Roadha Mihaaru
ވާރޭ ވެހި އައްޑޫގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭ ވެހި އައްޑޫގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ

20 އެޕްރީލް 2018

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެއްޖެ އެވެ.

މި ވިއްސާރާގައި ހިތަދު އާއި ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫގެ އެކި ހިސާބުތަކުގައި ވަނީ ފެންބޮޑުވެފައިވެ އެވެ. ވަކިން ޚާއްސަކޮށް މި ރަށްތަކުގެ ބައެއް މަގުތަކުގައި ހިނގާ މީހުންނާއި ވެހިކަލްތައް ދުއްވަން ދަތިވާ ވަރަށް ފެންބޮޑުވެފައި ވެ އެވެ. ބައެއް ގޭގެ ގޯތިތެރޭގައި ވެސް ވަނީ ފެން ބޮޑުވެ ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ.

ތާރު އަޅާފައި އޮންނަ ފޭދޫ ބޮޑުމަގަކީ ފެންބޮޑުވުމުގެ މައްސަލަ ވަކިން ބޮޑު މަގެކެވެ. ފެން ހިންދަން ޖަންކްޝަންތަކެއް ބޮޑު މަގާއި އެ މަގާ ގުޅުން ހުރި މަގުތަކުގައި ބަހައްޓާފައި ހުރި ނަމަވެސް އެ ކަމަށް އެކަށީގެންވާ ހައްލެއް ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނީ ފޭދު އަށް ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތުގައި މިއަދު މެންދުރު 2:00 އިން ފެށިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފެންބޮޑުވެފައިވާ މަގެއްގައި މީހަކު ސައިކަލާ އެކު. ފޮޓޯ: ކިޔުންތެރިއެއް.

ފެންބޮޑުވެފައިވާ މަގެއްގައި މީހަކު ސައިކަލާ އެކު. ފޮޓޯ: ކިޔުންތެރިއެއް.

މޫސުމާ ބެހޭ އިދާރާ އިން ބުނީ ރޭ ފަތިހު 5:00 އިން ފެށިގެން މިއަދު ހަވީރު 5:00 އާ ހަމައަށް އައްޑު އަށް 76.7 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. މިރޭ 8:00 އާ ހަމައަށް ދެކުނުގެ އަތޮޅުތަކަށް ވަނީ ވަނީ އެލާޓް ވެސް ނެރެފަ އެވެ. މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއް ނެތި އައްޑު އަށް ދަނީ ވާރޭ ވެހެމުންނެވެ.

ފެންބޮޑުވެފައިވާ ފޭދޫގެ މަގެއް: ވާރޭ ވެހޭ ނަމަ މަގުގަތަކުގެ ހާލަތު ވަރަށް ދަށް. ފޮޓޯ: ކިޔުންތެރިއެއް

ފެންބޮޑުވެފައިވާ ފޭދޫގެ މަގެއް: ވާރޭ ވެހޭ ނަމަ މަގުގަތަކުގެ ހާލަތު ވަރަށް ދަށް. ފޮޓޯ: ކިޔުންތެރިއެއް

މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެ އެވެ.