Roadha Mihaaru
އެޕަލް އަލުން "ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ އަށް

އެޕަލް 28 އަހަރަށް ފަހު އަލުން "ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ" އަށް

07 ޖެނުއަރީ 2020

ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ އަކީ، ސްމާޓް އިލެކްޓްރޯނިކްސް ކުންފުނިތަކަށް ބޮޑު މައުރަޒެކެވެ. ސްމާޓް ޑިވައިސްތައް ބޭނުންކުރާ މީހުންނަށް އަންނަ ބޮޑު އީދެކެވެ. މި އީދުގައި އުފަލެއް ނުލިބި ދަނީ އެޕަލް އަށް ރުހިފައި ތިބި މީހުންނަށް އެކަންޏެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ އަކީ، ސްމާޓް އިލެކްޓްރޯނިކްސް ކުންފުނިތަކަށް ބޮޑު މައުރަޒެކެވެ. ސްމާޓް ޑިވައިސްތައް ބޭނުންކުރާ މީހުންނަށް އަންނަ ބޮޑު އީދެކެވެ. މި އީދުގައި އުފަލެއް ނުލިބި ދަނީ އެޕަލް އަށް ރުހިފައި ތިބި މީހުންނަށް އެކަންޏެވެ.

އެޕަލް، ސީއީއެސްގައި އެންމެ ފަހުން ބައިވެރިވީ މީގެ 28 އަހަރު ކުރިން، 1992 ވަނަ އަހަރެވެ. އެ އަށް ފަހު ސީއީއެސް ގައި އެޕަލުން ބައިވެރިއެއް ނުވެ އެވެ.

އެޕަލް އަބަދު ވެސް ވާން ބޭނުންވަނީ ވަތަނީ ބަޔަކަށެވެ. އެހެންވެ، މައުރަޒެއް ބޭއްވިޔަސް އަދި ކުޑަކުދިން ކުޅޭ ޕާކެއް ނަމަވެސް ރައްދުވާން ޖެހެނީ ހުރިހާ މާނައެއްގައި އެޕަލް އަށެވެ.

ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯގައި މުޅި ދުނިޔެ އުފާކުރެ އެވެ. މިއީ ލިޔުންތެރިން އަދި ކުރެހުންތެރިންނަށް ވެސް، ސިފަކޮށް ބަޔާންކުރުމަށް ރަނުގެ ފުރުސަތެކެވެ.

އެޕަލްގެ އުފެއްދުންތައް އަދި ސޮފްޓްވެއާ ޖާދޫތައް ތަޖުރިބާކޮށް ޚިޔާލު ހުށަހެޅުމަށް، ކޮންމެ އަހަރަކު "ޑިވެލޮޕާސް ކޮންފަރެންސް"އެއް ބާއްވަ އެވެ. އެޕަލް އަށް ވަފާތެރިވިހާ މީހަކަށް މިއީ "ވަތަނީ" އީދަކަށް ވެ އެވެ.

މި އަހަރު، ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯން 2020 ގައި އެޕަލް އިން ބައިވެރިވާނެކަން ކުރިއާލައި އެންގި ނަމަވެސް، މައުރަޒު ކުރަން ވަކި ޚާއްސަ އެއްޗެއް ތައްޔާރެއް ނުކުރެ އެވެ. އެ މީހުން ދައްކަން ބޭނުންވީ "އެޕަލް ހޯމްކިޓް"ގައި ހުރި ކުޅަދާނަ ކަމެވެ. މިއީ، އެޕަލް އަށް ވަކި ޚާއްސަ ފަންނެއް ނޫނެވެ. އެމެޒޯން އަދި ގޫގުލް ވެސް ހަމަ މި މައުލޫއަށް ވާހަކަތައް ކިޔައިދޭނެ އެވެ.

އެޕަލުން ސީއީއެސް 2020 ގައި ބައިވެރިވުމަކީ ކޮންވެސް ކަމަކަށް ދިން ސިގުނަލެއް ކަމަށް ވެސް ވެދާނެ އެވެ. މި އަހަރު ކުރި އަށް އޮތީ އެވެ. އައިފޯން މޮޑެލްތައް އަދި އެޕަލް 5ޖީ އާ ގުޅިފައި ހުރި މިންވަރާ މެދު ދެކެވެން ހުރި ވާހަކަތައް ވެސް އަދި ހުރީ އެވެ.