Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ގުރުއާން މުބާރާތުން ވަނަހޯދި އަޝްރަގަށް ސްކޮލަޝިޕެއް

ގުރުއާން މުބާރާތުން 3 ވަނަ ހޯދިި އަޝްރަގަށް އައިޔޫއެމް އިން ސްކޮލަޝިޕެއް

30 މެއި 2018

ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީ ފުރަތަމަ ގުރުއާން މުބާރާތުން ތިން ވަނަ ހޯދި އަޝްރަގް ނާޒިރަށް، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އިއްޔެ ސްކޮލަޝިޕެއް ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީ ފުރަތަމަ ގުރުއާން މުބާރާތުން ތިން ވަނަ ހޯދި އަޝްރަގް ނާޒިރަށް، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އިއްޔެ ސްކޮލަޝިޕެއް ދީފި އެވެ.

އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ގުރުއާނާ ބެހޭ މަަރުކަޒާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން "ނޫރުލް މުބީން"ގެ ނަމުގައި މި މަހު ބޭއްވި ގުރުއާން މުބާރާތުން އަޝްރަގު ތިން ވަނަ ހޯދީ އަށް ގައުމެއްގެ ބައިވެރިންނާ ވާދަކޮށްގެންނެވެ. އޭގެ އިނާމެއްގެ ގޮތުން ސަރުކާރުން 5000 ޑޮލަރު (77،100ރ.) ދިނެވެ.

އޭނާ އަކީ މިހާރު ވެސް އައިޔޫއެމްގައި ގުރުއާން ޓީޗިންގެ ދާއިރާ އިން ޑިގްރީ އަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ. އެ ކޯހުގެ ދެ ވަނަ ސެމިސްޓާގައި ކިޔަވަމުން އަންނަ އަޝްރާގަށް ދިން ސްކޮލަޝިޕަކީ، އޭނާ މިހާރު ކިޔަވަމުން އަންނަ ކޯހުގެ ފީ ހިލޭ ކޮށްދިނުމެވެ.

އައިޔޫއެމްގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެ ޔުނިވާސިޓީގެ ދަރިވަރަކު، ބައިނަލްއަގުވާމީ ފެންވަރުގައި ބޭއްވި މުބާރާތެއްގައި ރާއްޖެ ތަމްސީލުކޮށް އެފަދަ ބޮޑު ކާމިޔާބީއެއް ހޯދުމަކީ ވަރަށް ފަހުރުވެރި ކަމެއް ކަމަށެވެ. އަދި ގުރުއާން ކިޔެވުމުގެ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް އިތުރު ތަމްރީނުތައް ދިނުމަށް ބޭރުގެ ޔުނިވާސިޓީތަކާ އެކު މަސައްކަތް ކުރަމުން އަންނަކަން ޝަހީމް ފާހަގަކުރެއްވި އެވެ.

ދިގު ރާގަށް ކިޔަވަމުން އަންނަ އަޝްރަގު ވަނީ ގައުމީ ގުރުއާން މުބާރާތުގައި ވެސް ބައިވެރިވެ ރަނގަޅު ވަނަތަކެއް ހޯދައިފަ އެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ގުރުއާން ހިތުދަސްކުރުމަށެވެ.