Roadha Mihaaru
ޑެންގީހުން ޖެހުނު މީހުން ތިން ގުނަ އިތުރުވެއްޖެ

ޑެންގީހުން ޖެހުނު މީހުންގެ އަދަދު މިދިޔަ މަހު ތިން ގުނަ އިތުރުވެއްޖެ

15 މެއި 2022

މިދިޔަ މާޗު މަހާ އަޅާބަލާއިރު، މިދިޔަ މަހު ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު ތިން ގުނަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ މާޗު މަހާ އަޅާބަލާއިރު، މިދިޔަ މަހު ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު ތިން ގުނަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާޗު މަހު 26 މީހަކަށް ޑެންގީހުން ޖެހުނު ކަމަށް ރިޕޯޓް ކޮށްފައި ވެ އެވެ. އެކަމަކު މިދިޔަ މަހު އެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، 92 މީހަކަށް އެ ބަލި ޖެހުނެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މި އަހަރު ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު ގިނަ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. އަދި މި އަހަރު އެންމެ ގިނައިން އެ ބަލީގެ ރިޕޯޓް ލިބުނީ މިދިޔަ މަހު ކަމަށް ބުންޏެވެ.

މި ދުވަސްވަރު ރާއްޖޭގައި ޑެންގީ ހުން އިތުރުވާތީ ހާއްސަ ސަމާލުކަމެއް ދޭން އެޗްޕީއޭ އިން އިލްތިމާސްކުރީ މިދިޔަ މަހުގެ 27 ގަ އެވެ.

އެހެން އާންމު ބަލިތަކުގެ ތަފާސްހިސާބުތައް

- 12،978 މީހަކަށް އަރިދަފުސް ރޯގާ ޖެހުނު.

- 1،575 މީހަކަށް ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ޖެހުނު.

މަދިރިން ރައްކާތެރިވުމުގެ ގޮތުން، ހަށިގަނޑު ރަނގަޅަށް ނިވައިވާނެ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި ރެޕެލެންޓް ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.