ހއ. އަތޮޅު ހޮސްޕިޓަލުގައި އިއްޔެ އާ ތިން ހިދުމަތެއް ތައާރަފްކޮށް އެ ހިދުމަތްތައް ދޭން ފަށައިފި އެވެ.
30 އެޕްރީލް 2018
ހއ. އަތޮޅު ހޮސްޕިޓަލުގައި އިއްޔެ އާ ތިން ހިދުމަތެއް ތައާރަފްކޮށް އެ ހިދުމަތްތައް ދޭން ފަށައިފި އެވެ.
ހއ. ދިއްދޫގައި ހުންނަ އެ ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އަލަށް ތައާރަފު ކުރި ހިދުމަތްތަކަކީ، ދަތުގެ ފަރުވާ އާއި ތައިރޮއިޑް ޓެސްޓު ކުރުމުގެ އިތުރުން ޑިޖިޓަލް އެކްސްރޭ ނެގުމުގެ ހިދުމަތެވެ. މި ހިދުމަތްތައް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ހަސަން މިއަދު ވިދާޅުވީ މީގެ ކުރިން އެ ހިދުމަތްތައް ހޯދަން އެ އަތޮޅު މީހުން ދާން ޖެހެނީ ހދ. ކުޅުދުއްފުއްޓަށް ކަމަށާއި އިއްޔެ ފެށި ހިދުމަތްތަކާ އެކު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ.
"ޑޮކްޓަރުންނާ ހުރިހާ ވަސީލަތެއް ހުރީ ހަމަޖެހިފަ. މިހާރު ހިދުމަތް ދެމުން މި އަންނަނީ. ޑިޖިޓަލް އެކްސްރޭ ވީމަ އަވަހަށް އެ ހިދުމަތް ދެވޭނެ. އަނެއްކާ ނަތީޖާ ސީޑީގައި ދެވޭނެ،" މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިމަގުގައި އިތުރު ހިދުމަތްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ކިޑްނީގެ މައްސަލަ ހުންނަ މީހުންނަށް ފަރުވާ ދިނުމަށް ޑައިލަސިސް ހެދޭނެ އިންތިޒާމު، ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސާދަ ރަށުގައި މީހުން ދިރިއުޅޭ ހއ. އަތޮޅުގެ މީހުން ގިނަ ބޭނުންތަކަށް ގޮސް އުޅެނީ ވެރިކަން ކުރާ ދިއްދުއަށެވެ. އެއީ ސިއްހީ ހިދުމަތްތައް ހޯދުމަށާއި ވިޔަފާރި ކުރުން ފަދަ އެކިއެކި ބޭނުންތަކަށެވެ.
ދިއްދޫގެ ކާފިއު 12 ގަޑިއިރަށް އިތުރުކޮށްފި
ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެގޮތް ހަދައިދޭން އެދިއްޖެ
ހުރިހާ ހޮސްޕިޓަލެއްގައި ސައިކޭޓްރީ/ސްޕީޗް ތެރަޕީ ފަށަނީ
ސިއްހީ މުހިއްމު މައުލޫމާތު ލިބޭ ޕޯޓަލްއެއް ލޯންޗްކޮށްފި
ވޭޕްކުރުމާ ދެކޮޅަށް ވަކާލާތުކޮށްދިނުމަށް ނާޒިމް އެދިވަޑައިގެންފި
އޭއެމްޑީސީގެ ސައިންސް ލެބަށް އައިއެސްއޯ ސެޓްފިކެޓް
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
"ބަލި ފަހަތުން ދުވާ ސިއްހީނިޒާމުގައި ތިބެވޭކަށް ނެތް"
ނަފްސާނީ ބަލީގެ ހާލަތު ނުރައްކާ، އޯގާތެރިކަން އިސްކުރޭ
ރާއްޖޭގައި ތެލެސީމިއާ ކުދިންގެ އެވްރެޖު އުމުރު މަތި