10 މެއި 2018
ހޮލީވުޑްގެ ފިލްމީ ތަރިން ފިލްމްތައް ކުޅެދޭ އަގުތައް ހާމަކުރުމަކީ އާންމު ކަމެއް ނޫނެވެ. އަނެއްކޮޅުން ބަތަލާއިންނަށް ވުރެ ބޮޑު އާމްދަނީއެއް އަބަދުވެސް ބަތަލުންނަށް ލިބޭ ކަމުގެ ޝަކުވާތަކާ އެކު، އެ ބަހުސްތައް ވެސް ކުރެ އެވެ. އެ ވާހަކަތަކާ އެކު މިހާރު ފަރަގުތައް ކުޑަ ކުރަން ކުރެވޭ މަސައްކަތްތައް ވެސް ގިނަ އެވެ.
ހޮލީވުޑްގެ ފިލްމީ ތަރިން ފިލްމްތައް ކުޅެދޭ އަގުތައް ހާމަކުރުމަކީ އާންމު ކަމެއް ނޫނެވެ. އަނެއްކޮޅުން ބަތަލާއިންނަށް ވުރެ ބޮޑު އާމްދަނީއެއް އަބަދުވެސް ބަތަލުންނަށް ލިބޭ ކަމުގެ ޝަކުވާތަކާ އެކު، އެ ބަހުސްތައް ވެސް ކުރެ އެވެ. އެ ވާހަކަތަކާ އެކު މިހާރު ފަރަގުތައް ކުޑަ ކުރަން ކުރެވޭ މަސައްކަތްތައް ވެސް ގިނަ އެވެ.
މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާ އިރު ހޮލީވުޑްގައި އެންމެ ނަގާ ކިޔާ އޭ ލިސްޓް ތަރިންގެ ތެރޭގައި ހިމެނޭ ޓޮމް ހޭންކްސް، ޖޫލިއާ ރޮބަޓްސް، ވިލް ސުމިތު އަދި ޖިމް ކެރީ ފަދަ ތަރިން ފިލްމެއް ކުޅެދެނީ 20 މިލިއަން ޑޮލަރަށެވެ. އެއީ އަދި ފިލްމްތައް ދައްކައިގެން ލިބޭ ފައިދާ އިން ވެސް ބައި އަޅާ ގޮތަށެވެ.
ހޮލީވުޑްގައި މިހާރު އެންމެ ނުފޫޒު ގަދަ ތަރިން ފިލްމްތައް ކުޅެދޭ އަގުތައް މިހާރު މި ވަނީ އާންމުކޮށްފަ އެވެ.
"ހޮލީވުޑް ޕޭ ޑޭ" ގެ ނަމުގައި އާންމު ކުރި ލިސްޓަށް ބަލާއިރު، ލިސްޓްގެ ކުރީގައި އޮތީ "ޖޭމްސް ބޮންޑް" ފަހުގެ ހަތަރު ފިލްމްގައި ޓައިޓްލް ރޯލް ކުޅުނު އިނގިރޭސި އެކްޓަރު ޑެނިއަލް ކްރެއިގް އެވެ. އަންނަ އަހަރު ރިލީޒް ކުރާ އެ ސީރީޒްގެ 25 ވަނަ ފިލްމުން އޭނާ އަށް 25 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ.
ލިސްޓްގެ ގަދަ ތިނެއްގެ ދެވަނާގައި އޮތީ ޑްވޭން (ރޮކް) ޖޯންސަން އެވެ. ދެހާސް ވިހީގައި ރިލީޒް ކުރާ "ރެޑް ނޯޓިސް" އިން ރޮކަށް 22 މިލިއަން ޑޮލަރު ލިބެ އެވެ. ތިން ވަނައިގައި 20 މިލިއަން ޑޮލަރުގެ އާމްދަނީއާ އެކު އޮތީ ވިން ޑީޒެލް އެވެ. މިދިޔަ އަހަރު ރިލީޒް ކުރި "ފޭޓް އޮފް ދި ފިއުރިއަސް" އިން އޭނާ އަށް 20 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ލިސްޓްގެ އިތުރު މަގާމުތަކަށް ބަލާ އިރު ހަތަރު ވަނައިގައި އޮތީ ބަތަލާ އެނަ ހެތަވޭ އެވެ. ދެހާސް ވިހީގައި ރިލީޒް ކުރާ "ބާބީ" އިން އޭނާ އަށް 15 މިލިއަން ޑޮލަރު ލިބެ އެވެ. އަދި އެ ވަރުގެ އާމްދަނީއެއް ފްލާސްކީ (2019) އިން ސެތު ރޯގެން އަށް ލިބޭ އިރު، މި އަހަރު ރިލީޒް ކުރި "ރެޑް ސްޕެރޯ" އިން ޖެނިފާ ލޮރެންސަށް ވެސް ލިބުނީ 15 މިލިއަން ޑޮލަރެވެ.
