ދަރިފުޅު ކޮނޑަށް ލައިގެން ގެންދަނިކޮށް އާއްމުވި ވީޑިއޯއިން ފެންނަ މީހާ އަށް ލިޓަސް އޮޓޯމޯބައިލްސް އިން ސައިކަލެއް މިއަދު ހަދިޔާ ކޮށްފި އެވެ.
03 އޮކްޓޯބަރ 2021
ދަރިފުޅު ކޮނޑަށް ލައިގެން ގެންދަނިކޮށް އާއްމުވި ވީޑިއޯއިން ފެންނަ މީހާ އަށް ލިޓަސް އޮޓޯމޯބައިލްސް އިން ސައިކަލެއް މިއަދު ހަދިޔާ ކޮށްފި އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއިން ފެންނަނީ އަންހެނަކު އޭނާގެ ކުޑަ ދަރިފުޅު ކޮނޑަށް ލައިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކާ ހިސާބަށް ގެންދާ މަންޒަރެވެ. މި ވީޑިއޯ އާއްމުވުމާއެކު އެ އަންހެން މީހާއާ ބެހޭ މައުލޫމާތު ހޯދަން ލިޓަސް އިން ސޯޝަލް މީޑިއާގައި އާއްމުންގެ އެހީއަށް އެދުނެވެ.
ވީޑިއޯ އިން ފެންނަ މީހާ ކަމަށްވާ ވަސީމާ މޫސާ އަށް ލިޓަސް އިން ހަދިޔާކުރީ ޔަމަހާ ފްރީގޯ ސައިކަލެކެވެ. މި ސައިކަލުގެ އިތުރުން ދެ އަހަރު ދުވަސް ވަންދެން ހިލޭ ސާވިސްކޮށްދިނުމާއި ދެ އަހަރު ދުވަހަށް ބޭނުންވާ ޕެޓްރޯލް ހަރަދު ވެސް އެ ކުންފުނިން ދޭނެ އެވެ. މިއީ ލިޓަސްގެ އިޖުތިމާއީ ޒިންމާގެ ދަށުން ދިން ހަދިޔާއެކެވެ.
މީގެ ކުރިން ވެސް ލިޓަސް އިން ވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ އެހީތަކެއް ދީފަ އެވެ. ބައިސްކަލެއްގައި ދަރިފުޅު ގޮވައިގެން ދިޔަ މަންމައެއްގެ ވީޑިއޯ އާއްމުވުން ވެސް ލިޓަސް އިން ވަނީ އެ އަންހެން މީހާއަށް މީގެ ކުރިން ސައިކަލެއް ހަދިޔާ ކޮށްފަ އެވެ. އަދި މާލެއަށް ބޯކޮށް ވާރޭވެހި ގިނަ ސައިކަލުތަކަކަށް ގެއްލުން ވުމުން އެ ސައިކަލުތަކަށް އެ ކުންފުނީގެ ސާވިސް ސެންޓަރުން ވަނީ ހިލޭ ސާވިސް ވެސް ކޮށްދީފަ އެވެ.
ލިޓަސް އިން ވަނީ ވަސީމާ ހޯދަން އާއްމުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އިޖުތިމާއީ ޒިންމާގެ ދަށުން އެހެން ކުންފުނިތަކުން ވެސް އެހީވުމަށް ލިޓަސް އިން އެދެ އެވެ.
ލިޓަސް އިން ގަންނަ ސައިކަލް "ވަގުތުން އަތަށް"
ސީއެސްއާރުގެ ދަށުން ލިޓަސް އިން ހެލްމެޓް ބަހަނީ
ލިޓަސްގެ އާ ޕްރޮމޯޝަން: ޓެކްސީ އެލަވެންސް
ލޮޓަސްގެ ރޯދަ ޕްރޮމޯޝަން ފަށައިފި
ލައިސެންސް ނަގަން ހިތްވަރުދޭ ޕްރޮމޯޝަނެއް ލިޓަސްއިން
ލިޓަސް އިން "ފިސާރި ކަނބަލުންނަށް" ޕްރޮމޯޝަނެއް
ލިޓަސް އިން އިންތިހާބާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް
ލިޓަސް ގުރުއާން މުބާރާތުގެ ވަނަތައް ހޮވައިފި
ލިޓަސް އިން ގުރުއާން މުބާރާތެއް ފަށައިފި
ގުރުއާން ކިޔަވައިގެން، ލިޓަސް އިން ޑިސްކައުންޓް