ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގެ މުވައްޒަފު ނަޖުމާ އިބްރާހީމް 15 ދުވަހަށް ގޭބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ ނިންމައިފި އެވެ.
15 އެޕްރީލް 2018
ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގެ މުވައްޒަފު ނަޖުމާ އިބްރާހީމް 15 ދުވަހަށް ގޭބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ ނިންމައިފި އެވެ.
ނަޖުމާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. އަދި ޝަރީއަތް ނިމެންދެން ގޭގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ވެސް ކުރި އެވެ. އޭނާ އޭރު ގޭބަންދަށް ބަދަލުކުރީ ގާތްގަނޑަކަށް 10 މަހުގެ ތުއްތު ކުއްޖަކަށް ގާތުން ކިރުދޭން ޖެހޭތީ އެވެ.
އެ ނިންމުން ރިވިއު ކޮށްދިނުމަށް ނަޖުމާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މިއަދު ނިންމާފައި ވަނީ އޭނާ 15 ދުވަސް ވަންދެން ގޭބަންދުގައި ބެހެއްޓުމަށެވެ.
ރިޝްވަތު ދިނުމުގެ ތުހުމަތުގައި ދެން ހައްޔަރުކުރި މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީގެ ބަންދުގެ މުއްދަތު ރިވިއުކޮށް ދިނުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ ވެސް 15 ދުވަސް ވަންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އަޒްމީ މިހާރު ވަނީ ދޫނިދު އަށް ގެންގޮސްފަ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭ ފުލުހުން ބަލައި ފާސްކުރަމުން ގެންދަނިކޮށް، އެ ގެއާ އިން ވެގެން ހުންނަ އެންދެރިގަސް ގެ އިން ކަޅު ފޮއްޓެއް ކާރަކަށް އަރުވައިގެން ގެންދިޔަ އެވެ. އަދި ކަޅު ފޮށި ފެނުނީ ނަޖުމާ ގެ އިން ކަމަށާއި ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅޭ ހެކިތަކެއް އެ ފޮށިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ޖިނާއީ އަމަލެއް ނުކުރަން: މައުމޫން
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
ނަޖުމާ އާއި އަޒްމީ ޝަރީއަތް ނިމެންދެން ބަންދަށް
ނަޖުމާ އާއި އަޒްމީ ބަންދުގައި ތިބުމަކީ ދޭ އަނިޔާއެއް
ދައުލަތުން ހުށަހެޅި މެމްބަރު ފާރިސްއާ އެއްކޮޅަށް
މައުމޫންގެ ހެބިއަސް ކޯޕަސް މައްސަލަ ބަލައިގެންފި
ޝަރީއަތް ނިމެންދެން ނަޖުމާ ގޭ ބަންދަށް
އަޅުގަނޑު މިހުރީ ގަދަކޮށް، ދޫނުދެއްވާތި: ފާރިސް
ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި