Roadha Mihaaru
ބައެއް ސަރަހައްދުތަކަށް މިއަދު ވެސް މޫސުން ގޯސްވެދާނެ

ބައެއް ސަރަހައްދުތަކަށް މިއަދު ވެސް މޫސުން ގޯސްވާނެ: މެޓް އޮފީސް

19 މެއި 2018

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ލަފާ ކުރެވޭތީ މެޓް އޮފީހުން އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ލަފާ ކުރެވޭތީ މެޓް އޮފީހުން އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނީ މިއަދު މެންދުރު 2:30 އިން ފެށިގެން މިރޭ 8:30 އާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވެނީ ރ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ކަމަށެވެ. އެ ސަަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުނެ އެވެ. އެގޮތުން ގަޑިއަކު 40 މޭލަށް އެ ސަރަހައްދަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މިދިޔަ ހަފުތާއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ.