Roadha Mihaaru
ޓްރަމްޕް-ކިމް ސަމިޓް: އަސްކަރީ ތަމްރީންތައް ހުއްޓާލަނީ

ޓްރަމްޕް-ކިމްގެ ސަމިޓް: އެމެރިކާ އިން އަސްކަރީ ތަމްރީންތައް ހުއްޓާލަނީ

12 ޖޫން 2018

ސެންތޯސާ (ޖޫން 12) - ސައުތު ކޮރެޔާއާ ގުޅިގެން އެމެރިކާ އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތައް އެމެރިކާ އިން ހުއްޓާލާނެ ކަމަށާއި އަދި ނޯތު ކޮރެޔާގެ ނިއުކްލިއަ ގާބިލްކަން ނައްތާލުމުގެ މަސައްކަތް އެ ގައުމުން ވެސް "ވަރަށް އަވަހަށް ކުރާނެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ސަމީރު އިބްރާހިމް ސަމީރު

ސެންތޯސާ (ޖޫން 12) - ސައުތު ކޮރެޔާއާ ގުޅިގެން އެމެރިކާ އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތައް އެމެރިކާ އިން ހުއްޓާލާނެ ކަމަށާއި އަދި ނޯތު ކޮރެޔާގެ ނިއުކްލިއަ ގާބިލްކަން ނައްތާލުމުގެ މަސައްކަތް އެ ގައުމުން ވެސް "ވަރަށް އަވަހަށް ކުރާނެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ.

ނޯތު ކޮރެޔާގެ ރައީސް ކިމް ޖޮން-އުން އާއި ޓްރަމްޕާ ދެމެދު ސިންގަޕޫރުގައި ބޭއްވި ތާރީހީ ސަމިޓަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވީ ސައުތު ކޮރެޔާ އާއި އެމެރިކާގެ އަސްކަރީ ތަމްރީންތަކަކީ ރުޅިއެރުވުމެއް ކަމަށެވެ.

އެކަމަކު ޓްރަމްޕް ވިދާޅުވި ގޮތުގައި ނޯތު ކޮރެޔާ އިން އިތުރު ކަންކަން ނިންމަންދެން، އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އުވައެއްނުލާނެ އެވެ.

ދެ ކޮރެޔާ އުފެދުނު ފަހުން ސައުތު ކޮރެޔާގެ ހިމާޔަތުގައި އެމެރިކާ އިން ގިނަ އަދަދެއްގެ ސިފައިން އެ ދެ ގައުމުގެ ސަރަހައްދީ ރޮނގުގައި ބައިތިއްބަ އެވެ. އަދި ކޮންމެ އަހަރަކު ވެސް އަސްކަރީ ތަމްރީންތައް ކުރިއަށް ގެންދެ އެވެ. އުތުރު ކޮރެޔާ އިން އަބަދުވެސް ބުނަމުން ދަނީ އެ ތަމްރީންތަކަކީ އެ ގައުމަށް ހުރި ބިރެއް ކަމަށެވެ.

އެމެރިކާ އާއި ނޯތު ކޮރެޔާއާ ދެމެދު ކުރިންސުރެ އޮތް ރުޅިވެރިކަން ކުއްލިއަކަށް ބަދަލުވާ ކަހަލަ ސަމިޓަކަށް ދެ ގައުމުގެ ވެރިން ވަޑައިގަތުމުން ދުނިޔެއަށް ވަނީ ހައިރާންކަން ލިބިފަ އެވެ. އެކަމަކު މަޝްވަރާތައް ކާމިޔާބުވެ، ނޯތު ކޮރެޔާ އިން ނިއުކްލިއަ ހަތިޔާރު ނައްތާލައިފި ނަމަ، އެއީ ދުނިޔޭގެ ސުލްހައަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް، ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

މިއީ އެމެރިކާގެ ރައީސަކާއި ނޯތު ކޮރެޔާގެ ލީޑަރަކު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

ދެ ލީޑަރުންގެ ސަމިޓަށް ފަހު ސޮއިކުރެއްވި އެއްބަސްވުމުގައިވާ ގޮތުން ނޯތު ކޮރެޔާގެ ސަލަމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރުކޮށްދޭނެ އެވެ. އަދި ނޯތު ކޮރެޔާގެ ނިއުކްލިއަ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާތަނަށް ތައްޔާރުކޮށްފައި ހުރި އެއްޗެހި ނައްތާލަން ވެސް އެއްބަސްވުމުގައިވެ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުން ޓްރަމްޕް ނޫސްވެރިންނަށް ދައްކާލައްވަނީ - ފޮޓޯ: އޭއެފްޕީ

މިއަދު ސޮއިކުރި އެއްބަސްވުން ޓްރަމްޕް ނޫސްވެރިންނަށް ދައްކާލައްވަނީ - ފޮޓޯ: އޭއެފްޕީ

ތަޖުރިބާކާރުން ދެކޭ ގޮތުގައި ސައުތު ކޮރެޔާ އާއި އެމެރިކާ އިން ބާއްވާ އަސްކަރީ ތަމްރީންތައް ހުއްޓާލުމަކީ އެމެރިކާ އިން ދޭނެ ވަރަށް ބޮޑު ދުލެކެވެ.