31 މެއި 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފޯނު ދޭން އިންކާރު ކުރެއްވި މައްސަލަ މައުމޫންގެ ވަކީލުން ރޭ ދޫކޮށްލާފައި ވަނިކޮށް، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ހުރިހާ ދިފާއީ ވަކީލުން ވެސް އެ މައްސަލަ ދޫކޮށްލައި، ޝަރީއަތުން މިރޭ ނިކުމެވަޑައިގެންފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފޯނު ދޭން އިންކާރު ކުރެއްވި މައްސަލަ މައުމޫންގެ ވަކީލުން ރޭ ދޫކޮށްލާފައި ވަނިކޮށް، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ހުރިހާ ދިފާއީ ވަކީލުން ވެސް އެ މައްސަލަ ދޫކޮށްލައި، ޝަރީއަތުން މިރޭ ނިކުމެވަޑައިގެންފި އެވެ.
މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް، އެ ބޭފުޅުން ފޯނު ދޭން ފުލުހުން އެންގުމުން އެ ކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެ ބޭފުޅުންގެ މައްޗަށް ކުރާ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުން މައުމޫންގެ ވަކީލުން ރޭ ބޮއިކޮޓް ކުރީ ޝަރީއަތް ކުރިއަށް ގެންދާ ގޮތާ މެދު ހިތްހަމަނުޖެހިގެންނެވެ.
އެ މައްސަލައިގައި، މިރޭ ބޭއްވި އަޑުއެހުމުގެ ވަކި ހިސާބަކުން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ހުރިހާ ދިފާއީ ވަކީލުން ވެސް ޝަރީއަތް ބޮއިކޮޓް ކޮށް، ކޯޓުން ނުކުމެވަޑައިގަތީ ޝަރީއަތް ހިންގަމުން ގެންދާ ގޮތާ މެދު ހިތްހަމަނުޖެހިގެންނެވެ. މައުމޫންގެ ވަކީލުން ރޭ ޝަރީއަތް ބޮއިކޮޓް ކޮށްފައި ވާތީ މިރޭގެ އަޑުއެހުން ފެށިއިރު ވެސް އެމަނިކުފާނުގެ ވަކީލެއް ނެތެވެ.
މިރޭގެ އަޑުއެހުން ފެށުމާ އެކު ދެ ފަނޑިޔާރުންގެ ދިފާއީ ވަކީލުން ވަނީ އެ ޝަރީއަތް އަވަހަށް ކުރިއަށް ގެންދާތީ އެ މައްސަލަ އަށް ތައްޔާރުވާން ވަގުތު ލިބިވަޑައިނުގަންނަވާ ކަމުގެ ޝަކުވާ ކުރައްވައިފަ އެވެ. އެ ޝަކުވާ މައުމޫން ވެސް ކުރެއްވި އެވެ. އެކަމަކު ގާޒީ ހަސަން ނަޖީބް ނިންމެވީ އަޑުއެހުން ކުރިއަށް ގެންދެވުމަށެވެ.
އެގޮތަށް ގާޒީ ނިންމަވައި، ދައުލަތުން ހުށަހެޅި ސިއްރު ހެކިންގެ ހެކިބަސް ނަގަން ފެށުމާ އެކު، އުއްތަމަ ފަނޑިޔާރުގެ ވަކީލް ހިސާން ހުސައިން ތެދުވެ ވަޑަައިގެން، އެ ޝަރީއަތް ކުރިއަށް ގެންދާ ގޮތުން އެ މައްސަލާގައި ދިފާއީ ވަކީލުން އިތުރަށް މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، ދިފާއި ވަކީލުން މައްސަލަ ދޫކޮށްލަން އުއްތަމަ ފަނޑިޔާރު ބޭނުންފުޅުވާ ކަމަށް ގާޒީ ނަޖީބަށް ދެންނެވި އެވެ. އެހެންވެ، އުއްތަމަ ފަނޑިޔާރުގެ ހުރިހާ ދިފާއީ ވަކީލުން އެ މައްސަލާގައި ވަކާލާތު ކުރުން ހުއްޓާލައި، މައްސަލަ ދޫކޮށްލަން ބޭނުންވާ ކަމަށް ހިސާން ވިދާޅުވި އެވެ.
އެގޮތަށް، ހިސާން ވިދާޅުވުމުން ފަނޑިޔާރު އަލީ ހަމީދުގެ ވަކީލުން ވެސް ވަނީ އެ މައްސަލަ ދޫކޮށްލަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތަށް، ވަކީލުން ވިދާޅުވުމުން ގާޒީ ނަޖީބް ވަނީ ކޮންމެ ވަކީލަކު ވެސް އެ މައްސަލަ ދޫކޮށްލަން ބޭނުންވާ ސަބަބު ޝަރީއަތުގައި ހާމަ ކުރަން ވަކިވަކިން ފުރުސަތު ދެއްވައިފަ އެވެ.
