Roadha Mihaaru
ބޭންކުތަކުން ދޫކުރި ލޯނުގެ އަދަދު 15 ޕަސެންޓް އިތުރު

ޓޫރިޒަމަށް ދޫކުރި ލޯނުތަކާ އެކު މިދިޔަ އަހަރު ދޫކުރި ލޯނުގެ އަދަދު އިތުރުވެއްޖެ

09 މެއި 2018

ޓޫރިޒަމް ދާއިރާގެ އެކި މަޝްރޫއުތަކަށް ދޫކުރި ލޯނުތަކާ އެކު މިދިޔަ އަހަރު ބޭންކުތަކުން ދޫކުރި ލޯނުގެ އަދަދު 15 ޕަސެންޓް އިތުރުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޓޫރިޒަމް ދާއިރާގެ އެކި މަޝްރޫއުތަކަށް ދޫކުރި ލޯނުތަކާ އެކު މިދިޔަ އަހަރު ބޭންކުތަކުން ދޫކުރި ލޯނުގެ އަދަދު 15 ޕަސެންޓް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނެރުނު އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ 38 ޕަސެންޓަކީ ޓޫރިޒަމް ދާއިރާގެ ތަރައްގީ އަށް ދޫކޮށްފައިވާ ލޯނެވެ. އަދި ޓޫރިޒަމް ދާއިރާގެ ތަރައްގީ އަށް ދޫކުރި ލޯނުގެ އަދަދު ވަނީ މިދިޔަ އަހަރު ވަނީ 12 ޕަސެންޓް އިތުރުވެފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ޓޫރިޒަމް ދާއިރާ އަށް ދޫކުރި ލޯނު އިތުރުވި މައިގަނޑު ސަބަބަކީ ގެސްޓް ހައުސް އިމާރާތްކުރުމަށާއި ރިސޯޓު ހެދުމަށް ޑޮލަރުން ދޫކުރި ލޯނު އިތުރުވުމުންނެވެ. އޭގެ އިތުރުން ޓޫރިޒަމް ދާއިރާ އަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ރުފިޔާއިން ދޫކޮށްފައިވާ ލޯނުތައް އިތުރުވުމަކީ އެ ދާއިރާ އަށް ދޫކުރި ލޯނުގެ ޖުމްލަ އަދަދު އިތުރުވި ސަބަބެއް ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

އެ އޮތޯރިޓީގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ބޭންކުތަކުން ދޫކުރި ލޯނުގެ ތެރެއިން އަމިއްލަ ފަރާތްތަކަށް ދޫކުރި ޖުމްލަ ލޯނުގެ 18 ޕަސެންޓް ހިއްސާކުރަނީ އިމާރާތްކުރުމަށެވެ. އެގޮތުން އަހަރުން އަހަރަށް ބަލާއިރު އެ އަދަދު ވަނީ 11 ޕަސެންޓް އިތުރުވެފަ އެވެ.