ރާއްޖެ ވާދަކުރާ، އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި އަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ވޯޓު ނެގުން އަންނަ ހުކުރު ދުވަހު އޮންނާނެ އެވެ.
06 ޖޫން 2018
ރާއްޖެ ވާދަކުރާ، އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި އަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ވޯޓު ނެގުން އަންނަ ހުކުރު ދުވަހު އޮންނާނެ އެވެ.
އދ.ގެ އެންމެ ބާރު ގަދަ ގުނަވަން ކަމަށްވާ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލައި ރާއްޖެ އިން ވަނީ ވަރަށް ވަރުގަދަ ކެމްޕޭނެއް ކޮށްފަ އެވެ. އަދި އެކި ގައުމުތަކުގެ ތާއީދު ރާއްޖެ އަށް ހޯދަން، ބައެއް ގައުމުތަކާ އެކު ވަނީ ސިޔާސީ ގުޅުން ވެސް ގާއިމްކޮށްފަ އެވެ.
ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ނަގާ މި ވޯޓުގައި، ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް އޭޝިއާ ސަރަހައްދުން ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑޮނީޝިއާ އެވެ.
ސިޔާސީ ކަންކަމުގައި ސަރުކާރު ތަމްސީލްކުރައްވާ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެފައިވާ ގޮތުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތަށް ބަލާ އިރު، ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ރާއްޖެ އަށް ލިބުމުގެ ފުރުސަތު ބޮޑެވެ. ވަރަށް ގިނަ ގައުމުތަކުގެ ތާއީދު ރާއްޖެ އަށް އެބައޮތް ކަމަށާއި ކުޑަ ގައުމެއްގެ ގޮތުގައި އޮވެ، އދ.ގެ ސަލާމަތީ މަޖިލީހުގައި ރާއްޖެ ތަމްސީލްވުމަކީ ކޮންމެ ދިވެއްސަކަށް ވެސް ލިބޭނެ ބޮޑު ފަޚުރެއް ކަމަށް ވިދާޅުވި އެވެ.
ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެ ވާދަކުރަނީ އަންނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އޮންނަ ދައުރަށެވެ. މިއީ އެ ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ރާއްޖެ ވާދަކުރާ ފުރަތަމަ ފަހަރެވެ.
އދ. ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ހޮވޭނީ އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުގައި މެމްބަރު ގައުމުތަކުގެ ތެރެއިން ތިން ބައިކުޅަ ދެބައި ގައުމުގެ ވޯޓު ލިބިގެންނެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ފަސް ގައުމެއް އޮންނައިރު ބާކީ ތިބޭ 10 މެމްބަރުންނަކީ ދެ އަހަރުން ދެ އަހަރުން ދައުރުވާ ވަގުތީ މެމްބަރުންނެވެ. ވަގުތީ މެމްބަރު ކަމަށް އިންތިހާބު ކުރަނީ އެކި ސަރަހައްދުތަކުންނެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސި ވިލާތް އަދި ފަރަންސޭސި ވިލާތެވެ.
ސަލާމަތީ މަޖިލީހުގެ އިންތިހާބު ހުކުރު ދުވަހު އޮންނަ އިރު، އެ އިންތިހާބުގައި ރާއްޖެއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އެންޓި ކެމްޕޭން ކުރި ކަމުގެ ތުހުމަތު ސަރުކާރުން ކުރި އެވެ. އެ ތުހުމަތުތައް ދޮގުކޮށް، އިދިކޮޅުން ބުނެފައި ވަނީ، އެ ކެމްޕޭނަށް ބާރުގަދަ ގައުމަކުން ރާއްޖެ އަށް ފައިސާ ދިން ކަމަށެވެ. އެއީ ރާއްޖެ އިން ހިންގި ނުރައްކާތެރި އަމަލެއް ކަމަށާއި އޭގެ ސަބަބުން އދ.ގައި ރާއްޖެ އިން ވޯޓުދޭން ޖެހޭނީ އެ ގައުމުން ބޭނުންވާ ގޮތަކަށް ކަމަށް އިދިކޮޅުން ބުނެ އެވެ. އެކަމަކު މި ތުހުމަތު ވެސް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.
ގޮނޑި ކާމިޔާބު ނުވުމުން ޝަހީދުގެ ޚިޔާލު ވަރަށް ތަފާތު
ރާއްޖެއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ވާދާކުރަނީ
ސަލާމަތީ މަޖިލިސް މައްސަލާގައި ޝާހިދުގެ ރައްދު ޝަހީދަށް
ގޮނޑި ނުލިބުނަސް، މައްސަލަތަކުގައި ވަކާލާތު ކުރާނަން
ރާއްޖެ ބަލިކޮށް ސަލާމަތީ މަޖިލީހަށް އިންޑޮނީޝިޔާ
ސަލާމަތީ މަޖިލީހުގެ ގޮނޑި ހޯދަން ރާއްޖެ ކެމްޕެއިންގައި
އދ.ގެ ވޯޓުން ރާއްޖެ ރެކުމުން އެނގެނީ ކޮން ކަމެއް؟
ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ތާއީދު ހޯދަނީ
"ސިޔާދަތު ދިފާއުކުރުމަށް މަސައްކަތްކުރެވެނީ އދ.ގައި"
އދ. އިސްލާހުކުރަން އިސްނަގަން ޒަމީރު ގޮވާލައްވައިފި