ހުރިހާ ވަކީލުން ވެސް ވިދާޅުވީ އެ ޝަރީއަތް ހިންގަމުން ގެންދާ ގޮތުން ދައުވާ ލިބޭ ބޭފުޅުންގެ ހައްގުތައް ހިމާޔަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެހެންވެ، ކޮންމެހެން ދިފާއީ ވަކީލުން އެ މައްސަލާގައި ތިބުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ވަކީލުން މައްސަލަ ދޫކޮށްލާ ސަބަބު ހާމަ ކުރުމަށް ފަހު، ހުރިހާ ދިފާއި ވަކީލުން ވެސް ގާޒީ ނަޖީބުގެ ހުއްދައާ އެކު ޝަރީއަތުގެ މަޖިލީހުން ނުކުތީ އެވެ.
ގާޒީ ނަޖީބް ވިދާޅުވީ، މައްސަލަ ދޫކޮށްލި އެއްވެސް ވަކީލަކު އެ މައްސަލާގައި ދެން ބަލައިނުގަނެވޭނެ ކަމަށެވެ. އެގޮތަށް ވިދާޅުވެ، މިރޭގެ އަޑުއެހުން ގާޒީ ކުރިއަށް ގެންދެވި އެވެ. ވަކީލުން ނެތުމުން މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވެސް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަން ޖެހިވަޑައިގަތީ އަމިއްލަފުޅަށެވެ.
މައުމޫންގެ ވަކީލުން ރޭ މައްސަލަ ދޫކޮށްލާފައިވާތީ، އިތުރު ވަކީލަކު އައްޔަން ކުރަން މައުމޫނަށް ރޭގެ އަޑުއެހުމުގައި ފުރުސަތު ދެއްވާފައި އޮތަސް، މިރޭގެ އަޑުއެހުމަށް އެމަނިކުފާނު ވަޑައިގަތްއިރު ވެސް ވަކީލެއް ނެތެވެ.
މިރޭގެ އަޑުއެހުން ފެށުމާ އެކު، ތެދުވެވަޑައިގެން، މައުމޫން ވިދާޅުވީ ވަކީލަކު ހަމަޖައްސަން މިއަދު ވެސް އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވި ކަމަށާއި އެކަމަކު ވަކީލަކު ހަމަނުޖެހުނު ކަމަށެވެ. އަދި އެކަމަށް މަދުވެގެން ފަސް ވަރަކަށް ދުވަސް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، އަޑުއެހުން ފަސްކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
ޖަވާބުގައި ގާޒީ ނަޖީބް ވިދާޅުވީ، ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު މައުމޫނަށް އަދިވެސް އެބައޮތް ކަމަށެވެ. އެކަމަކު ޝަރީއަތް ފަސްކޮށްދެވެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.
މައުމޫންގެ ވަކީލަކު ނެތުމުން ޝަރީއަތް ފަސްކޮށްދޭން މައުމޫން އެދިވަޑައިގަންނަވާތީ، ދައުލަތުން ވެސް އެކަމަށް ދެކޮޅެއް ނަހަދަ އެވެ. ދައުލަތުން ބުނީ މިރޭ އޮތީ ހެކިބަސް ނެގުން ކަމަށް ވާއިރު މައުމޫންގެ ވަކީލަކު ހަމަޖެއްސުމަށް އަޑުއެހުން ފަސްކުރަން ދައުލަތުން ދެކޮޅު ނުހަދާ ކަމަށެވެ. އަދި ގާޒީ ބޭނުން ނަމަ ހެކިބަސް ނެގުން އެހެން ދުވަހަށް ބަދަލު ކުރަން ދެކޮޅު ނުހަދާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެކަމަކު ގާޒީ ނިންމެވީ މިރޭ އަޑުއެހުން ކުރިއަށް ގެންދެވުމަށެވެ.
މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތް މާދަމާ ބާއްވަނީ
ދެ ފަނޑިޔާރުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ
"އިންސާނިއްޔަތަށްޓަކައި ނަމަވެސް ގެއަށް ބަދަލުކޮށްދީ"
އަބްދުﷲ ސައީދަށްޓަކައި ކޮއްކޮ އެކަނިމާއެކަނި!
މައުމޫންގެ ބަންދާ މެދު މިރޭ ގޮތެއް ނުނިންމި
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ
ދެފަނޑިޔާރުންނަށް އިއްވި ހުކުމް ރަނގަޅު:ސުޕްރީމް ކޯޓު
އެމްޑީޕީގެ ރިޔާސީ ކެމްޕޭން ލޯންޗުކުރުން ފަސްކޮށްފި
މައުމޫނާއި ދެ ފަނޑިޔާރުން ދޮޅު އަހަރަށް ޖަލަށް
ދެ ފަނޑިޔާރުންނަށް ކުރި ޖަލު ހުކުމް ސުޕްރީމް ކޯޓަށް