ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގެ މުވައްޒަފު ނަޖުމާ އިބްރާހީމާއި މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
30 އެޕްރީލް 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގެ މުވައްޒަފު ނަޖުމާ އިބްރާހީމާއި މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މައުމޫންގެ އަރިހުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ނަޖުމާ އާއި އަޒްމީ ހައްޔަރު ކުރީ މައުމޫންގެ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ.
ނަޖުމާ އާއި އަޒްމީ އެންމެ ފުރަތަމަ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ފެބުރުއަރީ 1 ގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ދެ މީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެ ނިންމުން ކްރިމިނަލް، ކޯޓުން ރިވިއުކޮށްދިނުމަށް ފަހު އެ ކޯޓުން ވަނީ ނަޖުމާ އާއި އަޒްމީ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އޭރު، ނަޖުމާ ގޭބަންދުގައި ބަހައްޓަން އަމުރުކުރިއިރު، އަޒްމީ ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގަ އެވެ.
އެކަމަކު، އެ މުއްދަތު ހަމަވާތީ އެ ދެ މީހުން މިއަދު މެންދުރު ފަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިފަހަރު ނިންމީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ. އެގޮތުން، ނަޖުމާ ގޭބަންދުގައި އަދި އަޒްމީ ރިމާންޑް ޖަލެއްގައި ބަހައްޓަން އަމުރު ކުރި އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭ ފުލުހުން ބަލައި ފާސްކުރަމުން ގެންދަނިކޮށް، އެ ގެއާ އިން ވެގެން ހުންނަ އެންދެރިގަސް ގެއިން ކަޅު ފޮއްޓެއް ކާރަކަށް އަރުވައިގެން ގެންދިޔަ އެވެ. އަދި ކަޅު ފޮށި ފެނުނީ ނަޖުމާގެ ގެއިން ކަމަށާއި ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅޭ ހެކިތަކެއް އެ ފޮށިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.
ނަޖުމާ އާއި އަޒްމީ ބަންދުގައި ތިބުމަކީ ދޭ އަނިޔާއެއް
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ޖިނާއީ އަމަލެއް ނުކުރަން: މައުމޫން
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
ނަޖުމާ 15 ދުވަހަށް ގޭބަންދުގައި ބަހައްޓަން ނިންމައިފި
ދައުލަތުން ހުށަހެޅި މެމްބަރު ފާރިސްއާ އެއްކޮޅަށް
މައުމޫންގެ ހެބިއަސް ކޯޕަސް މައްސަލަ ބަލައިގެންފި
ޝަރީއަތް ނިމެންދެން ނަޖުމާ ގޭ ބަންދަށް
ފާރިސް ބަންދުކުރި މައްސަލަ އިސްތިއުނާފް ކުރަނީ
ފާރިސް އަކީ ހިތްވަރުގަދަ މީހެއް: މައުމޫން