ޖަނަވަރީ މަގުގައި ހުންނަ ލިޓަސް ސައިކަލް ފިހާރަ އިން ރޯދަ މަހަށް ޚާއްސަ ކޮށްގެން "ރޯދަ ހަދިޔާ"ގެ ނަމުގައި ތަފާތު ޕްރޮމޯޝަނެއް ފަށައިފި އެވެ.
ޖަނަވަރީ މަގުގައި ހުންނަ ލިޓަސް ސައިކަލް ފިހާރަ އިން ރޯދަ މަހަށް ޚާއްސަ ކޮށްގެން "ރޯދަ ހަދިޔާ"ގެ ނަމުގައި ތަފާތު ޕްރޮމޯޝަނެއް ފަށައިފި އެވެ.
ފުޅާ ދާއިރާއެއްގައި ސައިކަލް ވިއްކާ ފިހާރަ އިން ބުނީ، މި ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނީ ގުރުއާން ކިޔަވައިގެން ކަމަށެވެ. ދަތުރު ދުއާ އަދި ސަވަރީ އަކަށް އަރަމުން ކިޔާ ދުއާ ކިޔައިގެން ވެސް ޑިސްކައުންޓް ލިބޭނެ އެވެ.
ޕްރޮމޯޝަންގައި، ޑިސްކައުންޓް ހޯދަން ބޭނުންވާ މީހުން ގުރުއާން ކިޔަވަން، އެ ފިހާރާގައި ވަކި ކިއުބިކަލްތަކެއް ވަނީ ހަދައިފަ އެވެ. ޑިސްކައުންޓް ދެނީ، ކަސްޓަމަރުން އެތަނުގައި ތިބެގެން ގުރުއާން ކިޔެވުމުން އިނާމެއްގެ ގޮތުގަ އެވެ.
ޤުރުއާން ކިޔަވަން ތިބެވޭ ގޮތަށް، ލިޓަސް ސައިކަލު ފިހާރަ މަތީގައި ހަދާފައިވާ ތަން.-- ފޮޓޯ: މިހާރު
އެގޮތުން 10 އާޔަތް ކިޔެވުމުން 1،500ރ. ގެ ޑިސްކައުންޓެއް ލިބޭއިރު، 15 އާޔަތް ކިޔެވުމުން 2،000ރ. އަދި 20 އާޔަތް ކިޔެވުމުން 2،500ރ. ގެ އިތުރުން 25 އަށް ވުރެ ގިނަ އާޔަތް ކިޔަވައިގެން 3،000ރ.ގެ ޑިސްކައުންޓް ލިބޭނެ އެވެ. ދަތުރު ދުއާ ނުވަތަ ސަވަރީ އަކަށް އަރަމުން ކިޔާ ދުއާ ކިޔައިގެން ލިބޭނީ 200ރ. ގެ ޑިސްކައުންޓެކެވެ.
"ކޮންމެ ސައިކަލަކުން ވެސް ރަމްޒު ކޮށްދެނީ ދަތުރެއް. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ދިރިއުޅުމަކީ ވެސް ދަތުރެއްކަން ދަންނަން. އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދަން އަޅުގަނޑުމެންގެ އަމަލުތައް އެބަޖެހޭ ވަކި ގޮތަކަށް ބައްޓަންކުރަން. މި ޕްރޮމޯޝަނާ އެކު އަޅުގަނޑުމެން ކުންފުނިން އެންމެންނަށް ވެސް މި ހަނދާން ކޮށްދެނީ އެކަން،" ލިޓަސް އިން ނެރުނު ބަޔާނެއްގައި ވެ އެވެ.
ލިޓަސް އަކީ އަބަދު ވެސް ތަފާތު ޕްރޮމޯޝަންތައް ހިންގާ ފިހާރަަައެކެވެ. މީގެ ކުރިން ވެސް އެ ފިހާރަ އިން ވަނީ، އެހެން ފިހާރަތަކުން ކުރިއަށް ނުގެންދާ ފަދަ ތަފާތު އެތައް ޕްރޮމޯޝަނެއް ހިންގާފަ އެވެ.
ލިޓަސް އިން ގަންނަ ސައިކަލް "ވަގުތުން އަތަށް"
ލޮޓަސްގެ ރޯދަ ޕްރޮމޯޝަން ފަށައިފި
ރޯދަމަހަށް ލިޓަސްގެ ތަފާތު ޕްރޮމޯޝަނެއް
ޓްރެފިކަށް ހޭލުންތެރި ކުރަން ލިޓަސްއިން ޕްރޮމޯޝަނެއް
ލިޓަސްގެ "ބޮޑު ޕްރޮމޯޝަން" ފަށައިފި
ލިޓަސް ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި
ލިޓަސް އިން ރޯދައާ ގުޅޭ ގޮތަށް ހަދިޔާތަކެއް ދެނީ
ލިޓަސްގެ ޕްރޮމޯޝަން: ފޭސްބުކް ޕޯސްޓަކުން ޑިސްކައުންޓް
ކޮނޑުގައި ދަރިފުޅު އުފުލި މަންމައަށް ސައިކަލެއް ދީފި
ފްލެޓު ލިބުނު މީހުންނަށް ލިޓަސް އިން ހާއްސަ ޕެކޭޖެއް