ދިގު ފެތުމުގެ 13 ވަނަ ގައުމީ މުބާރާތް ޝައުގުވެރި ބަދަލުތަކަކާ އެކު ކ. ދިއްފުށީގައި އަންނަ ޖުލައި 20 ވަނަ ދުވަހު ބާއްވަން ސްވިމިން އެސޯސިއޭޝަނުން ތައްޔާރުވެއްޖެ އެވެ.
30 މެއި 2018
ދިގު ފެތުމުގެ 13 ވަނަ ގައުމީ މުބާރާތް ޝައުގުވެރި ބަދަލުތަކަކާ އެކު ކ. ދިއްފުށީގައި އަންނަ ޖުލައި 20 ވަނަ ދުވަހު ބާއްވަން ސްވިމިން އެސޯސިއޭޝަނުން ތައްޔާރުވެއްޖެ އެވެ.
މުބާރާތް ރާވައި އިންތިޒާމްކުރުމުގައި ސްވިމިން އެސޯސިއޭޝަނާ އެކު އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ މާލޭ ފިޓްނަސް ކްލަބެވެ. މިއީ ރާއްޖޭގައި ދިގު ރާސްތާ ފެތުން ޕްރޮމޯޓްކުރުމަށް ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރާ މަސައްކަތެކެވެ.
މި ފަހަރުގެ އެންމެ ހާއްސަ ބަދަލަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ޖޫނިއާ ޗެމްޕިއަނެއް ހޮވުމެވެ. އެގޮތުން އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ބާއްވާ ތިން ކިލޯމީޓަރު ފެތުމުގެ ޗެމްޕިއަން ވެގެންދާނީ، ރާއްޖޭގެ ޖޫނިއާ ނެޝަނަލް އޯޕަން ވޯޓާ ޗެމްޕިއަނަށެވެ. މިއީ ރާއްޖޭގައި އެއްވެސް ކުޅިވަރެއްގައި ޖޫނިއާ ގައުމީ ޗެމްޕިއަނެއް ހޮވާ ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ރަސްމީ އިވެންޓަކީ 14 އަހަރުން މައްޗަށް ހުޅުވާލާ ފަސް ކިލޯމީޓަރު ފެތުމުގެ އިވެންޓެވެ. މި ބައިގެ ޗެމްޕިއަން ވެގެންދާނީ ނެޝަނަލް އޯޕަން ވޯޓާ ޗެމްޕިއަނަށެވެ. ސްވިމިން އެސޯސިއޭޝަނުން ބުނީ ބިދޭސީންނަށް ވެސް މި އިވެންޓުގައި ބައިވެރިވެވޭނެ ކަމަށާއި އެކަމަކު ނެޝަނަލް ޗެމްޕިއަން ޓައިޓްލް އަށް އެ ފަރާތްތަކަށް ވާދަނުކުރެވޭނެ ކަމަށެވެ.
"ބޭރުގެ ފެތުންތެރިންނަށް ހުޅުވާލުމުން، ވާދަވެރިކަން އިތުރުވެ ދިވެހި ފެތުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ. އެކަމަކު ވަނަ ހޮވުމުގައި ބޭރު ފެތުންތެރިން އިސްތިސްނާވާނެ،" ސްވިމިން އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާރިފް ވިދާޅުވި އެވެ.
މުބާރާތުގައި ދެން އޮތީ 10 އަހަރުން މައްޗަށް ހުޅުވާލާފައިވާ އެއް ކިލޯމީޓަރު ފެތުމުގެ "ސްވިމް ޗެލެންޖާ"އި 10 އަހަރުން ދަށަށް ހާއްސަކޮށްގެން ބާއްވާ 500 މީޓަރުގެ "ކިޑްސް ސްވިމް ޗެލެންޖް" އެވެ.
މުބާރާތުގެ ނެޝަނަލް އިވެންޓުގެ ފިރިހެނުންގެ ރޭސް ހެނދުނު 6 ޖަހާއިރު ފަށާއިރު އަންހެނުންގެ އިވެންޓް ފަށާނީ 6:20 ގަ އެވެ. ޖޫނިއާ ފިރިހެން ކުދިންގެ އިވެންޓް 7 ޖަހާއިރު އަދި އަންހެން ކުދިންގެ ރޭސް 7:20 ގައި ފަށާނެ އެވެ. އެއަށް ފަހު ސްވިމިން ޗެލެންޖުގެ އިވެންޓްތައް 8 ޖަހާއިރު އަދި 8:20 ގައި ފެށުމަށް ފަހު ރޭސް ހުއްޓާލާނީ 9:20 ގަ އެވެ. މެންދުރުފަހު އޮންނާނީ ކުޑަކުދިންގެ އިވެންޓެވެ. އެ އިވެންޓުގެ ރޭސް 4 ޖަހާއިރު ފަށާއިރު މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ 5 ޖަހާއިރު އެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޖޫން މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ. މުބާރާތުގެ ގަވާއިދާއި ބައިވެރިވުމުގެ ފޯމް ޑައުންލޯޑްކުރެވެން ހުންނައިރު ފޯމް ހުށަހަޅަން ޖެހޭނީ އެސޯސިއޭޝަނުގެ އިދާރާ އަށެވެ.
މުބާރާތުގެ އިނާމް ފައިސާގެ އަދަދުތަކާއި އެހެނިހެން ތަފްސީލްތައް އެސޯސިއޭޝަނުން ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުންގެންދާނެ އެވެ.
13th National Open Water Swimming Competition 2018
Visit the post for more.
Open Water Swimming
ފޯމް ޑައުންލޯޑްކުރެއްވުމަށް.
ދިގު ފެތުމުގެ ޗެމްޕިއަންކަން ރިހާން އާއި އަޔާނާ އަށް
ފަތާ ޓްރެކުން ޕޫލަށް، ދެން ދިގު ފެތުމުގައި އެއްވަނަ
ދިގު ފެތުމުގެ ގައުމީ ޗެމްޕިއަންކަން ހަމްނާ އާއި ރިހާން
ގައުމީ ދިގު ފެތުމުގެ މުބާރާތުގައި 200 ފެތުންތެރިން
ގައުމީ ދިގު ފެތުމުގެ މުބާރާތް ކުޑަގިރީގައި
ދިގުފެތުމުގެ ގައުމީ ޗެމްޕިއަން ސާޖިނާ އާއި އިއްމާން!
ދިރާގު"މާލެ އޯޕަން"ފެތުމުގެ މުބާރާތަށް ބޮޑު ތަރުހީބެއް
ހަމްނާ ނުވަ އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފި
"ދިރާގު މާލެ އޯޕަން" ސުވިމިން މުބާރާތުގެ ފުރުސަތު
ވޯލްޑް ޗެމްޕިއަންޝިޕްގައި ހަމްނާ އަށް ހާއްސަ ރެކޯޑެއް