އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ގޮނޑިއަކަށް ރާއްޖެ އިން ވާދަކުރުމަށް މިއަދު ނިންމައިފި އެވެ.
22 ނޮވެމްބަރ 2022
އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ގޮނޑިއަކަށް ރާއްޖެ އިން ވާދަކުރުމަށް މިއަދު ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އދ. ގެ މައި ދެ ގުނަވަން ކަމަށްވާ ސެކިއުރިޓީ ކައުންސިލާއި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެމްބަރު ގައުމަކަށް ވުމަށް، ރާއްޖެ އިން ކުރިމަތިލާން މިހާރު ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން އެ ކައުންސިލުތަކުގައި ރާއްޖެ ތަމްސީލު ކޮށްފައެއް ނުވެ އެވެ.
ރާއްޖެއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ކުރިމަތިލާން ނިންމާފައި ވަނީ 2033-2034 ގެ ޓާމަށެވެ. އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލަށް ކުރިމަތިލަނީ 2027-2028 ގެ ޓާމަށެވެ.
ރާއްޖެ އާއި ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އޮންނަ ގުޅުން ހަރުދަނާކޮށް، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރުކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކުރިއަރުވައި، ރީތި ނަން ހޯދުމަކީ ވެސް ވައުދެއް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި، އެ އިންތިހާބުތަކުގައި ވާދަކުރުމަށް ސަރުކާރުން ނިންމީ މި ވައުދުތަކަށް ބިނާކޮށް، ރާއްޖެ އަށް "އަލިގަދަ މުސްތަގުބަލެއް ހޯދުމުގެ މަގުސަދުގަ" އެވެ.
ބަޔާނުގައި ބުނީ އދ. ގެ ސެކިއުރިޓީ ކައުންސިލުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުން ކަމަށެވެ. އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބުންޏެވެ.
ރާއްޖެ އިން ވަނީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ވެސް ބަލަހައްޓައިފަ އެވެ. އަދި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ވެސް ރާއްޖެ ހޮވުނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ވެސް ރާއްޖެއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ވާދަކުރި އެވެ. އެކަމަކު އެ ފަހަރު ރާއްޖެއަށް ނާކާމިޔާބުވީ އެވެ.
ސަލާމަތީ މަޖިލީހުގެ ގޮނޑި ހޯދަން ރާއްޖެ ކެމްޕެއިންގައި
އދ. އިސްލާހުކުރަން އިސްނަގަން ޒަމީރު ގޮވާލައްވައިފި
ސަލާމަތީ މަޖިލިސް މައްސަލާގައި ޝާހިދުގެ ރައްދު ޝަހީދަށް
ގޮނޑި ކާމިޔާބު ނުވުމުން ޝަހީދުގެ ޚިޔާލު ވަރަށް ތަފާތު
ގޮނޑި ނުލިބުނަސް، މައްސަލަތަކުގައި ވަކާލާތު ކުރާނަން
ރާއްޖެ ވާދަކުރާ ސަލާމަތީ މަޖިލީހުގެ ވޯޓު ހުކުރު ދުވަހު
ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ތާއީދު ހޯދަނީ
އދ. މަޖިލީހަށް ފޮރިން މިނިސްޓަރު ފުރާވަޑައިގެންފި
ކަތި މަގަކުން ވިޔަސް، ހާރިޖީ ސިޔާތަށް ހަމަހަމަ ކަން!
"ސިޔާދަތު ދިފާއުކުރުމަށް މަސައްކަތްކުރެވެނީ އދ.ގައި"