Roadha Mihaaru
ސެރީނާ ވިލިއަމްސް ފެޝަން ލައިނެއް ލޯންޗްކޮށްފި

ސެރީނާ ވިލިއަމްސް ފެޝަން ލައިނެއް ލޯންޗްކޮށްފި

03 ޖޫން 2018

އަލަތު ދަރިފުޅު އޮލިމްޕިއާ އަށް ނުވަ މަސްވީ އިރު، މަޝްހޫރު ޓެނިސް ތަރި ސެރީނާ ވިލިއަމްސް މިހާރު ހުރީ އަލުން ޓެނިސް ކޯޓަށް ނުކުމެ އެވެ. އުމުރުން 36 އަހަރުގެ ޓެނިސް ޗެމްޕިއަން ވަނީ މަޔަކަށްވީ ފަހުން، އިހަކަށް ދުވަހު ފުރަތަމަ ގްރޭންޑް ސްލޭމް ވެސް ކާމިޔާބުކޮށްފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަލަތު ދަރިފުޅު އޮލިމްޕިއާ އަށް ނުވަ މަސްވީ އިރު، މަޝްހޫރު ޓެނިސް ތަރި ސެރީނާ ވިލިއަމްސް މިހާރު ހުރީ އަލުން ޓެނިސް ކޯޓަށް ނުކުމެ އެވެ. އުމުރުން 36 އަހަރުގެ ޓެނިސް ޗެމްޕިއަން ވަނީ މަޔަކަށްވީ ފަހުން، އިހަކަށް ދުވަހު ފުރަތަމަ ގްރޭންޑް ސްލޭމް ވެސް ކާމިޔާބުކޮށްފަ އެވެ.

އެކަމަކު ކުޅިވަރު ކޯޓާ ހިސާބުން ސެރީނާގެ މަސައްކަތެއް ނުހުއްޓެ އެވެ. އޭނާ މިހާރު ވަނީ "ސެރީނާ" ގެ ނަމުގައި އަމިއްލަ ފެޝަން ލައިނެއް ވެސް ލޯންޗްކޮށްފަ އެވެ. ސެރީނާ ބުނީ މިއީ ދަރިފުޅު އޮލިމްޕިއާގެ ފަރާތުން ލިބުނު އިންސްޕިރޭޝަނާ އެކު ކުރި ކަމެއް ކަމަށެވެ.

ސެރީނާގެ ޓްވީޓެއް.

"ސެރީނާ" ގެ ލޭބަލްގެ ދަށުން ޓެނިހަށާއި އަދި އާންމުކޮށް ވެސް ބޭނުން ކުރެވޭނެ ކަލެކްޝަންތަކެއް ލިބޭނެ އެވެ. އޭނާގެ މި އުފެއްދުނައް ސެރީނާވިލިއަމްސް.ކޮމް އިން މިހާރު ގަނެލެވޭނެ އެވެ.

ސެރީނާގެ ޓްވީޓެއް.

ޓެނިސް ކޯޓްގައި އުޅެމުން ފެޝަނާ ގުޅުން ހުރި ކަމެއްގެ ތެރެއަށް ސެރީނާ ވަދެލިޔަސް ހައިރާންވާކަށް އަސްލު ނުޖެހެ އެވެ. ޓެނިސް ކޯޓަށް ޕްރޮފެޝަނަލްކޮށް ނުކުތުމުގެ ކުރިން އޭނާ ވަނީ ފޯޓް ލައުޑަޑެލްގެ އާޓް އިންސްޓިޓިއުޓުން ފެޝަން ވެސް ކިޔަވައިފަ އެވެ.

ސެރީނާއަކީ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ނައިކީ އާއި ޕޫމާއާ އެކު ވެސް މަސައްކަތްތަކެއްކޮށްފައިވާ މީހެކެވެ.