Roadha Mihaaru
އިސްލާމިކްބޭންކްގެ އެޕުން ޒަކާތް ދެއްކުން ވަރަށް ފަަސޭހަ

އިސްލާމިކް ބޭންކްގެ "ފައިސާ މޯބައިލް" އެޕުން ފިތުރު ޒަކާތް ދެއްކުން ވަރަށް ފަސޭހަ

23 މެއި 2018

އިސްލާމިކް ބޭންކުން ދާދި ފަހުން ލޯންޗްކުރި އެ ބޭންކުގެ ފޯނު އެޕްލިކޭޝަން "ފައިސާ މޯބައިލް" އިން، ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަދައިފި އެވެ.

އިސްލާމިކް ބޭންކުން ދާދި ފަހުން ލޯންޗްކުރި އެ ބޭންކުގެ ފޯނު އެޕްލިކޭޝަން "ފައިސާ މޯބައިލް" އިން، ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަދައިފި އެވެ.

ފުޅާ ދާއިރާއެއްގައި ބޭންކިންގެ ޚިދުމަތް ދޭ ކުންފުނިން ބުނީ، އައިއޯއެސް އަދި އެންޑްރޮއިޑް އެޕް މެދުވެރިކޮށް، އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމަ އަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އެޕް މެދުވެރިކޮށް ޒަކާތް ދެއްކޭނީ ލޮގިން ވެ، އެޕުގައި ހިމެނޭ "ފިތުރު ޒަކާތް" ބަޓަނަކަށް ފިތާލުމަށް ފަހު ޒަކާތް ދައްކާ މީހާއާ ގުޅޭ މައުލޫމާތުތައް ފުރިހަމަކޮށް ފައިސާ ދެއްކުމުންނެވެ.

އިސްލާމިކް ބޭންކުން ބުނީިގޮތުގައި، "ފައިސާ މޯބައިލް" އެޕް މެދުވެރިކޮށް އަމިއްލަ މީހާގެ އިތުރުން އެހެން މީހެއްގެ ނަމުގައި ވެސް ފިތުރު ޒަކާތް ދެއްކިދާނެ އެވެ.

އެ އެޕްލިކޭޝަންގެ ފީޗާސްތައް ކުރިމަގުގައި އިތުރަށް ތަރައްގީކޮށް، އާ ޚިދުމަތްތައް ލިބޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށް އިސްލާމިކް ބޭންކުން ބުނެ އެވެ.

"ފައިސާ މޯބައިލް" އެޕްލިކޭޝަނުގެ އިތުރުން، އިސްލާމިކް ބޭންކުގެ އޮންލައިން ބޭންކިން "ފައިސާ ނެޓް" މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އަދި، އިސްލާމިކް މިނިސްޓްރީގެ ޒަކާތް ބަލައިގަންނަ ކައުންޓަރުތަކުގައި އިސްލާމިކް ބޭންކުގެ "ފައިސާ ޕީއޯއެސް" މެޝިންތައް ހުންނާނެ އެވެ. އެހެންކަމުން، އިސްލާމިކް މިނިސްޓްރީ އަށް ގޮސް ކާޑުން ފައިސާ ދައްކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އެބައޮތެވެ.