Roadha Mihaaru
އުރީދު އަށް ލިބުނު ފައިދާ 31 ޕަސެންޓް އިތުރުވެއްޖެ

މިދިޔަ ކުއާޓަރުގައި އުރީދު އަށް ލިބުނު ފައިދާ 31 ޕަސެންޓް އިތުރުވެއްޖެ

01 މެއި 2018

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސް އަށް ލިބުނު ފައިދާ 31 ޕަސެންޓް އިތުރުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސް އަށް ލިބުނު ފައިދާ 31 ޕަސެންޓް އިތުރުވެއްޖެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނިން އިއްޔެ އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 155.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 495 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފަސް ޕަސެންޓްގެ ކުރިއެރުމެކެވެ.

އުރީދޫގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 190 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން 180 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. ޓެކްސްގެ ގޮތުގައި އުރީދޫން މިދިޔަ ކުއާޓަރުގައި 24.8 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެ އެވެ.

މިދިޔަ ކުއާޓަރުގައި އެ ކުންފުނީގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި ޖެހިފައި ވަނީ އެއް ރުފިޔާ އެވެ.

އުރީދު އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 550 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު 21 ޕަސެންޓުގެ ކުރިއެރުމެކެވެ.