އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލާން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާ އެކު، އެ ދެ ބޭފުޅުން މިއަދުން ފެށިގެން މަގާމުން ވަކިވެ، އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ އެވެ.
20 ޖޫން 2018
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލާން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާ އެކު، އެ ދެ ބޭފުޅުން މިއަދުން ފެށިގެން މަގާމުން ވަކިވެ، އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ އެވެ.
ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެއް އަހަރާއި ދެ މަހަށް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓި މައްސަލަ އެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހެޅި އެވެ.
އެ ދެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ނިންމީ އެ މައްސަލައިގައި ވެސް ހައި ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ އަސާސެއް ނެތް ކަމަށާއި އެހެންވެ އެ މައްސަލައިގެ އިސްތިއުނާފް ސުޕްރީމް ކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ. ފަނޑިޔާރުންގެ ގާނޫނު މިހާރު އޮންނަ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވާ ކަމަށް ކުރާ ހުކުމް ނިހާއީ ހުކުމަކަށް ވެއްޖެ ނަމަ، އެ ބޭފުޅަކު އޮޓަމެޓިކުން މަގާމުން ވަކިވާނެ އެވެ.
އެހެންވެ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިވެ، ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވެފަ އެވެ. މިއީ ކުށެއް ސާބިތުވެގެން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިވި ފުރަތަމަ ފަހަރެވެ.
މިދިޔަ ފެބްރުއަރީ މަހު އެ ދެބޭފުޅުން ހައްޔަރުކުރި ފަހުން މިއަދާ ހަމައަށް ވެސް އެ ބޭފުޅުން ތިއްބެވީ ފަނޑިޔާރު ކަމުން ސަސްޕެންޑް ކޮށްފަ އެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް އިތުރު ޖަލު ހުކުމެއް ވެސް މި މަހު ކްރިމިނަލް ކޯޓުން އިއްވާފައިވާ އިރު، އެ ބޭފުޅުންނަށް ކުރާ އިތުރު ދައުވާތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތުގެ ދައުވާ ވެސް ހިމެނެ އެވެ.
ދެފަނޑިޔާރުންނަށް އިއްވި ހުކުމް ރަނގަޅު:ސުޕްރީމް ކޯޓު
ދެ ފަނޑިޔާރުންނަށް ކުރި ޖަލު ހުކުމް އިސްތިއުނާފަށް
މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތް މާދަމާ ބާއްވަނީ
އަލީ ހަމީދާއި ހަސަން ސައީދުގެ ހެކި ބަހެއް ނުނެގި!
ދެ ފަނޑިޔާރުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ
ދެ ފަނޑިޔާރުންގެ ޝަރީއަތް އާދީއްތަ ދުވަހު ބާއްވަނީ
ދެ ފަނޑިޔާރުންގެ ޝަރީއަތް ކޯޓުން ސިއްރުކޮށްފި
ދެ ފަނޑިޔާރުންނަށް ކުރާ ދައުވާއެއްގެ ޝަރީއަތް މާދަމާ
އަބްދުﷲ ސައީދާއި އަލީ ހަމީދަށް ކުރި ދައުވާއެއް ބާތިލް
މައުމޫންގެ ބަންދާ މެދު މިރޭ ގޮތެއް ނުނިންމި