Roadha Mihaaru

މުފްތީ މެންކް އަނެއްކާވެސް ރާއްޖެ ވަޑައިގަންނަވަނީ

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ މެންކް (މުފްތީ މެންކް) ދަރުސް ދެއްވުމަށް އަނެއްކާ ވެސް ރާއްޖެ ވަޑައިގަތުމަށް ހަމަޖައްސައިފި އެވެ.

މުފްތީ މެންކް އަނެއްކާވެސް ރާއްޖެ ވަޑައިގަންނަވަނީ
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

04 ޖެނުއަރީ 2020

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ މެންކް (މުފްތީ މެންކް) ދަރުސް ދެއްވުމަށް އަނެއްކާ ވެސް ރާއްޖެ ވަޑައިގަތުމަށް ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މެންކް ރާއްޖެ ވަޑައިގަންނަވަނީ މިމަހު 14 އިން 18 އަށެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި ދަތުރުގައި މާލޭގެ އިތުރުން އައްޑު އާއި ކުޅުދުއްފުށީގައި ވެސް ދަރުސް ދެއްވާނެ ކަމަށެވެ. އައްޑޫގައި ދަރުސް ދޭން ރާވާފައި ވަނީ މި މަހުގެ 15 ގަ އެވެ. ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ދުވަހެވެ.

ދަރުސް ދެއްވާ މައުޟޫތައް އަދި ނުނިންމާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މެންކް ވަނީ މީގެ ކުރިންވެސް ރާއްޖެ ވަޑައިގެން ދަރުސް ދެއްވައިފަ އެވެ.