Roadha Mihaaru
މައުމޫންގެ ޝަރީއަތުގެ އަޑުއެހުން މާދަމާ އަށް ފަސްކޮށްފި

މައުމޫންގެ ޝަރީއަތުގެ އަޑުއެހުން މާދަމާ އަށް ފަސްކޮށްފި

23 ޖުލައި 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން މާދަމާ އަށް ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން މާދަމާ އަށް ފަސްކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ހައްޔަރުކުރި މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުނު ކަމަށް ބުނެ އެވެ.

މިއަދު މެންދުރު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލް ކޮށްފައިވާ އިރު، އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވާނެ ކަން ކޯޓުން އަންގާފައިވާ ކަން މައުމޫންގެ ވަކީލުން ކަށަވަރުކޮށް ދެއްވި އެވެ. އެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ މަރުހަލާ އެވެ.

މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރާއިރު ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި މައްސަލައިގައި މައުމޫންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އެ މައްސަލަ މިހާރު އޮތީ އިސްތިއުނާފް ކޮށްފަ އެވެ.