Roadha Mihaaru
މައުމޫންގެ ހެކިންގެ ލިސްޓް އޮތްގޮތުން ބަލައެއްނުގަތް

މައުމޫންގެ ހެކިންގެ ލިސްޓް ޕްރިންޓް ކޮށްފައި އޮތްގޮތުން އެ ލިޔުންތައް ކޯޓުން އަނބުރާ ފޮނުވާލައިފި

04 ޖޫން 2018

ކުރީގެ ރައީސް މައުމޫންގެ އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ދިފާއީ ހެކީގެ ގޮތުގައި ހުށަހެޅި މީހުންނާއި ލިޔުންތަކުގެ ލިސްޓް ޕްރިންޓް ކޮށްފައި ހުރިގޮތުން އެ ލިޔުންތައް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫންގެ އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ދިފާއީ ހެކީގެ ގޮތުގައި ހުށަހެޅި މީހުންނާއި ލިޔުންތަކުގެ ލިސްޓް ޕްރިންޓް ކޮށްފައި ހުރިގޮތުން އެ ލިޔުންތައް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން މިރޭ ވިދާޅުވެއްޖެ އެވެ.

މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ ފަރާތުން ވަނީ ދިފާއީ ހެކިންގެ ގޮތުގައި 100 އަށް ވުރެ ގިނަ މީހުންނާއި 28 އަށް ވުރެ ގިނަ ލިޔުން މިއަދު ކޯޓަށް ހުށަހަޅައިފަ އެވެ. މައުމޫންގެ ވަކީލް މައުމޫން ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައިވަނީ ދިފާއީ ހެކިންނާއި ލިޔުންތަކުގެ ލިސްޓް ކޯޓުން އަނބުރާ ފޮނުވާލީ އެ ލިޔުން ޕްރިންޓް ކުރިއިރު، ބޯޑަރު ލައިންތައް ޕްރިންޓް ކުރެވިފައި ނެތުމުން ކަމަށެވެ.

ވަކީލް މައުމޫންގެ ޓްވީޓް

ދިފާއީ ހެކިތަކުގެ އިތުރުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި މައުމޫންގެ ފަރާތުން 29 ހުށަހެޅުމެއް ވެސް މިއަދު ހުށަހެޅި އެވެ. އެކަމަކު އެ ހުށަހެޅުންތައް ކޯޓުން އަނބުރާ ފޮނުުވާލާފައެއް ނުވެ އެވެ.

ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ މައުމޫންގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން މައުމޫންގެ ފޯނު ދޭން އިންކާރު ކުރެއްވި ކަމަށް ބުނެ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރެ އެވެ.