ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދަށް ދީފައި އޮތް، ދީނީ ނަސޭހަތާއި ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިއަދު ބާތިލުކޮށްފި އެވެ.
28 މެއި 2018
ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދަށް ދީފައި އޮތް، ދީނީ ނަސޭހަތާއި ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިއަދު ބާތިލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒައިދާ ގުޅޭ މައްސަލަތަކެއް ބަލަމުން ދާތީ، ދީނީ ނަސޭހަތާއި ދަރުސް ދެއްވުމަށް އޭނާ އަށް ދެއްވާފައިވާ ހުއްދަ މިއަދުން ފެށިގެން ވަގުތީ ގޮތުން ބާތިލު ކޮށްފައިވާ ކަމަށެވެ. އެއީ ކޮން މައްސަލަތަކެއް ކަމެއް އެ މިނިސްޓްރީން ނުބުނެ އެވެ.
މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން ޒައިދު ދެކޮޅު ހެއްދެވި އެވެ. އެކަމަކު މިދިޔަ ހޮނިހިރު ދުވަހު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމިކް މިނިސްޓްރީން "ކޮންމެވެސް ކަމެއް" ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި "މިކަމުގައި އުޅޭ މީހުން، ﷲ އަށް ބިރުވެތިވުމަށެ"ވެ.
ރާއްޖޭގެ ރަށެއްގެ 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް މިދިޔަ އަހަރު ޒައިދު ވިދާޅުވި މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވެ، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މިނިސްޓްރީ އަށް އޭނާ ހާޒިރު ކުރި އެވެ.
ފަހަކަށް އައިސް ޒައިދު ގެންދަވަނީ ދީނީ ކަންކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބައެއް ނިންމުންތަކަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ހާއްސަކޮށް، އަމިއްލަ ޖަމިއްޔާތަކުން ދީނީ ދަރުސްތަކާއި ވޯކްޝޮޕްތަކާއި ތަފާތު ހަރަކާތްތައް ބޭއްވުމަށް ސްކޫލްތަކުގެ ހޯލްތައް ދޫ ނުކުރާ ކަމަށް ބުނެ ސަރުކާރަށް ފާޑުވިދާޅުވި އިރު، އެޑިއުކޭޝަން މިނިސްޓްރީގައި "ލާދީނީ" މީހަކު ހުރި ނަމަ އެތަން އަވަހަށް ސާފު ކުރެއްވުމަށް ވެސް ވިދާޅުވެފައި ވެ އެވެ.
ޚިޔާލު ތަފާތުވިޔަސް، ދެކޮޅުވެރިވެގެން ނުވާނެ: މެންކް
ހުއްދަ ނުނަގާ އުމްރާއަށް ގެންދާނަމަ ފިޔަވަޅު އަޅާނެ
ކަމެއް ފަސްކުރައްވާނީ ހެޔޮގޮތެއް އޮތަތީ: މެންކް
މުފްތީ މެންކުގެ ދަރުހެއް މި މަހު 31ގައި ހުޅުމާލޭގައި
މުފްތީ މެންކް އަނެއްކާވެސް ރާއްޖެ ވަޑައިގަންނަވަނީ
އުސޫލު ބަދަލުކޮށް، އުމްރާ އަށް ގެންދަން ހުޅުވާލަނީ
ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ގާނޫނެއް ހަދަނީ
ހައްޖު މައްސަލަ ހައްލު ނުވުމުން ޝަރީއަތް ހިންގަނީ
އުމްރާއަށް ގެންދިއުމުގެ ހުއްދަ 16 ކުންފުންޏަކަށް
70 ޕަސެންޓް ރޯދަ ނުހިފާ ކަމަށް ބުނި މައްސަލަ ބަލަނީ