Roadha Mihaaru
މެސީ އާއި ރޮނާލްޑޯ ނުގެނެވުމަކީ ހިތާމައެއް: ވެންގާ

މެސީ އާއި ރޮނާލްޑޯ ނުގެނެވުމަކީ ހިތާމައެއް: ވެންގާ

18 މެއި 2018

ލަންޑަން (މެއި 18) - ބާވީސް އަހަރަށް ފަހު އާސެނަލް ކޯޗުކަމުން ވަކިވާން ޖެހުނުއިރު އެންމެ ހިތާމަކުރާ ކަންތައްތަކުގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އާސެނަލަށް ގަންނަން ލިބި ބޭނުން ނުކުރެވުން ހިމެނޭ ކަމަށް އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 18) - ބާވީސް އަހަރަށް ފަހު އާސެނަލް ކޯޗުކަމުން ވަކިވާން ޖެހުނުއިރު އެންމެ ހިތާމަކުރާ ކަންތައްތަކުގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އާސެނަލަށް ގަންނަން ލިބި ބޭނުން ނުކުރެވުން ހިމެނޭ ކަމަށް އާސެން ވެންގާ ބުނެފި އެވެ.

ވެންގާ އަށް 2003 ވަނަ އަހަރު އާސެނަލަށް ރޮނާލްޑޯ ސޮއިކުރުވަން ފުރުސަތު ލިބުނެވެ. އަދި ބާސެލޯނާ ޔޫތު ޓީމުން ސެސް ފަބްރެގާސް އާސެނަލަށް ގަތްއިރު، ލިއޮނަލް މެސީ ވެސް ގެންނަން ފުރުސަތު ލިބުނެވެ.

"ރޮނާލްޑޯގެ މަންމައާ އަަހަރަން ވަރަށް ވާހަކަ ދެއްކިން އޭނާ އާސެނަލަށް ގެންނަން. އެކަމަކު ފަހުން ކާލޮސް ކުއެރޯޒް (ޔުނައިޓެޑްގެ ކުރީގެ އެސިސްޓަންޓް ކޯޗު) އައިސް އޭނަ ގެންދިޔައީ. އަހަރެމެން މަޝްވަރާކުރީ 4.5 މިލިއަން ޕައުންޑަށް ރޮނާލްޑޯ ގަންނަން. އެކަމަކު އޭނަ ޔުނައިޓެޑަށް ދިޔައީ 12 މިލިއަން ޕައުންޑަށް،" ރޮނާލްޑޯގެ ޓްރާންސްފާ ކަންތައް ހިނގާދިޔަ ގޮތް ވެންގާ ކިޔައިދިނެވެ.

ވެންގާ ބުނީ މެސީ ގެންނަން އޭނާ ކުރި މަސައްކަތް ކާމިޔާބު ނުވީ އޭނާގެ އާއިލާގެ ސަބަބުން ކަމަށެވެ.

"އެއީ 2003 ވަަނަ އަހަރު އަހަރެން ފަބްރެގަސް ބާސެލޯނާ އިން އާސެނަލަށް ގަތްއިރު އަހަރެން ބޭނުންވި އޭނައާ އެކު މެސީ އަދި ޖެރާޑް ޕީކޭ ވެސް ގަންނަން. ކަންދިމާ ކުރި ގޮތުން ފަބްރެގަސް އަހަރެމެންނަށް ލިބުނު. އެކަމު މެސީ އާއި ޕީކޭ އެކި ސަބަބުތަކާ ހުރެ ނުލިބުނު. މެސީ ނުލިބުނީ އޭނާގެ އާއިލާ ގަބޫލު ނުވެގެން. އަނެއްކާ އަހަރެމެން އެހާ މަސައްކަތެއް ވެސް ނުކުރަން،" ވެންގާ ބުންޏެވެ.

ވެންގާ ބުނީ މެސީ އާއި ރޮނާލްޑޯ އޭނާ އަށް ލިބުނު ނަމަ ތާރީހުގައި ގިނަ ކަންތައްތަކެއް ބަދަލުވާނެ ކަމަށެވެ. އަދި މި ދެ ކުޅުންތެރިންގެ އިތުރުން ވެސް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އާސެނަލަށް ގެންނަން އޭނާ މަސައްކަތް ކުރި ކަމަށް ވެންގާ ވަނީ ބުނެފަ އެވެ.

ވެންގާ އަށް ފަހު އާސެނަލާ ހަވާލުވާނެ ކޯޗަކާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ސީދާ ޖަވާބެއްދޭން ބޭނުމެއް ނުވި އެވެ. އެކަމަކު އާސެނަލާ ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް އަޑުފެތުރިފައިވާ ކުރިން ވެންގާގެ އިރުޝާދުގެ ދަށުން އެ ޓީމަށް ކުޅުނު މިކޭލް އާޓެޓާ އަށް ތާއިދުކުރާކަމަށް ވެންގާ ވަނީ ބުނެފަ އެވެ. މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓަންޓް ކޯޗަކަށް ހުރި އާޓެޓާ އަންނަނީ އާސެނަލާ ހަވާލުވާން މަޝްވަރާކުރަމުންނެވެ.