ކައްކަން ބޭނުން ކުރާ ގޭހުގެ ސްޓޮކް ވަރަށް ބޮޑަށް ދަށްވެ، ގޭސް ވިއްކުން ކޮންޓްރޯލް ކުރުމުން ބައެއް ރަށްރަށުން އެއްކޮށް ގޭސް ހުސްވެއްޖެ އެވެ.
30 މެއި 2018
ކައްކަން ބޭނުން ކުރާ ގޭހުގެ ސްޓޮކް ވަރަށް ބޮޑަށް ދަށްވެ، ގޭސް ވިއްކުން ކޮންޓްރޯލް ކުރުމުން ބައެއް ރަށްރަށުން އެއްކޮށް ގޭސް ހުސްވެއްޖެ އެވެ.
ރާއްޖޭގަައި ކައްކާ ގޭހުގެ ވިޔަފާރި ކުރާ ދެ ކުންފުނި ކަމަށްވާ މޯލްޑިވް ގޭހާއި ވިލާ ހަކަތައިގެ ސްޓޮކް ވެސް ވަނީ ވަރަށް ބޮޑަށް ދަށް ވެފައިވާ ކަމަށް އެނގިފައި ވެ އެވެ.
އެ ދެ ކުންފުންޏަށް ވެސް ބޭރުން ގޭސް ގެންނަނީ އެއް ބޯޓަކުން ކަމަށާއި ސްޓޮކް ދަށްވީ އެ ބޯޓު ރާއްޖެ އައުން ޑިލޭވުމުން ކަމަށް އެ ކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިނެވެ. އޭނާ ބުނިގޮތުގައި، މިހާރު ހަމަޖެހިފައި އޮތް ގޮތުން، ރާއްޖެ އަށް ބޯޓު އަންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ގޭހުގެ ދަތިކަން އޭގެ ކުރިން ހައްލު ނުވާނެ ކަމަށް ވެ އެވެ.
ގޭސް ވިއްކާ އެއްވެސް ކުންފުންޏެއްގެ ރަސްމީ ބަހެއް މި މައްސަލާގައި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ގޭސް ވިއްކުން ކޮންޓްރޯލް ކުރުމުން، ރަށްރަށަށް ގޭސް ފޮނުވުން ވެސް ވަނީ ގާތްގަނޑަކަށް އެއްކޮށް ހުއްޓުމަކަށް އައިސްފަ އެވެ.
ތިލަފުށީގައި ހުންނަ ވިލާ ގޭސް ޕްލާންޓް.
”އަޅުގަނޑުމެން މާލެ އައީ 100 އަށް ވުރެ ގިނަ ހުސް ފުޅި ހިފައިގެން. ތިލަފުއްޓަށް އެ ފުޅިތައް ގެންގޮސް ގޭސް ނުލިބިގެން އަނެއްކާ އެ ފުޅިތައް އަނބުރާ ގެނައީމާ ހުސް ފުޅިތައް ހިފައިގެން އަންނަން މި ޖެހުނީ،“ ބ. ކެންދޫ ފްލާވާ ބޯޓުގެ ވެރިޔާ އަދި ކައްޕި ފަތުހުﷲ އަލީ ކިޔައިދިނެވެ.
ކެންދޫ ކައުންސިލް މެމްބަރު އިބްރާހިމް އަބްދުއްރަހުމާން ވިދާޅުވީ، އެ ރަށް ގޭހަށް ޖެހިފައިވާ ކަމަށާއި މިއަދު ބައެއް ގެތަކުގައި ދަރުން ކައްކަން ފަށާފައިވާ ކަމަށެވެ.
ބ. ކުޑަރިކިލު ކައުންސިލްގެ ނައިބު ރައީސް އަލީ މުސްތަފާ ވިދާޅުވީ، އެ ރަށުން ވެސް ގޭސް ހުސްވެފައިވާ ކަމަށެވެ. އަދި ކައިރި ރަށްރަށުން ގޭސް ލިބޭތޯ ބެލި ކަމަށާއި އެ ރަށްރަށުން ވެސް ގޭސް ހުސްވެފައިވާ ކަމަށެވެ.
މޯލްޑިވްސް ގޭހުގެ ދަރަވަންދޫ އެޖެންޓް އަބްދުލް ހަންނާން ޔޫސުފް ބުނީިގޮތުގައި، ގޭސް ނުލިބޭތާ ދެ ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ. އެހެންކަމުން، މިހާރު އެ ރަށުން ވެސް އެއްކޮށް ގޭސް ހުސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.
”މާލެ އަށް ހަމަ ގުޅާލާއިރަށް ބުނަނީ [ގޭސް] އެބަ ލިބެއޭ. އެކަމަކު، އަޅުގަނޑުމެންނަށް [ރަށްރަށުގެ މީހުންނަށް] ވީމަ ނުވިއްކާ. މިއީ ވަރަށް ދެރަ ކަމެއް،“ ޔޫސުފްގެ ހިތްހަމަނުޖެހުންތައް ބަންޑުން ކޮށްލަމުން ބުންޏެވެ.
ބ. އަތޮޅުގެ އިތުރުން އެހެން ގިނަ ރަށްރަށަށް ވެސް ވަނީ ގޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ.
3ރަށެއްގެ ރަށްގިރުން ހައްލުކުރަން 72 މިލިއަން ރުފިޔާ
ހިޔާ ފްލެޓުތަކަށް ގޭސް ހޮޅި އަޅަން ހަވާލުކޮށްފި
މަހެއްހާ ދުވަސް ފަހުން ތިން ރަށެއް ހުޅުވާލައިފި
އަލަށް ރަޖިސްޓްރީވުމުން މޯލްޑިވް ގޭސްއިން ލުއިފުޅި ހިލޭ
ވިލާ ގޭސްގެ ކޮމްޕޮސިޓް ފުޅީގެ ހާއްސަ ޕްރޮމޯޝަނެއް
މޯލްޑިވް ގޭހުން ވެސް ހިދުމަތްދޭ ވަގުތު އިތުރުކޮށްފި
އެސްއެމްއެސް ކޮށްލުމުން މޯލްޑިވް ގޭސް ގެޔަށް
މޯލްޑިވް ގޭހުގެ ވެހިކަލްތައް ޑިސްއިންފެކްޓް ކުރަނީ
ތާރީޚީ ދިގު ފެތުން ނިންމަން ހިފައިފި
ދުވަސްވީ މަސައްކަތްތެރިންނަށް ޕެންޝަން ދޭނަން: އިބޫ