ފޭސްބުކްގައި ޕޯސްޓެއް ޝެއާކޮށް، ލައިކް ހޯދައިގެން ސައިކަލްގެ އަގުން ޑިސްކައުންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ލިޓަސް އިން ފަށައިފި އެވެ.
25 އޮކްޓޯބަރ 2016
ފޭސްބުކްގައި ޕޯސްޓެއް ޝެއާކޮށް، ލައިކް ހޯދައިގެން ސައިކަލްގެ އަގުން ޑިސްކައުންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ލިޓަސް އިން ފަށައިފި އެވެ.
ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރިކުރާ ލިޓަސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ފޭސްބުކް ޕޭޖްގައި ހިމަނާފައިވާ ހާއްސަ ޕޯސްޓް ޝެއާކުރުމުން "ލިޓަސް ފަސޭހަ ޑިސްކައުންޓް" ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. އެ ޝެއާކުރާ ޕޯސްޓަށް ލިބޭ ލައިކްގެ އަދަދަށް ބަލައި ސައިކަލްގެ އަގުން ވަކި މިންވަރެއް ޑިސްކައުންޓްގެ ގޮތުގައި ކެނޑޭނެ ކަމަށް ބުންޏެވެ.
އެގޮތުން، ޝެއާކުރާ ޕޯސްޓަށް 10 ލައިކް ލިބިއްޖެ ނަމަ 1،500 ރުފިޔާ، 11-20 ލައިކް ލިބިއްޖެ ނަމަ 2،000 ރުފިޔާ، 21-30 ލައިކް ލިބިއްޖެ ނަމަ 2،500 ރުފިޔާ، 31-50 ލައިކް ލިބިއްޖެ ނަމަ 3،500 ރުފިޔާ އަދި 50 ލައިކަށް ވުރެ އިތުރަށް ލިބިއްޖެ ނަމަ 4،000 ރުފިޔާ ޑިސްކައުންޓް ލިބޭނެ އެވެ.
ލިޓަސް އިން ބުނީ އެ ޑިސްކައުންޓް ހޯދުމަށް، ޝެއާކޮށްފައިވާ ޕޯސްޓްގެ ސްކްރީންޝޮޓެއް ނެގުމަށް ފަހު އެ ކުންފުނީގެ ފޭސްބުކް ޕޭޖަށް މެސެޖަކުން ފޮނުވަން ޖެހޭނެ ކަމަށެވެ. އެ މެސެޖުގައި އެ މީހެއްގެ ނަމާއި އައިޑީ ކާޑް ނަމްބަރާއި ގުޅޭނެ ނަމްބަރެއް ހިމެނުމުން، ޑިސްކައުންޓް ކޯޑެއް ލިބޭނެ ކަމަށް ބުންޏެވެ. ސައިކަލެއް ގަންނައިރު އެ ކޯޑް ދެއްކުމުން ޑިސްކައުންޓް ލިބޭނެ އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ޕްރޮމޯޝަންތައް ކުރިއަށް ގެންދާނެ ކަމަށް ލިޓަސް އިން ބުންޏެވެ.
"ލިޓަސް ފަސޭހަ ޑިސްކައުންޓް" ޕްރޮމޯޝަން ކުރިއަށް ގެންދަނީ އަންނަ މަހުގެ 22ގެ ނިޔަލަށެވެ.
ލިޓަސް އިން ގަންނަ ސައިކަލް "ވަގުތުން އަތަށް"
ލޮޓަސްގެ ރޯދަ ޕްރޮމޯޝަން ފަށައިފި
ގުރުއާން ކިޔަވައިގެން، ލިޓަސް އިން ޑިސްކައުންޓް
ޓްރެފިކަށް ހޭލުންތެރި ކުރަން ލިޓަސްއިން ޕްރޮމޯޝަނެއް
ލިޓަސްގެ "ބޮޑު ޕްރޮމޯޝަން" ފަށައިފި
ލިޓަސް ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި
ލިޓަސް އިން ރޯދައާ ގުޅޭ ގޮތަށް ހަދިޔާތަކެއް ދެނީ
ކޮނޑުގައި ދަރިފުޅު އުފުލި މަންމައަށް ސައިކަލެއް ދީފި
ފްލެޓު ލިބުނު މީހުންނަށް ލިޓަސް އިން ހާއްސަ ޕެކޭޖެއް
ލިޓަސްގެ އާ ޕްރޮމޯޝަން: ޓެކްސީ އެލަވެންސް