ފެނަކަ ކޯޕަރޭޝަންގެ ބިލްތައް އޮންލައިންކޮށް ދެއްކޭ ސޮފްޓްވެއާއެއް މިއަދު ތައާރަފު ކޮށްފި އެވެ.
30 އެޕްރީލް 2018
ފެނަކަ ކޯޕަރޭޝަންގެ ބިލްތައް އޮންލައިންކޮށް ދެއްކޭ ސޮފްޓްވެއާއެއް މިއަދު ތައާރަފު ކޮށްފި އެވެ.
ޝީ ބިލްޑިންގްގައި ބޭއްވި ހަފްލާއެއްގައި، އާ ބިލިން ސޮފްޓްވެއާ ތައާރަފް ކޮށްދެއްވީ، އެ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި މިހާރު އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފެވެ.
ފެނަކައިން ބުނީ، އެ ކުންފުނީގެ ހުރިހާ ބްރާންޗަކާއި ހެޑް އޮފީސް އެ ސޮފްޓްވެއާ އިން އެއް ވިއުގައަކުން މިހާރު ގުޅާފައިވާ ކަމަށެވެ. އަދި ފެނާއި ކަރަންޓު ފަދަ ހުރިހާ ޚިދުމަތެއް އެއް ނިޒާމެއްގެ ތެރެއިން ދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
އާ ބިލިން ސޮފްޓްވެއާގައި، ކަސްޓަމަރުންނަށް ހާއްސަ ޕޯޓަލް އަކާއި ބިލްގެ ތަފްސީލް އޮންލައިންކޮށް ބަލައިލުމުގެ ފުރުސަތާއި ހުރިހާ މައުލޫމާތާއި ފައިސާ ދެއްކޭނޭ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. އަދި ކަސްޓަމަރުންނަށް ހާއްސަ މޯބައިލް އެޕެއް ވަނީ ތައާރަފު ކޮށްފަ އެވެ.
މިއަދުގެ ހަފުލާގައި ވާހަކަ ދައްކަވަމުން، ދާދި ފަހަކާ ޖެހެންދެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޝަރީފް ވިދާޅުވީ، އާ ސޮފްޓްވެއާ ތައާރަފު ކުރުމަކީ އެ ކުންފުނީގެ ހަޔާތުގައި ބޮޑު ކާމިޔާބެއް ހާސިލް ކުރެވުން ކަމަށެވެ. އެ ސޮފްޓުވެއާގެ ސަބަބުން އެތަށް ގޮތަކުން ހިދުމަތުގެ ފެންވަރު ރަނގަޅު ވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ފެނަކަ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާން ވިދާޅުވީ، އާ ސޮފްޓްވެއާގެ ސަބަބުން ހިސާބުކިތާބު ބެލެހެއްޓުމަށް ބޮޑު ލުއިފަސޭހަ އަކާއި ޔަގީން ކަމެއް ލިބޭނެ ކަމަށެވެ.
ފެނަކަ އަކީ ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ރާއްޖޭގެ ގިނަ ރަށްތަކަކަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަނީ ފެނަކައިންނެވެ.
ކަރަންޓް ބިލްތަކަށް 400 މިލިއަން ފެނަކައަށް ނުލިބޭ
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
ކަރަންޓު މައްސަލާގައި ކޮމިޓީއަށް ފެނަކަ ހާޒިރުކުރަނީ
އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަނީ
ދެ ޖަނަރޭޓަރު ހަލާކުވެ, ކެލާގެ ކަރަންޓު ކެނޑެނީ!
އައްޑޫގައި ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެ
އަނެއްކާވެސް އައްޑޫން ކަރަންޓުކެނޑޭ މައްސަލަ ބޮޑުވެއްޖެ
ކަރަންޓު ކެނޑޭ މައްސަލަ ރޯދައިގެ ކުރިން ހައްލުކުރަނީ
ހަތަރު ލައްކައިގެ ކަރަންޓް ބިލެއް ފޮނުވުނީ އޮޅިގެން
ފެނަކައަށް 39ޖަނަރޭޓަރު ގަނެ މައްސަލަތައް ހައްލުކުރަނީ