Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ގުރުއާން މުބާރާތްތައް ނުބާއްވާތީ ޝަހީމްގެ ކަންބޮޑުވުން

ގުރުއާން މުބާރާތްތަކާއި ހާފިޒުން އުފެއްދުމުގެ މަސައްކަތް ނުކުރާތީ ޝަހީމްގެ ކަންބޮޑުވުންތައް ސަރުކާރަށް

16 އޯގަސްޓް 2019

ކޮންމެ އަހަރަކު ބާއްވަމުން އައި ގުރުއާން މުބާރާތްތަކާއި ހާފިޒުން އުފެއްދުމުގެ މަސައްކަތްތައް މި ސަރުކާރު އައި ފަހުން މަޑުޖެހިފައިވާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮންމެ އަހަރަކު ބާއްވަމުން އައި ގުރުއާން މުބާރާތްތަކާއި ހާފިޒުން އުފެއްދުމުގެ މަސައްކަތްތައް މި ސަރުކާރު އައި ފަހުން މަޑުޖެހިފައިވާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޝަހީމް، އޭނާގެ ފޭސްބުކްގައި ވިދާޅުވީ، ގުރުއާނުގެ އިލްމު ފެތުރުމަކީ ޒަމާނުއްސުރެން ފެށިގެން ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭގައި ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އައި ކަމެއް ކަމަށެވެ. އަދި، އެކަމުގައި ރާއްޖެ އިން ގިނަ ކުރިއެރުންތަކެއް ވެސް ހާސިލްކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިއަހަރުގެ މިހާތަނަށް ވެސް އެފަދަ އެއްވެސް މުބާރާތެއް ނުވަތަ ހަރަކާތެއް ބާއްވާފައި ނެތުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށް ޝަހީމް ލިޔުއްވާފައި ވެ އެވެ.

އެގޮތުން، 30 އަހަރު ވަންދެން ބާއްވަމުން އައި ގައުމީ ގުރުއާން މުބާރާތާއި ބައިނަލްއަގްވާމީ ގުރުއާން މުބާރާތުގެ އިތުރުން ސްކޫލްތަކުގެ މެދުގައި ބާއްވަމުން އައި ގުރުއާން މުބާރާތް މި އަހަރުގެ މިހާތަނަށް ވެސް ނުބާއްވާ ކަން ޝަހީމް ހިތާމައާ އެކު ފާހަގަ ކުރެއްވި އެވެ. އަދި ކުރިއަށް އޮތީ ސްކޫލްތަކުގެ ބޮޑު އިމްތިހާންގެ ދުވަސްވަރު ކަމަށް ވުމުން އެފަދަ ދުވަސްވަރެއްގައި މުބާރާތްތައް ކުރިއަށް ގެންދަން ދަތިވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ވެރިއަކު ނެތި އަހަރެއް ވެސް ވާން ވަނީ ކައިރި ވެފަ އެވެ. އަދި ހާފިޒުން އުފެއްދުމުގެ މަސައްކަތްތައް ވެސް މަޑު ޖެހިފައިވާ ކަމަށާއި އެކަމާ މެދު ހިތާމަ ކުރައްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ކުޅިވަރާއި މިއުޒިކްގެ ހަރަކާތްތަކަށް އިސްކަން ދީ، ގައުމީ ފެންވަރުގައި އެކަންކަން ޕްރޮމޯޓް ކުރަމުންދާއިރު އިސްލާމްދީނުގެ ޝިއާރުތައް ފަނޑުވެގެންދާތީ ހިތާމަ ކުރައްވާ ކަމަށް ވެސް ޝަހީމް ލިޔުއްވާފައިވެ އެވެ.

"މިކަންކަމުގެ ކުރިމަތީގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ހަމަ ހިމޭންކަން އިހްތިޔާރު ކުރަނީ ހެއްޔެވެ؟" ޝަހީމް ސުވާލު އުފައްދާފައިވެ އެވެ.

ޝަހީމް ވިދާޅުވީ، އެކަމަށް ސަރުކާރުން އަވަސް ފިޔަވަޅުތައް އަޅަން ޖެހެ އެވެ. އަދި އިސްލާމީ އިލްމު ބަލިކަށިވެއްޖެ ނަމަ، އޭގެ ސަބަބުން އިސްލާމީ ޝަހްސިއްޔަތަށް އުނިކަން އަތުވެދާނެ ކަމަށާއި އެއީ މުޅި ގައުމު އެކަމަށް އިސްކަން ދޭންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ލިޔުއްވާފައިވެ އެވެ. އެހެންވެ، ބައިނަލްއަގްވާމީ އަދި ގައުމީ މުބާރާތްތައް ކުރިއަށް ގެންދިއުމަށާއި ހާފިޒުން އުފެއްދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ގޮވާލާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މި ކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އަރިހުން އެދެމެވެ." ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމާއި ވައިސް ޗާންސެލަރުކަން ވެސް ކުރެއްވި ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ލިޔުއްވާފައިވާ ގޮތުގައި އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު 500 ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދެވުނެވެ. އެ ޕްރޮގްރާމުން ހާފިޒުކަން ހާސިލްކުރި ކުދިން ރާއްޖޭގެ އެކި މިސްކިތްތަކުގައި އިމާމުވެ ނަމާދުކޮށް، ރާއްޖެއިން ބޭރުގައި ވެސް ރާއްޖެއަށް ރީތި ނަން ހޯދައިދިން ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

ކުރިއަށް އޮތް ތަނުގައި ރޭވުންތެރިކަމާ އެކު އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފި ނަމަ، ރޯދަ މަހަށް ރާއްޖެއިން ބޭރުން އިމާމުން ނުގެނެސް، ރާއްޖޭގެ ހާފިޒުން ބޭނުން ކުރެވޭނެ ކަމަށާއި ރީތި ގުރުއާން ކިޔަވާ ކުދިން ރާއްޖޭ އެބަ ތިބި ކަމަށް ވެސް އޭނާ ލިޔުއްވާފައިވެ އެވެ.