Roadha Mihaaru
މަހްލޫފް ސަސްޕެންޑްކުރީ ގާނޫނުއަސާސީއާ ހިލާފަށް: ރިޔާޒް

މަހްލޫފް ސަސްޕެންޑް ކުރީ ގާނޫނުއަސާސީއާ ހިލާފަށް: ރިޔާޒް

18 މާޗް 2019

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ސަސްޕެންޑްކޮށްފައި ހުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވިލުފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ސަސްޕެންޑްކޮށްފައި ހުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވިލުފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަހްލޫފް ސަސްޕެންޑްކުރީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާ އެކު ހިންގެވި ފައިސާގެ މުއާމަލާތާ ގުޅިގެންނެވެ. ހިޔާނާތުގެ ތަފްސީލީ ރިޕޯޓު އޭސީސީން ހާމަކުރި އިރު، މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެކަމަކު، އޭސީސީން ފަހުން ބުނީ މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށެވެ.

މަހްލޫފް އޮފީހަށް ނުނިކުންނަވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

މަޖިލީހުގެ ޖަލްސާގައި ރިޔާޒް ވިދާޅުވީ ވަޒީރުން ސަސްޕެންޑް ކުރުމަކީ ގާނޫނުއަސާސީ ދަންނަ ކަމެއް ނޫން ކަމަށާއި މަހްލޫފްގެ މައްޗަށް ކަމެއް ހުށަހެޅިއްޖެ ނަމަ، އޭނާ ޖެހޭނީ ވަކިކުރަން ކަމަށެވެ. އަދި ގާނޫނުއަސާސީ ކުށްވެރި ކުރުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭނާ (މަހްލޫފް) ސަސްޕެންޑްކޮށްފައި ގޭގައި ނުބެހެއްޓޭނެ. މިއީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފްކަމެއް. އެކަމަކު، އޭރުގައި ކަންކަން ކުރާ މީހުންގެ ނުކުޅެދުންތެރިކަމުން މިހެން ދިމާވަނީ. މިއީ އެއްގޮތަކަށް ވެސް އެއްވެސް މީހަކު ގަބޫލުކުރާނެ ކަމެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވާނެ ވަޒީރަކު ހުންނަން ޖެހޭނެ ކަމަށް ގަނޫނުއަސާސީގައި އޮންނަ އިރު، މިިހާރުގެ ހާލަތުގައި ޖަވާބުދާރީވާނީ ކާކުތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"އެކަކަށް ޑަޒަނުން، ކޭހުން މިނިސްޓްރީއެއް ނުހިންގޭނެ. އެއީކީ ކުރެވޭނެ ކަމެއް ނޫން. ކުރީގެ ބަންޑާރަ ނައިބު ކަންތައް ކުރި ގޮތަށް މި ދައުލަތުން ކަންތައްކޮށްގެން ނުވާނެ،" ރިޔާޒް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމަކަށް މަހްލޫފް ސަސްޕެންޑް ކުރުމުން އެ މިނިސްޓްރީގެ ހުރިހާ ކަމެއް މިހާރު ބަލަހައްޓަވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގެންވާނީ އެކަށީގެންވާ ސަބަބަކާ އެކުގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަޒީރުންގެ މައްޗަށް އެކަށީގެންވާ ސަބަބެއް ނެތި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން ނުވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި އޮތަސް، މަހްލޫފް ވިދާޅުވީ އެއީ ސައްހަ މުއާމަލާތެއް ކަމަށެވެ.

މަހްލޫފުގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެސްއޯއެފުން ޖަމާކުރި ފައިސާ އަކީ އޭނާގެ އާއިލާ އިން ހިންގި ފިހާރައަކަށް ޑޮލަރު ގަންނަން ކޮއްކޮއަކު މެދުވެރިވެގެން، ނަގުދު ފައިސާ ދީގެން ހިންގި މުއާމަލާތެއް ކަމަށެވެ. އަދި އެކަމުގެ މުއާމަލާތާ ގުޅޭ ލިޔުންތައް ކަމަށް ބުނެ ފައިސާ ދެއްކި ކަމުގެ ރަސީދެއް ވެސް އޭނާ ވަނީ އޭސީސީއާ ހިއްސާ ކުރައްވައިފަ އެވެ.