Roadha Mihaaru
ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ

ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ

29 މެއި 2018

ދިރާގު ވެބްސައިޓް އަދި ދިރާގުން މި ރޯދަމަހަށް ހާއްސަކޮށްގެން ދިރާގުން ތައާރަފު ކުރި “ramadanmv” މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް "ދިރާގު ޕޭ" ގެ ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސައިފި އެވެ. އެހެން ކަމުން ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް މިހާރު ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.

ދިރާގު ވެބްސައިޓް އަދި ދިރާގުން މި ރޯދަމަހަށް ހާއްސަކޮށްގެން ދިރާގުން ތައާރަފު ކުރި “ramadanmv” މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް "ދިރާގު ޕޭ" ގެ ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސައިފި އެވެ. އެހެން ކަމުން ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް މިހާރު ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.

ދިރާގު ޕޭ މެދުވެރިކޮށް ޒަކާތް ދައްކާނެ ގޮތަކީ، ދިރާގު ވެބްސައިޓަށް ވަނުމަށްފަހު، ދިރާގު ޕޭ ޕޯޓަލްގެ އިސްތިހާރު ބެނާ އަށް ފިތާލުމަށްފަހު، ޕޯޓަލް ހުޅުވުމުން އެ މީހަކު ޒަކާތް ދައްކާވަރުގެ ތަފްސީލު ފުރިހަމަކޮށްލާނީ އެވެ. އެއަށްފަހު ދިރާގު ޕޭ ވޮލެޓް ނަންބަރު އަދި ޕާސްވޯޑް ޖެހުމުން ޒަކާތް ދައްކާ ނިމުނީ އެވެ. ޒަކާތް ދެއްކުމަށްފަހު ވަގުތުން ކަސްޓަމަރަށް ޒަކާތް ދެއްކުނު ކަމުގެ ރަސީދެއް އޮންލައިންކޮށް އަދި އެސްއެމްއެސްއަކުން ލިބޭނެ އެވެ.

ދިރާގު “ramadanmv” އެޕް މެދުވެރިކޮށް ޒަކާތް ދައްކާނަމަ އެޕްލިކޭޝަން ގެ “zakat” ޖަހާފައިވާ ޓެބަށް ފިތާލާނީ އެވެ. އަދި ދިރާގު ޕޭ ޕޯޓަލް ހުޅުވުމުން ކުރިއަށްގެންދަންވީ އެވެ.

އެ ކުންފުނިން ބުނީ ދިރާގު ޕޭ ޕޯޓަލް މެދުވެރިކޮށް މިއަދުން ފެށިގެން އަންނަ މަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި އެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އަމިއްލަ މީހާގެ އިތުރުން އެހެން މީހުންގެ ނަމުގައި ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ވަނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ޕްރިޕެއިޑް މެދުވެރިކޮށް އެސްއެމްއެސް ފޮނުވައިގެން ޒަކާތް ދެއްކޭނެ މަގު ހިލޭ ފަހި ކޮށްދީފަ އެވެ. އެ ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ #8*123* އަށެވެ.

"ދިރާގު ޕޭ އެކައުންޓެއް ގާއިމުކުރުމަކީ ދިރާގު ޕޭގެ އެޕް ނުވަތަ މޯބައިލް ފޯނުގެ ޔޫއެސްއެސްޑީ #777* މެނޫ ބޭނުންކޮށްގެން އުނދަގުލަކާ ނުލައި ރަޖިސްޓްރީކޮށްލެވޭ ހިދުމަތެއް. އަދި އެކައުންޓަށް ފައިސާ ޖަމާކުރުމަށް ދިރާގުގެ ކޮންމެ ހިދުމަތް ދޭ އައުޓްލެޓެއް ނުވަތަ ކަނޑައެޅިފައިވާ ދިރާގު ޕޭ އޭޖެންޓް ފިހާރައަކަށް ގޮސް ރީލޯޑް ކުރާ އުސޫލުން ކޮށްލެވޭނެ،" ދިރާގުން ބުންޏެވެ.

ދިރާގު ޕޭގެ އެންމެ މުހިއްމު އެއް ސިފައަކީ ދިރާގު ނޫން ނެޓްވޯކެއްގައި އުޅޭ ކަސްޓަމަރަކަށް ވެސް ފަސޭހަކަމާއެކު ފައިސާ ފޮނުވައި އެހެން ނެޓްވާކްތަކުގެ ކަސްޓަމަރުންނަށް ވެސް އޭޖެންޓް މެދުވެރިކޮށް ފައިސާ ނެގޭނެ ގޮތް ހަމަޖެހިފައިވުމެވެ. މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ފައިސާ ޖަމާކުރެވެ އެވެ. އަދި އޭގެ އިތުރުން، ފަހި ޕޭ އެޕް، ފަސޭހަ ރިޗާޖް އަދި ރެޕިޑް ރީޗާޖް ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް ދިރާގު ޕޭ ވޮލެޓަށް ފައިސާ ޖަމާކުރެވެ އެވެ.