Roadha Mihaaru
ލިއޮނާޑޯގެ "އިންސެޕްޝަން" ގެ ރޯލެއް އަނިލް އަށް ލިބުނު

ލިއޮނާޑޯގެ "އިންސެޕްޝަން" ގެ ރޯލެއް އަނިލް އަށް ލިބުނު

09 ސެޕްޓެމްބަރ 2021

ލިއޮނާޑޯ ޑި ކެޕްރިއޯއާ އެކު، ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން މީގެ 11 އަހަރު ކުރިން ގެނެސްދިން ކާމިޔާބު ފިލްމު "އިންސެޕްޝަން" ގެ ރޯލަކަށް ވާހަކަ ދެކެވުނު ކަމަށާއި އެކަމަކު ކަންތައް ދިމާވި ގޮތުން އެ ފިލްމުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނު ކަމަށް ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލިއޮނާޑޯ ޑި ކެޕްރިއޯއާ އެކު، ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން މީގެ 11 އަހަރު ކުރިން ގެނެސްދިން ކާމިޔާބު ފިލްމު "އިންސެޕްޝަން" ގެ ރޯލަކަށް ވާހަކަ ދެކެވުނު ކަމަށާއި އެކަމަކު ކަންތައް ދިމާވި ގޮތުން އެ ފިލްމުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނު ކަމަށް ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރް ބުނެފި އެވެ.

މިދިޔަ އަހަރު ރިލީޒްކުރި ނޯލަންގެ ފިލްމު "ޓެނެޓް" ގެ ޓްރެއިލާއާ އެކު އަނިލް ޓްވިޓާގައި ވެސް އެ ވާހަކަ މިދިޔަ ބުންޏެވެ. އެ ފިލްމަކީ ބޮލީވުޑްގެ ބަތަލާ ޑިމްޕަލް ކަޕާޑިއާ ވެސް ރޯލެއް ކުޅުނު ފިލްމެކެވެ.

ނޯލަންގެ ފަރާތުން ލިބުނު ފުރުސަތުގެ ވާހަކައާ ބެހޭ ގޮތުން އަނިލް، 64، ބުނީ "އިންސެޕްޝަން" ގައި މަސައްކަތްކުރުމުގެ ފުރުސަތު ނުލިބުނަސް، ނޯލަން ޑައިރެކްޓްކުރި 2005 ގެ ފިލްމު "ބެޓްމޭން ބިގިންސް" ޑީވީޑީގެ ކަވަރަށް ކުޅަދާނަ ޑައިރެކްޓަރުގެ އޮޓޯގްރާޕް، ފިރިހެން ދަރިފުޅު ހާޝްވަރުދަން ކަޕޫރަށް ދޭން ލިބުނު ކަމަށެވެ.

ސައިންސް ފިކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދިން އަދި ހަތަރު އޮސްކާ އެވޯޑް ލިބުނު "އިންސެޕްޝަން" އަކީ ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ނޯލަންގެ އެންމެ މޮޅު ފިލްމެވެ.

މީގެ ރޯލަކަށް އަނިލްއާ ވާހަކަ ދެކެވި، އެ ފުރުސަތު ފަހިނުވިޔަސް އަނިލް އަކީ ހޮލީވުޑްގެ ޕްރޮޖެކްޓްތަކަށް އާ މީހެއް ނޫނެވެ. އޭނާ އަކީ ޑެނީ ބޮއިލްގެ 2008 ގެ "ސްލަމްޑޯގް މިލިއަނާ" އާއި ޓޮމް ކްރޫޒްގެ 2011 ގެ "މިޝަން އިމްޕޮސިބަލް: ރޯގް ނޭޝަން" ގެ ރޯލުތަކެއް ވެސް ކުޅުނު އެކްޓަރެކެވެ. މީގެ އިތުރުން އެމެރިކާގެ ސިލްސިލާ "24" ގައި ވެސް އަނިލް މަސައްކަތްކޮށްފައިވެ އެވެ.

އަނިލްގެ ދަރިފުޅު ހާޝް ދާދި ފަހުން ބުނެފައިވާ ގޮތުގައި އޭނާ ވެސް 2019 ގައި ހޮލީވުޑްގެ ފިލްމަކަށް ސޮއިކުރި އެވެ. އެއީ މި އަހަރުގެ ކުރީކޮޅު ރިލިޒްކުރި ނެޓްފްލިކްސްގެ "ދަ ވައިޓް ޓައިގާ" އެވެ.

ޕްރިޔަންކާ ޗޯޕްރާ އާއި ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރު ރާއޯގެ އިތުރުން އާދާޝް ގޯރަވް މައިގަނޑު ރޯލުތައް ކުޅުނު ފިލްމުން ހާޝް، 30، އަށް ލިބުނީ ރާޖް ކުޅުނު ރޯލެވެ. އެކަމަކު އެ އެ ރޯލު އޭނާ އަށް ގެއްލުނީ ޕްރިޔަންކާ ފިލްމުގެ ބަތަލާއަކަށް ނަގައި، އޭނާއާ ދާދި އެއް އުމުރެއްގެ އެކްޓަރަކަށް ފުރުސަތު ދޭން ނިންމި ހިސާބުންނެވެ.

ހާޝް ބުނެފައިވާ ގޮތުގައި "ވައިޓް ޓައިގާ" ގެ ފުރުސަތު ގެއްލުނަސް ހޮލީވުޑްގެ ފުރުސަތަކަށް އަދިވެސް ވަރަށް އުންމީދުކުރެވެ އެވެ.