Roadha Mihaaru
މުހުތާޒް ޖަލަށް ގެންދިޔަ ފަހުން ފިޒިއޮތެރަޕީއެއް ނުދޭ

މުހުތާޒް ހޮސްޕިޓަލުން ޖަލަށް ގެންދިޔަ ފަހުން ގަވައިދުން ފިޒިއޮތެރަޕީއެއް ނުދޭ: އާއިލާ

26 މެއި 2018

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށް ލާފައިވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިންގެ މައިބަދައިގެ މައްސަލަޔަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީ އަލުން ޖަލަށް ގެންދިޔަ ފަހުން، ޑޮކްޓަރު ދެއްވި ލަފަޔާ އެއްގޮތަށް ފިޒިއޮތެރަޕީ ނުދޭ ކަމަށް މުހްތާޒްގެ އާއިލާއިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މުހުތާޒުގެ ގަޔަށް ތިން އިންޖެކްޝަނެއް ޖެހުމަށްފަހު، އޭޑީކޭ ހޮސްޕިޓަލުން މާފުށި ޖަލަށް ގެންދިޔަ ފަހުން، އޭނާ އަށް ފިޒިއޮތެރަޕީ ދިނީ އެންމެ ފަހަރަކު ކަމަށާއި އެހެންވެ ގަވައިދުން ފިޒިއޮތެރަޕީ ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އާއިލާ އިން ވަނީ އެދިފަ އެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ފިޒިއޮތެރަޕީ ހެދުމަށް އޭޑީކޭ ހޮސްޕިޓަލްގައި މުހުތާޒް ދެ ހަފުތާ ވަންދެން ބޭއްވި އެވެ. މައިބަދައިގެ މައްސަލަ ހުންނަ މުހުތާޒް ޖަލަށް ލި ފަހުން، މިހާތަނަށް ތިން ފަހަރަށް އިންޖެކްޝަން ޖަހާފައިވެ އެވެ.

މުހުތާޒްގެ އަނބިކަނބަލުން ޝާދިޔާ އާދަމް "މިހާރު" އަށް ވިދާޅުވި ގޮތުގައި ޑޮކްޓަރުން މުހުތާޒަށް އެންމެ ފަހުން ހަރުކަށިކަމާއެކު އިރުޝާދު ދިން އެއް ކަމަކީ ގަވައިދުން ފިޒިއޮތެރަޕީ ހެދުމެވެ. އޭނާ ވިދާޅުވީ މިދިޔަ ހަފުތާގައި މުހުތާޒް ހޮސްޕިޓަލުން ޖަލަށް ބަދަލު ކުރި ފަހުން، ފިޒިއޮތެރަޕީ ހެދީ މިދިޔަ ބުރާސްފަތި ދުވަހު އެކަނި ކަމަށެވެ. އަދި އެއްވެސް އިރަކު، މުހުތާޒް ގޮޅިން ބޭރަށް ނުނެރޭ ކަމަށާއި ކުރިން، ދުވާލަކު އެއް ގަޑިއިރު ބޭރަށް ނެރޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހުތާޒް: ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލައިގައި އޭނާ ވަނީ ޖަލަށް ލާފައި.-- ފައިލް ފޮޓޯ: މިހާރު

މުހުތާޒް: ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލައިގައި އޭނާ ވަނީ ޖަލަށް ލާފައި.-- ފައިލް ފޮޓޯ: މިހާރު

ޑޮކްޓަރުން ގިނަ އިރުޝާދުތަކެއް ދެއްވި ކަމުގައިވިޔަސް، އެ އިރުޝާދާ އެއްގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަމަލު ކުރަމުން ނުދާ ކަމަށް ވެސް ޝާދިޔާ ވިދާޅުވި އެވެ.

"މުހުތާޒް ހުންނަނީ ކުރިން ވެސް ހުރި ގޮޅީގައި. ޑޮކްޓަރުން ވަރަށް ހަރުކަށިކަމާއެކު އިރުޝާދު ދިން ގިނަ ވަގުތު ހިނގައި އުޅުމަށާއި ފެތުމަށް ވެސް. އެއްވެސް ވަރަކަށް ގުދު ނުވުމަށާއި ބަރު އެއްޗެހި ނުއުފުލަން. ގަވައިދުން ފިޒިއޮތެރަޕީ ހަދަން،" ޝާދިޔާ ވިދާޅުވި އެވެ.

ޝާދިޔާ ވިދާޅުވި ގޮތުގައި މުހުތާޒް ހުންނަވަނީ މާފުށީ ޖަލުގެ ޔުނިޓް ދޭއްގަ އެވެ. އެއީ އެންމެ ނުރައްކާތެރި ގައިދީން ތިބޭ ޔުނިޓެވެ. އެތަނުގެ ގޮޅިއެއްގައި ވަކިން ބަހައްޓާފައި ހުންނަތާ ދެ އަހަރުވެފައިވާ ކަމަށާއި ހާއްސަ ހިމާޔަތެއް ދީގެން މުހުތާޒް ޖަލުގައި ބެހެއްޓީ އެންމެ ތިން މަސް ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.

މުހުތާޒް އާ މެދު ކަރެކްޝަނުން އަމަލު ކުރަމުން އަންނަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، އާއިލާ އިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ސަމާލު ކަމަށް އެކަން ގެނެސްފަ އެވެ. އަދި ޑޮކްޓަރުގެ އިރުޝާދުގެ ސިޓީ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށް، އެގޮތަށް އަމަލު ކުރަން އާއިލާ އިން އެދިފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލައިގައި މުހުތާޒްގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2016 ގަ އެވެ.