24 މެއި 2016
ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވައިލި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ކެޕްޓަން އަހުމަދު ފަޔާޒް (ޕާޕާ) ގެ މައްޗަށް ކުރާ ދައުވާގައި ފަޔާޒްގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީީފްގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވައިލި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ކެޕްޓަން އަހުމަދު ފަޔާޒް (ޕާޕާ) ގެ މައްޗަށް ކުރާ ދައުވާގައި ފަޔާޒްގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީީފްގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ކުރިން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ވެރިޔަކަށް ހުރި ފަޔާޒްގެ މައްޗަށް ދެ ދައުވާއެއް ކުރަނީ އެ ހާދިސާ ހިނގުމުން އިއްޒުއްދީން ފާލަމުގައި ލޯންޗް އޮއްވައި، އެ ލޯންޗަށް އަރަން ފުލުހުން މަސައްކަތް ކުރުމުން އެކަމަށް ހުރަސް އެޅި ކަމަށް ބުނެ އެވެ. ފަޔާޒަށް ކުރަނީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުުމުގެ ދައުވާ އެވެ.
އެ ޝަރީއަތުުގައި ފަޔާޒްގެ ފަރާތުން ދިފާއުުގައި ހުށަހެޅި ހެކިންގެ ތެރޭގައި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމާއި ވައިސް ޗީފް އަހުމަދު ޝާހިދު ހިމެނެ އެވެ. އެއީ އެއްވެސް ބަޔަކު އެ ލޯންޗަށް ނާރުވަން ޝިިޔާމް އެންގިކަން ސާބިތުކުރަން ކަމަށް ބުނެ އެވެ.
އެކަމަކު އެ ދެ ބޭފުޅުންގެ ހެކިބަސް ނުނެގުމަށް ކޯޓުން ނިންމީ އެ ބޭޭފުޅުން ހާޒިިރު ނުކުރަން ފަނޑިިޔާރުންނަށް ފެންނާތީ ކަމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ބުންޏެވެ.
ކުރިން ކާނަލެއްގެ ރޭންކުގައި ހުރި ފަޔާޒު ކެޕްޓަން ކަމަށް ބަދަލުކުރީ އެ ހާދިސާ އަށް ފަހު އެވެ.
އެ ހާދިސާއާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ ދެ ބޮޑީގާޑަކާއި ސިފައިންގެެ އިތުރު ދެ މީހަކަށް ދައުވާ ކުރެ އެވެ. އެކަމަކު އެ މައްސަލަތައް ހިންގަނީ ވަކިންނެވެ.
ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ކުށް ސާބިތުނުވި
ކުރީގެ ޑިފެންސް ޗީފް ޝިޔާމަށް ހުކުމްކުރުން ފަސްކޮށްފި
ޝިޔާމްގެ މައްޗަށް ކުރާ ދައުވާ ކޯޓުން ބޭރެއް ނުކުރި
ޒަމީރުގެ ޖަލު ހުކުމް އިސްތިއުނާފްކޮށްފި
ފަޔާޒާއި ސިފައިންގެ ދެ މީހުންނަށް މާދަމާ ހުކުމް ކުރަނީ
ފަޔާޒާއި ސިފައިންގެ ދެ މީހުންގެ އަޑުއެހުންތައް ނިމިއްޖެ
ޕާޕާ، ތިހާމް އަދި ޒަމީރުގެ ޝަރީއަތުގެ ފަހު އަޑުއެހުން އަންގާރަ ދުވަހު
ފަޔާޒްގެ ޝަރީއަތް އެމްއެންޑީއެފުން އެދިގެން ސިއްރުކޮށްފި
ފިނިފެންމާ މައްސަލާގައި ޒަމީރު ވަކިކުރުމުން ބަދަލުދެނީ
"ވީއައިޕީގައި ޝިޔާމް ބައްޕަ ހުރުން އާދަޔާހިލާފެއްނޫން"