ދިފާއީ ހެއްކާ ނުލައި ޝަރީއަތްތައް ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ދިފާއީ ހެކި ހުށަހަޅައިގެން ކުށުން ބަރީއަވުމަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
11 ޖޫން 2018
ދިފާއީ ހެއްކާ ނުލައި ޝަރީއަތްތައް ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ދިފާއީ ހެކި ހުށަހަޅައިގެން ކުށުން ބަރީއަވުމަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ދިފާއީ ހެކިބަސް ނުނަގައި ޝަރީއަތް ނިންމަން ކޯޓުން ކަނޑައެޅި ހަބަރުގެ ލިންކަކާ އެކު އަލީ ހުސައިން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިފާއީ ހެކިން ހުށައަޅަން ފުރުސަތު ނުދީ ކުރާ ހުކުމެއް ސައްހަ ނުވާނެ ކަމަށެވެ.
އަލީ އެ ގޮތަށް ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފޯނު، ފުލުހުންނަށް ނުދެއްވި ކަމަށް ބުނެ، ދައުލަތުން ކުރާ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، އެ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ އަށް ތާވަލުކޮށްފައި ވަނިކޮށެވެ.
Dhifaaee heki husha alhan furusathu nudhee kuraa hukumeh sahha eh nuvaane. https://t.co/qcYs27NKeM
— Ali Hussain (@AleeVoice) June 10, 2018
އަލީ ހުސެއިން ކުރެއްވި ޓުވީޓު.
އަލީ ކުރެއްވި ޓުވީޓުގެ ތަފްސީލް ދެއްވަމުން އޭނާ "މިހާރު" އަށް ވިދާޅުވީ މީހެއްގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން، ޖަވާބުދާރީވާން އެކަށީގެންވާ ވަގުތު ދިނުމާއި ދިފާއަށް ހެކި ހުށަހެޅުމުގެ ހައްގަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ކަށަވަރު ކޮށްދީފައިވާ ހައްގެއް ކަމަށާއި އެ ހައްގު ނިގުޅައި ނުގަނެވޭނެ ކަމަށެވެ.
"ގާނޫނުގައި ލިޔެފައި އޮތަސް، ނެތަސް ދިފާއީ ހެކި ހުށައެޅުމުގެ ފުރުސަތު ދޭން ޖެހޭނެ. ހަމައެކަނި ދައުލަތުން ބުނާ އެއްޗަކަށް ރިއާޔަތް ކޮށްގެން ހުކުމް ކުރީމަ، ސައްހަ ޝަރީއަތަކަށް ނުވާނެ،" އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ޝަރީއަތްތައް ހިންގަން ޖެހޭ އުސޫލު އޮތް އިރު، ދިފާއުވުމުގެ ހައްގު އިސްލާމީ ޝަރީއަތުގައި ވެސް ދީފައިވާ ކަމަށެވެ. ޝަރީއަތްތައް ހުޅުވާލައިގެން ކުރަން އޮންނަ އިރު، ހަތަރު ޚަލީފާއިންގެ ދުވަސްވަރު، ސިއްރު ކޮށްގެން ބޭއްވީ ކޮން ޝަރީއަތެއްތޯ އޭނާ ސުވާލު ކުރެއްވި އެވެ. އަދި ސިއްރު ކޮށްގެން ބޭއްވި ޝަރީއަތެއް ދެއްކުމަށް ދައުލަތުގައި އޭނާ އެދިވަޑައިގެންނެވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރީއަތްތައް ސިއްރު ކޮށްގެންނާއި ސިއްރު ހެކި ބަސް ނަގަނީ ވަރަށް ނާދިރު ހާލަތްތަކުގަ އެވެ. އެ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތުގަ އާއި ބަދު އަހުލާގީ މައްސަލަތަކުގައި ޝަރީއަތްތައް ސިއްރު ކޮށްގެން ބާއްވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެކަމަކު، މިހާރު ހިނގަމުންދާ ސިޔާސީ ބޭފުޅުންގެ ޝަރީއަތްތައް ސިއްރުކޮށްގެން ހިންގަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގައި ރޭ ބޭއްވި ޝަރީއަތުގައި މައުމޫނާއި ދެ ފަނޑިޔާރުންގެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ނަޖީބު ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، ދިފާއީ ހެކިންގެ ހެކިބަސް ނަގަން ޖެހޭ ސަބަބެއް މިހާރު އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، ދިފާއީ ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، ދެން އޮންނާނީ އެ މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ދިޔާނާ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތުގެ ހެކިންގެ ހެކިބަސް ނަފީ ކުރެވޭނެ ހެކި ވެސް ދިފާއީ ހެކިންގެ ކިބައިން ލިބިދާނެ ކަމަށެވެ. އެހެންވެ، ދިފާއީ ހެކިންގެ ހެކިބަސް ނެގުމަކީ ލާޒިމް ކަމެއް ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.
Dhaulathuge hekinge hekibas nafeekureveyne hekives dhifaaee hekinge kibain libidhaane. Dhifaaee hekinge hekibas negun laazimu.
— Dhiyana ? (@dhiyanasaid) June 11, 2018
Mioh bodu roadhamahuves evves bireh nethi Gaazee Najeeb aa baiverin mi hinganee nubaikan bodu amaleh @judiciarymv pic.twitter.com/cN0ro8Vrjz
ދިޔާނާ ކުރެއްވި ޓުވީޓު.
މީގެ އިތުރުން، ރޯދަ މަހު އެއްވެސް ބިރެއް ނެތި ގާޒީ ނަޖީބާއި އޭނާގެ ބައިވެރިން ހިންގަވަނީ ނުބައިކަން ބޮޑު އަމަލެއް ކަމަށް ވިދާޅުވެ، ދިޔާނާ ވަނީ ގާޒީންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ތުހުމަތުކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ގޮވާލައިފި
ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އިންސާފު: ފައިސަލް
ފަނޑިޔާރުން މިނިވަން ނުވާހާ ހިނދަކު އިންސާފެއް ނެތް
ޝަރީއަތްތައް ލަސްވާ ސަބަބު ހޯދަން ޓާސްކް ފޯހެއް ހަދަނީ
ގާނޫނީ ފަންނުގެ ބިލް މަޖިލިހުން ފާސްކޮށްފި
ޝަރުއީ ދާއިރާ އިސްލާހުކުރަން މަގުޗާޓެއް އިފްތިތާހުކޮށްފި
ވަކީލުންގެ ކަންކަމަށް ބާ އެސޯސިއޭޝަން އުފައްދަނީ
ދެ ފަނޑިޔާރުންގެ ހުކުމް: ދިރިތިބީންނަށް އިބްރަތެއް
އާ ތިން ފަނޑިޔާރުން ހުވާކުރައްވައިފި
ވާހަކަ ނުދެއްކޭ ވަރަށް ޒާތީ މިނިވަންކަން ހިފެހެއްޓޭތަ؟