ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ސިފައިން ކަންތައްތައް ކުރާ ގޮތާ މެދު ހިތްހަމަނުޖެހިގެން، ޕީޕީއެމްގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
29 އެޕްރީލް 2018
ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ސިފައިން ކަންތައްތައް ކުރާ ގޮތާ މެދު ހިތްހަމަނުޖެހިގެން، ޕީޕީއެމްގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާޒް ވިދާޅުވީ ޑޮކިއުމަންޓްތަކެއް ހިމެނޭ ދަބަހެއް ހިފައިގެން މަޖިލީހަށް ވެދެވަޑައިގަންނަވަން މަސައްކަތް ކުރެއްވުމުން ސެކިއުރިޓީން އޭނާ ހުއްޓުވީ މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށެވެ. އެ ދަބަހަކީ އާންމު ގޮތެއްގައި ޑޮކިއުމަންޓް އަޅަން ގެންގުޅޭ ދަބަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގައި އަމަލުކުރަމުން އަންނަ ގަވައިދުގައި އޮވޭ މިތަނަށް ވެއްދޭނެ އެއްޗިއްސާއި ނުވެއްދޭނެ އެއްޗިހި. އެހެން އޮންނައިރު، އުސޫލާ ޚިލާފަށް އެގޮތަށް ކަންތައް ކުރުމަކީ މެމްބަރުންގެ ކަރާމާތަށް ހުރަސް އެޅޭ ގޮތަށް ކުރެވޭ ކަންކަން،" ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަން ކުރައްވާ ރިޔާޒް ވިދާޅުވި އެވެ.
އެހެންވެ، މަޖިލީހުގެ ގަވައިދާ ހިލާފަށް އަމަލު ނުކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އަދި ސެކިއުރިޓީން ވެސް ކަމެއް ކުރާ ނަމަ، މެމްބަރުންނަށް ދުރާލައި އެންގުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.
"މިތަނުގެ ބޭރުން ހިފަހައްޓައި، އަޅުގަނޑުމެންގެ އެއްޗެހި ބާލުވައި، ޗެކްކޮށް މިތަނަށް ވެއްދޭނެ އުސޫލެއް ނޫން އޮންނަނީކީ. ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް މަޖިލީހުގެ ގަވައިދުގައި ލިޔެފައިވޭ. މި މަޖިލީހުގެ އެހެން މެމްބަރަކަށް މިހެން ވާން ނޭދޭތީ މި ވާހަކަ މި ދަންނަވަނީ،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒްގެ ވާހަކައާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވީ މަޖިލީހުގައި ކަންކަން ހިނގަމުން ދަނީ މެމްބަރުންނަށް ކުރީ ބައިގައި އެންގެވުމަށް ފަހުގައި ކަމަށެވެ.
އެހެންވެ، މިކަންކަމަށް އިތުރަށް ސަމާލުވުމަށް މެމްބަރުންގެ އަރިހުން މަސީހު ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަކު، މަސީހްގެ މި ވާހަކައާ ގުޅިގެން ވެސް ރިޔާޒް ހިތްހަމަޖެހިވަޑައިނުގަތެވެ.
މިއަދުގެ ޖަލްސާގައި ވެސް ސިފައިންގެ ފާރެއް
މަޖިލީހުގައި ސިފައިން ހިންގަނީ ޖަރީމާތަކެއް: މެމްބަރުން
ސަލާމަތީ ބާރުތަކުން ގާނޫނާ ހިލާފުވި މައްސަލަ މަޖިލީހަށް
ތަޅެއް ނޭޅުވޭނެ، މެމްބަރުންނަށް ވަދެވެން ޖެހޭނެ
"މަޖިލިސް މެމްބަރުން ފާރުމަތިން އުކުން މާޒީވެއްޖެ"
ފެންޖަހާ ޑްރޯނެއް ވެސް ނެތުމުން ހިތާމަކުރަން: ޖާބިރު
ހާލުގައިޖެހޭ ތަން ބަލަން ތިބެވޭކަށް ނެތް: ހުސެއިން
ފެބްރުއަރީ 7 އާ ގުޅިގެން ފުލުހުން ވަކިކުރި: އިމްރާން
ފަސް މެމްބަރަކަށް ސެކިއުރިޓީ ދޭން ފަށައިފި
މަހްލޫފް ސަސްޕެންޑްކުރީ ގާނޫނުއަސާސީއާ ހިލާފަށް: ރިޔާޒް