ޑޮކްޓަރުކަން ކިޔެވުމަށް ރާއްޖޭގައި އަލަށް ފަށާ ކޯހަށް ބޮޑު ތަރުހީބެއް ލިބި، ފުރަތަމަ ދުވަހު އެކަނި ވެސް 40 ފޯމު ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް ނޭޝަަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިއަދު ބުނެފި އެވެ.
23 އެޕްރީލް 2018
ޑޮކްޓަރުކަން ކިޔެވުމަށް ރާއްޖޭގައި އަލަށް ފަށާ ކޯހަށް ބޮޑު ތަރުހީބެއް ލިބި، ފުރަތަމަ ދުވަހު އެކަނި ވެސް 40 ފޯމު ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް ނޭޝަަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިއަދު ބުނެފި އެވެ.
އަންނަ ޖުލައި މަހުގެ ތެރޭގައި ފަށަން ނިންމައި، ޖުމްލަ 50 ޖާގަ ދޭން ނިންމާފައިވާ އެމްބީބީއެސް ކޯހުގެ ފޯމުތައް އެމްއެންޔޫ އިން ބަލައިގަންނަން ފެށީ އިއްޔެ އެވެ.
އެތަނުގެ ރަޖިސްޓްރާ ޑރ. ސައުދުﷲ އަލީ ވިދާޅުވީ އެމްބީބީއެސް ކިޔަވަން މިހާތަނަށް 40 ފޯމު ހުށަހަޅާފައިވީ ނަމަވެސް އެ ކޯހުން ޖާގަ ލިބޭނެ ދަރިވަރުންގެ އަދަދު ކަށަވަރު ވާނީ ފޯމުތައް ބެލުމަށް ފަހު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޯހުން ޖާގަ ދިނުމުގައި އިސްކަންދޭނީ، ކޯހަށް އެންމެ ފުރަތަމަ ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށެވެ. އެ ކޯހުގެ ޝަރުތުތަކާއި ސްޓްރަކްޗާ ވެސް ތައްޔާރުކޮށްފައިވަނީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ފެންވަރުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"މެލޭޝިޔާގެ ދެ ޔުނިވާސިޓީއެއްގެ ވެސް ކޯސް ސްޓްރަކްޗާ އަދި ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ކޯހާއި ސްޓްރަކްޗާ ހަމަޖައްސާފައިވަނީ. މިހާތަނަށް އެމްބީބީއެސް އަށް 40 ފޯމު ލިބުނު ކަމުގައި ވިއަސް ޖާގަ ދެވޭނެ ދަރިވަރުންގެ އަދަދު އެނގޭނީ ފަހުން،" ސައުދުﷲ ވިދާޅުވި އެވެ.
އެމްބީބީއެސް ޕްރޮގްރާމަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި، އޭ ލެވެލްގައި ބަޔޮލޮޖީ، ކެމިސްޓްރީ، ޕިޒިކްސް އަދި ހިސާބުން ފާސްވުމާ އެކު އޯ ލެވެލް އިމްތިހާނުގައި މަދުވެގެން ފަސް މާއްދާއިން ފާސްވުން ހިމެނެ އެވެ. އޭގެ ތެރޭގައި އިނގިރޭސި މާއްދާއިން މަދުވެގެން ސީ ފާހެއް ލިބެން ޖެހެ އެވެ.
ފަސް އަހަރުގެ މުއްދަތަށް ހިންގާ އެމްބީބީއެސް ކޯހުގެ ފީއަކީ މަހަކު ގާތްގަނޑަކަށް 1000 ޑޮލަރު (ގާތްގަނޑަކަށް 15،000ރ.) އެވެ.
އެމްއެންޔޫ އިން އެމްބީބީއެސް ކޯސް ހިންގާނީ އަލަށް ގާއިމްކުރާ މެޑިކަލް ކޮލެޖް ހުޅުވަންދެނެވެ. މެޑިކަލް ކޮލެޖް ހުޅުވުމުން ކޯސްތައް ކުރިއަށް ގެންދާނީ އެތަނުގަ އެވެ. މެޑިކަލް ކޮލެޖު ހިންގަން ނިންމާފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފްލޯއެއްގަ އެވެ.
އެމްބީބީއެސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަނުން ވަނީ ލޯނުގެ ފުރުސަތެއް ވެސް ހުޅުވާލައިފަ އެވެ. އެކަމަށް އެދުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ އެވެ.
ޑޮކްޓަރުކަން ކިޔަވާ ފުރަތަމަ ބެޗުގައި 37 ދަރިވަރުން
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން 65 ދަރިވަރުން
މެޑިކަލް ކޮލެޖާ މެދު ޑރ. ޝީޒާގެ އުއްމީދު ބޮޑު
ޑޮކްޓަރުކަން ކިޔަވަން ކުރިމަތިލީ 29 ދަރިވަރުން
މެޑިކަލް ކޮލެޖުގައި އެޕްރީލް މަހު ކިޔަވައިދޭން ފަށަނީ
ޑރ. ޝީޒާ، މެޑިސިން ސްކޫލުގެ ފުރަތަމަ ޑީނަކަށް
އެމްއެންޔޫ މެޑިސިން ސްކޫލްގައި މެލޭޝިއާގެ ސިލަބަސް
އެމްބީބީއެސްއަށް ކިޔެވުމުގެ ލޯނުގެ މުއްދަތު އިތުރުކޮށްފި
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން ހުޅުވާލައިފި
މެޑިސިން ހަދާ ދަރިވަރުންގެ ލޯނުގެ މުއްދަތު އިތުރުކޮށްފި