ އިހާނެތިކޮށް"
32 މީހަކު އަދިވެސް ތިބީ ބަންދުގައި: ހިސާން
މުވައްކިލުންނާ އެކު އަދިވެސް ދެނީ 30 މިނެޓް: ހިސާން
"ތުހުމަތުގައި އަސާސެއް ނެތް، ގާނޫނާ ޚިލާފެއް ނުވަން"
ޕޯސްޓްމޯޓަމުން ދެއްކީ އަތުހަރު މަރުވީ ދަންޖެހިގެންކަމަށް
އަތުހަރުގެ ޕޯސްޓްމޯޓަމް މާދަމާ ހަދަނީ
އަތުހަރުގެ ގޮޅީގެ ވީޑިއޯއިން ގިނަ ސުވާލުތަކެއް!
އަތުހަރު މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި
އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