އދ. އެންމެ ބާރު ގަދަ އަދި އެންމެ ވާދަވެެރި ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަ ކުރަން ނިންމާފައިވާތީ އެކަމަށް ގައުމުތަކުގެ ތާއީދު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
07 ޖޫން 2017
އދ. އެންމެ ބާރު ގަދަ އަދި އެންމެ ވާދަވެެރި ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަ ކުރަން ނިންމާފައިވާތީ އެކަމަށް ގައުމުތަކުގެ ތާއީދު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ސެކިއުރިޓީ ކައުންސިލްގެ އިންތިޚާބުގައި ރާއްޖެ އިން ވާދަކުރަން ނިންމާފައިވަނީ 2019 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ހޮވާ މެމްބަރު ކަމަށެވެ. އެ އިންތިޚާބު އަންނަ އަހަރު ބާއްވާނެ އެވެ. މިއީ އެ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަކުރާ ފުރަތަމަ ފަހަރެވެ.
އެކަމަށް ތާއީދު ހޯދުމުގެ ގޮތުން ރާއްޖޭގެ ބައެއް ސަފީރުން މިހާރު ގެންދަވަނީ އެކި ގައުމުތަކުގެ ސަފީރުންނާ ބައްދަލު ކުރައްވަމުންނެވެ. އެގޮތުން ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވަނީ ޖަޕާނުގައި ހުންނަ އުރުގުއޭގެ ސަފީރާއި މަރުޓޭނިއާގެ ސަފީރާ ބައްދަލު ކުރައްވައި، އެ ދެ ގައުމުގެ ތާއީދު ރާއްޖެ އަށް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
އަދި ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހުމަދު ސަލީމް ވެސް ވަނީ އެ ގައުމުގައި ހުންނަވާ ތުރުކީގެ ސަފީރާއި އާޖެންޓީގެ ސަފީރު އަދި ބޮސްނިއާގެ ސަފީރާ ވެސް ބައްދަލު ކުރައްވައި، އެ ގައުމުތަކުގެ ތާއީދު ރާއްޖެ އަށް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. މީގެ އިތުރުން އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހުމަދު މުހައްމަދު ވަނީ އިންޑިއާގައި ހުންނަވާ މެކްސިކޯގެ ސަފީރާއި މިސްރު ސަފީރާއި ސޫދާން ސަފީރު އަދި ޒެމްބިއާ ސަފީރާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
އދ. ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ހޮވޭނީ އދ. ގެ ޖެނެރަލް އެސެމްބްލީގައި ނަގާ ވޯޓުގައި މެމްބަރު ގައުމުތަކުގެ ތެރެއިން ތިންބައި ކުޅަ ދެބައި ގައުމުގެ ވޯޓު ލިބިގެންނެވެ. އަންނަ އަހަރުގެ އިންތިޚާބުގައި އެ ކައުންސިލަށް އޭޝިއާ ރީޖަނުން ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑޮނީޝިއާ އެވެ.
ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެމްބަރުންގެ ގޮތުގައި ފަސް ގައުމެއް އޮންނައިރު ބާކީ ތިބޭ 10 މެމްބަރުންނަކީ ދެ އަހަރުގެ މުއްދަތަށް އިންތިޚާބު ކުރާ މެމްބަރުންނެވެ. ވަގުތީ މެމްބަރު ކަމަށް އިންތިޚާބު ކުރަނީ އެކި ސަރަހައްދުތަކުންނެވެ.
އެގޮތުން އޭޝިއާ ގައުމުތަކުންނާއި އެފްރިކާގެ ގައުމުތަކުންނާއި އާއި ލެޓިން އެމެރިކާ އަދި ކެރީބިއަންގެ ގައުމުތަކުންނާއި ޔޫރަޕާއި މެދު އިރުމަތީގެ ގައުމުން ވެސް އެ ކައުންސިލަށް މެމްބަރުން ހޮވާނެ އެވެ. އެ މަޖިލީހުގެ ރިޔާސަތު އާންމުކޮށް ބަލަހައްޓާނީ ވަގުތީ މެމްބަރުންނެވެ. ރިޔާސަތު ބަލަހައްޓާ މެމްބަރުން ދާނީ ކަނޑައެޅޭ ވަކި ތަރުތީބަކުން ކޮންމެ މަހަކު ބަދަލުވަމުންނެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސި ވިލާތް އަދި ފްރާންސް އެވެ.
ރާއްޖެއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ވާދާކުރަނީ
ސަލާމަތީ މަޖިލިސް މައްސަލާގައި ޝާހިދުގެ ރައްދު ޝަހީދަށް
ގޮނޑި ކާމިޔާބު ނުވުމުން ޝަހީދުގެ ޚިޔާލު ވަރަށް ތަފާތު
ރާއްޖެ ވާދަކުރާ ސަލާމަތީ މަޖިލީހުގެ ވޯޓު ހުކުރު ދުވަހު
ސަލާމަތީ މަޖިލީހުގެ ގޮނޑި ހޯދަން ރާއްޖެ ކެމްޕެއިންގައި
"ސިޔާދަތު ދިފާއުކުރުމަށް މަސައްކަތްކުރެވެނީ އދ.ގައި"
އދ. އިސްލާހުކުރަން އިސްނަގަން ޒަމީރު ގޮވާލައްވައިފި
ޝާހިދުގެ ފުރަތަމަ ކަމަކީ ވެކްސިންގެ ހަމަހަމަކަން ހޯދުން
ޝާހިދަކީ ގާބިލް، ތަޖުރިބާކާރު ޑިޕްލޮމޭޓެއް: ނަޝީދު
ތިލްމީޒާ، އދ. ގެ މަގާމާ ހަވާލުވެއްޖެ