ހަ ވަނައިގައި އޮތީ މިދިޔަ އަހަރު ރިލީޒް ކުރި "ދަ މަމީން" ލިބުނު 11-13 މިލިއަން ޑޮލަރުގެ އާމްދަނީއާ އެކު ޓޮމް ކްރޫޒް އެވެ. ހަތް ވަނަ ލިބުނީ 2020 ގައި ރިލީޒް ކުރާ "އިންޑިއާނާ ޖޯންސް 5" އިން ހެރިސަން ފޯޑަށެވެ. އެއީ 10-12 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުގަ އެވެ.
އެނަ ހެތަވޭ: އޭނާ "ބާބީ" ކުޅެނީ 15 މިލިއަން ޑޮލަރަށް.
އަށް ވަނައިގައި އޮތީ 2015 ގައި ރިލީޒް ކުރި "މިނިއަންސް" އިން ލިބުނު 10 މިލިއަން ޑޮލަރާ އެކު ސަންޑްރާ ބްލޮކް އެވެ. އޭނާއާ އެއްވަރުގެ އާމްދަނީއެއް އަންނަ އަހަރު ރިލީޒް ކުރާ "ވަންސް އަޕޮން އަ ޓައިމް އން ހޮލީވުޑް" އިން ލިއޮނާޑޯ ޑި ކެޕްރިއާ އާއި މިދިޔަ އަހަރު ރިލީޒް ކުރި "ސްޕައިޑަ މޭން: ހޯމް ކަމިން" އިން ރޮބަޓް ޑައުނީ ޖޫނިއާ، މިދިޔަ އަހަރު ރިލީޒް ކުރި "ޖުމާންޖީ: ވެލްކަމް ޓް ދަ ޖަންގަލް" އިން ކެވިން ހާޓް އަދި މި އަހަރު ރިލީޒް ކުރާ "ޖުރަސިކް ވޯލްޑް: ފޯލެން ކިންގްޑަމް" އިން ކްރިސް ޕްރެޓަށް ލިބިފައިވެ އެވެ.
އަންނަ އަހަރު ރިލީޒް ކުރާ "ޖަންގަލް ކްރޫޒް" އަށް ބަތަލާ އެމިލީ ބްލަންޓް 8-10 މިލިއަން ޑޮލަރުގެ އާމްދަނީއަކަށް އެއްބަސްވި އިރު، "ފޯލެން ކިންގްޑަމް" އިން ބްރައިޒް ޑަލަސް ހަވަޑް އަށް ލިބުނީ 8 މިލިއަން ޑޮލަރެވެ.
މި އަހަރު ރިލީޒް ކުރާ "ވެނޮމް" ޓޮމް ހާޑީ 7 މިލިއަން ޑޮލަރަށް ކުޅުނު އިރު، މި އަހަރު ސިނަމާތަކަށް އަންނަ "ފަސްޓް މޭން" ރަޔަން ގޮޒްލިން ކުޅުނީ 6.5 މިލިއަން ޑޮލަރަށެވެ. "ޖުމާންޖީ" އިން ޖެކް ބްލެކަށް 5 މިލިއަން ޑޮލަރު ލިބުނު އިރު، މި އަހަރު ރިލީޒް ކުރާ "ކްރީޑް 2" އިން މައިކަލް ބީ ޖޯޑަން އަށް ލިބެނީ 3-4 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.
އެންމެ ކުޑަ އާމްދަނީއެއް ލިބެނީ އީތަން ހޯކަށެވެ. ދެހާސް ތޭރައިގައި ރިލީޒް ކުރި "ދަ ޕާޖް" އޭނާ ކުޅުނީ އެންމެ 2 މިލިއަން ޑޮލަރަށެވެ.
ލިއޮނާޑޯގެ "އިންސެޕްޝަން" ގެ ރޯލެއް އަނިލް އަށް ލިބުނު
ރޮބާޓް ޑައުނީ އެނބުރި މާވެލް އަށް
ކޮންމެ އުފަންދުވަހަށް ކްރޫޒްގެ ފަރާތުން ހަދިޔާއެއް
ރޯޒް ސަލާމަތްކޮށްދިން ދޮރު 700،000 ޑޮލަރަށް
ވޯނާ ބްރަދާސްއާ އެކު ޓޮމް ކްރޫޒް އާ ޑީލެއް ހަދައިފި
"ފާސްޓް އެންޑް ފިއުރިއަސް" އަށް ބޮޑު ޖޫރިމަނާއެއް
ޓޮމް ކްރޫޒް އެކްޓިން ދޫކޮށްލާކަށް ބޭނުމެއް ނުވޭ
"ބާބީ" ޓްރެއިލާ 2: މާގޮޓާ އެކު ވަރުގަދަ ކާސްޓެއް
މިޝަން އިމްޕޮސިބަލް 7: ޓޮމް ކްރޫސް އެހެން ލެވެލް
ޑިކެޕްރިއޯ ހަތަރު އަހަރު ފަހުން ސިންގަލް ވެއްޖެ