Roadha Mihaaru
ފެނަކަ އަށް "ފަންސަހައްޓި"

ފެނަކަ އަށް "ފަންސަހައްޓި"

25 މެއި 2016

ރޯދަ މަހާ އެކު ޓީވީ ޕްރޮގްރާމްތަކަށް އިންތިޒާރު ކުރާ މީހުންގެ އެންމެ މަގުބޫލު ޕްރޮގްރާމަކީ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޯދަ މަހާ އެކު ޓީވީ ޕްރޮގްރާމްތަކަށް އިންތިޒާރު ކުރާ މީހުންގެ އެންމެ މަގުބޫލު ޕްރޮގްރާމަކީ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތެވެ.

މި އަހަރުގެ މުބާރާތުގައި ވާދަ ކުރާ އޮފީސްތަކުން ޑްރާމާތައް ނިންމައި، މިހާރު އަންނަނީ ޑްރާމާތައް ޕްރޮމޯޓް ވެސް ކުރަމުންނެވެ. ފޭސްބުކް ޕޭޖްތައް ހަދައިގެން ވަރަށް ފޯރިއާ އެކު ޕްރޮމޯޝަނަލް ހަރަކާތްތައް އޮފީސްތަކުން އަންނަނީ ހިންގަމުންނެވެ.

އެގޮތުން މި ފަހަރު މި ބަލާލަނީ މިދިޔަ އަހަރު ވެސް މުބާރާތުގައި ވާދަ ކުރި ފެނަކަ ކޯޕަރޭޝަން ޑްރާމާއަށެވެ.

ޑްރާމާގެ ނަމަކީ "ފަންސަހައްޓި" އެވެ. ޑްރާމާގައި ކިޔައި ދޭނީ އުމުރުން 65 އަހަރުގެ ފިރިހެނެއްގެ ވާހަކަ އެވެ.

މިއީ ވެސް ހާއްސަ ޑްރާމާއެކެވެ. ޑްރާމާ ހާއްސަވާ އެއް ކަމަކީ "ފަންސަހައްޓި" ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ އޮފީސް ޓެލެޑްރާމާ މުބާރާތުގައި ރަންވަނަތަކެއް ހޯދި ސިފައިންގެ ޑްރާމާތަކުގައި ކުރިން މަސައްކަތްކޮށްފައިވާ މަޝްހޫރު ދެ މީހުންނަށް ވުމެވެ.

ޗިއްޕެ (ކ) "ފަންސަހައްޓި" ޑްރާމާގެ ދެ ޑައިރެކްޓަރުން ކަމަށްވާ ޝާޒާއި މަނިކާ އެކު.

ޗިއްޕެ (ކ) "ފަންސަހައްޓި" ޑްރާމާގެ ދެ ޑައިރެކްޓަރުން ކަމަށްވާ ޝާޒާއި މަނިކާ އެކު.

އެއީ ފިލްމީ ތަރި މުހައްމަދު މަނިކާއި އަހުމަދު ޝާޒް (ތަޖޫބެ) އެވެ.

"ފަންސަހައްޓި" ގެ ކެމެރާ އާއި ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކޮށްފައި ވަނީ ފިލްމު ހެދުމުގައި ރާއްޖޭގައި މިހާރު އެންމެ ކާމިޔާބު ސްޓޫޑިއޯ ޑާކް ރެއިން އެންޓަޓައިންމަންޓުންނެވެ. ޑްރާމާ ކެމެރާކޮށްފައި ވަނީ "އެންމެ ފަހު ވިންދާ ޖެހެންދެން" އާއި "ވާށޭ މަށާއެކީ" ގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ.

ޑްރާމާގެ މިއުޒިކް ހަދައިފައި ވަނީ ޝާޒް ސައީދެވެ. އަދި ޅެން ހަދާފައި ވަނީ މަޝްހޫރު ޅެންވެރިޔާ އާދަމް ނަސީރު އިބްރާހީމެވެ.

ފެނަކަގެ "ފަންސަހައްޓި" ޑްރާމާގެ ޓީޒާ.

ރޯދަ މަސް ވަރަށް ކައިރިވެއްޖެ އެވެ. އޭގެ ކުރިން "ފަންސަހައްޓި" ގެ ޓީޒާ އަށް ނަޒަރެއް ހިންގާލުން ކިހިނެއް ވާނެ ބާވަ އެވެ؟