މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އަލަށް އުފެއްދި މެޑިސިން ސްކޫލުގެ ފުރަތަމަ ޑީނަކަށް ޑރ. ޝީޒާ އަލީ މިއަދު އައްޔަންކޮށްފި އެވެ.
09 އޮކްޓޯބަރ 2018
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އަލަށް އުފެއްދި މެޑިސިން ސްކޫލުގެ ފުރަތަމަ ޑީނަކަށް ޑރ. ޝީޒާ އަލީ މިއަދު އައްޔަންކޮށްފި އެވެ.
އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، ޑީންގެ މަގާމުގެ ލިޔުމުގައި ޝީޒާ އަދި އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފު ވަނީ ސޮއިކުރައްވައިފަ އެވެ.
މީގެ 23 އަހަރު ކުރިން އެމްބީބީއެސް ފުރިހަމަކުރެއްވި ޝީޒާ ވަނީ އޭގެ ފަހުން ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާޒް ވެސް ފުރިހަމަކުރައްވައިފަ އެވެ.
ކުރިން އައިޖީއެމްއެޗާއި އައި ކެއާގައި ލޮލުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ޝީޒާ ވަނީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
މަގާމުގެ ލިޔުމުގައި ސޮއިކުރެއްވުމަށްފަހު މެޑިސިން ސްކޫލުގެ ޑީން ޑރ. ޝީޒާ އަދި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. ފަވާޒު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ޝީޒާ ވިދާޅުވީ މެޑިކަލް ސްކޫލްގެ އެމްބީބީއެސް ކޯހަކީ ބައިނަލްއަގުވާމީ ގޮތުން ވެސް ބަލައިގަންނަ ކޯހަކަށް ހައްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަލަށް ފަށައި ކޯހަކަށް ވުމުން ގޮންޖެހުންތަކާ ދިމާވިޔަސް އުއްމީދަކީ ސްޕެޝަލިސްޓް ޑޮކްޓަރުން ވެސް ތަމްރީނުކުރާ ތަނަކަށް މެޑިސިން ސްކޫލު ހެއްދެވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފަވާޒު ވިދާޅުވީ އަންނަ ހަފުތާގައި 37 ދަރިވަރުންނާ އެކު އެމްބީބީއެސްގެ ފުރަތަމަ ބެޗުގެ ކިޔަވަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މެޑިސިން ސްކޫލުގައި މި ވަގުތު ފުލްޓައިމް ގިނަ މުވައްޒަފުންނަކީ ބިދޭސީންނެވެ. އޭގެ ސަބަބަކީ މިވަގުތު އެ މަގާމަށް ދިވެހިން ލިބުން ދަތިވުން ކަމަށް ވެސް ވިދާޅުވި އެވެ.
ފަވާޒު ވިދާޅުވި ގޮތުގައި އެމްއެންޔޫގެ އުއްމީދަކީ ހަމައެކަނި ކިޔަވައިދޭ ތަނެއްގެ ބަދަލުގައި ސިއްހީ މައްސަލަތަކަށް ޖަވާބު ހޯދޭ ތަނަކަށް ވެސް މެޑިސިިން ސްކޫލް ހެއްދެވުމެވެ.
"އެމްބީބީއެސް ޕްރޮގްރާމް ކިޔަވައިދިނުމުގެ އިތުރުން، އަޅުގަނޑުމެންގެ ތެރޭގައި ފުންނާބު އުުސް ޑޮކްޓަރުން އެބަ އުޅުއްވާ، އެ ބޭފުޅުން އެތައް އަހަރުތަކެއް ކުރައްވައިފި. އެ ދިރާސާގެ އަލީގައި ވަރަށް ގިނަ ސިއްހީ މައްސަލަތަކަށް ހައްލަކަށް ވެގެންދާނެ،" ފަވާޒު ވިދާުޅުވި އެވެ.
މެޑިކަލް ކޮލެޖާ މެދު ޑރ. ޝީޒާގެ އުއްމީދު ބޮޑު
ޑޮކްޓަރުކަން ކިޔަވާ ފުރަތަމަ ބެޗުގައި 37 ދަރިވަރުން
އެމްއެންޔޫ މެޑިސިން ސްކޫލްގައި މެލޭޝިއާގެ ސިލަބަސް
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން ހުޅުވާލައިފި
ޖުލައި މަހު ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިދޭން ފަށަނީ
"މެޑިސިން ކިޔަވާ ކުދިންގެ ކިޔެވުމަށް ބުރުނާރާނެ"
މެޑިކަލް ކޮލެޖުގައި އެޕްރީލް މަހު ކިޔަވައިދޭން ފަށަނީ
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން 65 ދަރިވަރުން
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން ބޮޑު ތަރުހީބެއް
އެމްބީބީއެސްއަށް ކިޔެވުމުގެ ލޯނުގެ މުއްދަތު އިތުރުކޮށްފި