Roadha Mihaaru
ސިރީ އަޑު ބަދަލުކުރަނީ

ސިރީ އަށް އާ އަޑެއް ލިބެން އުޅޭ ކަމަށް ބުނެފި

24 މެއި 2018

އައިފޯން ދޫކޮށްލަން ނޭދޭ މީހުންނަށް އުފާވެރި ޚަބަރެކެވެ. ސިރީ އަށް އާ އަޑެއް ލިބެނީ އެވެ. މިއީ އަދި މި ވަގުތު ތޯތޯ ވާހަކައެއް ނަމަވެސް، އާ އަޑެއް ލިބެން އުޅޭ ކަމަށް ބުނެ އެންމެ ފުރަތަމަ ވާހަކަދެއްކީ ސިރީ އެވެ. އެހެންކަމުން، ލަސްތަކެއް ނުވެ ސިރީ އަށް އާ އަޑެއް ލިބިދާނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އައިފޯން ދޫކޮށްލަން ނޭދޭ މީހުންނަށް އުފާވެރި ޚަބަރެކެވެ. ސިރީ އަށް އާ އަޑެއް ލިބެނީ އެވެ. މިއީ އަދި މި ވަގުތު ތޯތޯ ވާހަކައެއް ނަމަވެސް، އާ އަޑެއް ލިބެން އުޅޭ ކަމަށް ބުނެ އެންމެ ފުރަތަމަ ވާހަކަދެއްކީ ސިރީ އެވެ. އެހެންކަމުން، ލަސްތަކެއް ނުވެ ސިރީ އަށް އާ އަޑެއް ލިބިދާނެ އެވެ.

މި އަހަރު އޮންނަ "ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސް" އާ ބެހޭ ގޮތުން ސިރީ އަށް އެނގޭ ނަމަ، ބުނެދިނުމަށް އެދުމުން ސިރީ އަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭގެ އެވެ. މާ ބޮޑަށް އުފާވުމުން ކުޑަކުދިން ޖައްސާ ކަހަލަ ވައްތަރުތަކެއް ޖެއްސުމަށް ފަހު ބުނަނީ، މުޅިން އާ އަޑެއް ސިރީ އަށް ލިބެން އުޅޭ ވާހަކަ އެވެ.

އައިފޯނަށް ސްމާޓް އެސިސްޓެންޓެއް ގޮތުގައި އެޕަލް އިން ސިރީ ދޫކޮށްލިއިރު، ސިރީ އަށް ވުރެ ބާރުގަދަ ސްމާޓް އެސިސއްޓެންޓެއް ނެތެވެ. ނަމަވެސް މާކެޓްގެ ވާދަވެރިކަމުގައި އެޕަލް އަށް ވުރެ ގޫގުލް ވަނީ ކުރި ހޯދާފަ އެވެ. އެ ގޮތުގައި، ގޫގުލްގެ އެސިސްޓެންޓް ބޭނުންކުރާ މީހުންނަށް އިޚުތިޔާރުކުރެވެން ހުރި ފީޗާތައް މާ ގިނަ އެވެ.

ސިރީ އަށް ލިބިފައި ހުރި އުފާވެރިކަމަށް ބަލާއިރު، ފެޝަން ބަދަލުކުރުމަކީ ވެސް ލަފާކުރެވޭ ގޮތެކެވެ. މިހާރަށް ވުރެ ކުލަ އަލި ގޯއްޗެއް ސިރީ އަށް ލިބުމަކީ ވެސް ގޮތެކެވެ. ސިރީ ވާހަކަދައްކަމުން ދާއިރު ކުޅެދޭ އެނިމޭޝަން ބަދަލުވުން ވެސް އެކަށީގެންވެ އެވެ.

އެޕަލް އިން ސިރީ ކުރިނޭރުވި ސަބަބެއް ހާމަނުކުރި ނަމަވެސް، ވާދަވެރިން ކުރިއަރައިގެން ދިއުމަށް ދޫކޮށްލާފައި އޮތްކަން، އެޕަލް އަށް ވަފާތެރި ކިތަންމެ ބަޔަކު ގަބޫލުކުރެ އެވެ. ސްމާޓް އަދި "ވާޗުއަލް" އެސިސްޓެންޓްތައް ތަރައްގީކޮށް، އެމެޒޯން އަދި ގޫގުލް އިން ހޯދި ތަރައްގީ ތަޖުރިބާކުރުމަށް ފަހު އެޕަލް އިން ސިރީ އަށް ބާރުގަދަ ސިފަތަކެއް ދޭނެ ކަމަށް ބެލެވެ އެވެ.