29 ނޮވެމްބަރ 2018
ރާއްޖޭގައި މަސައްކަތް ކުރާ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ބާ އެސޯސިއޭޝަންގެ ނަމުގައި މުއައްސަސާއެއް އުފައްދަން، "ގާނޫނީ ހިދުމަތުގެ ބިލް"ގެ ނަމުގައި ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ބާ އެސޯސިއޭޝަންގެ ނަމުގައި މުއައްސަސާއެއް އުފައްދަން، "ގާނޫނީ ހިދުމަތުގެ ބިލް"ގެ ނަމުގައި ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހްމީ، ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ބުނީ ކޯޓުތަކުން ގާނޫނީ ވަކީލުން ރެގިއުލޭޓްކޮށް، އެ މީހުންނާ މެދު ފިޔަވަޅު އެޅުން ހުއްޓުމަކަށް ގެނައުން ކަމަށެވެ. އަދި ބިލް ހުށަހެޅީ އަދުލު އިންސާފު ލިބިދިނުމުގައި ވަކި ބަޔަކު ދައްކާ ބިރަށް ޖެހިލުން ނުވެ، ގާނޫނީ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ވަކީލުންނަށް ދޭން ބޭނުންވާތީ ކަމަށް ވެސް ބިލްގައިވެ އެވެ.
ބިލްގައިވާ ގޮތުން، ވަކީލުންނަށް ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުމާއި ވަކީލުންގެ މަސައްކަތްތައް ރެގިއުލޭޓްކޮށް ފިޔަވަޅު އެޅުމާއި އެ މީހުންގެ މަސައްކަތުގެ ދާއިރާ ކަނޑައަޅައި ހައްގުތަކާއި އިމްތިޔާޒްތައް ކަށަވަރުކޮށް، ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ އެންމެހައި ގަވައިދުތަކާއި އޫސޫލުތައް އެކުލަވާލައިލުން ފަދަ ކަންތައް ކުރާނީ ބާ އެސޯސިއޭޝަން މެދުވެރިކޮށެވެ.
އެ އެސޯސިއޭޝަން މެދުވެރިކޮށް ވަކީލުންނާ މެދު ފިޔަވަޅު އަޅަން އޮތަސް، ވަކީލުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު ޝަރުއީ ހުރިހާ ކޯޓުތަކަށް ލިބިގެންވެ އެވެ. ކޯޓުތަކަށް ލިބިގެންވާ ބާރުގެ ދަށުން ގާނޫނީ ބައެއް ވަކީލުން ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑްކޮށްފައިވެ އެވެ. އެހެންވެ، ކޯޓުތަކަށް އޮތް އެ ބާރު އަތުލަން ގާނޫނަށް އިސްލާހު ގެންނަން ޖެހޭނެ އެވެ.
- އުމުރުން 21 އަހަރުވެފައި، ބުއްދަ ސަލާމަތުން ހުރި ދިވެއްސަކަށްވުން.
- ބާ އެސޯސިއޭޝަނުން އެކްރެޑިޓްކޮށްފައިވާ ތަނެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކުރުން.
- ވޭތުވެދިޔަ ފަސް އަހަރު ޖިނާއީ ކުށެއް ކުރިކަން ސާބިތުނުވުން.
- ބިލްގައި ބުނާ ތަމްރީންތައް ފުރިހަމަކޮށްފައިވާ މީހެއް ކަމުގައިވުން.
ބިލްގައިވާ ގޮތުން ބާ އެސޯސިއޭޝަން އެކުލެވިގެން ވަނީ ހިންގާ ކޮމިޓީ އާއި އެ ކޮމިޓީ އެކުލަވައިލާ ސަބް ކޮމިޓީތަކުގެ މައްޗަށެވެ. ބާ އެސޯސިއޭޝަން އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. ސަބް ކޮމިޓީތަކުގެ ގޮތުގައި ފަސް ކޮމިޓީއެއް އުފައްދަން ޖެހެ އެވެ.
ބާ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އަށް މެމްބަރުން އިންތިހާބު ކުރާނީ ރާއްޖޭގައި ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ބިލްގައިވެ އެވެ. ބާ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އަށް އިންތިހާބު ކުރާ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.
- ޝަރުތުތައް ފުރިހަމަވާ ވަކީލުން ހުވައި ކުރާނީ ހައި ކޯޓުގެ ފަނޑިޔާރެއްގެ ކުރިމަތީގައި.
- ގާނޫނީ ވަކީލުކަން ދޭނީ ތިން އަހަރަށް، އެ އަށް ފަހު ހުއްދަ އާ ކުރަން ޖެހޭ.
- ހިންގާ ކޮމިޓީ އަށް ރައީސަކާއި ނައިބު ރައީސަކު އިންތިހާބު ކުރަން ޖެހޭ.
- ބިލް ގާނޫނަކަށް ބަދަލުވާތާ އެއް މަސް ތެރޭގައި ހިންގާ ކޮމިޓީގެ އިންތިހާބު ބާއްވަން ޖެހޭ.
- ވަކީލުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ބާ އެސޯސިއޭޝަނަށް ލިބޭ.
ބާ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރަކު ވަކި ކުރެވޭނެ ގޮތްތައް ވެސް ބިލްގައި ހިމަނާފައިވެ އެވެ. އެގޮތުން، ވަކީލުންގެ ތެރެއިން 100 އަށް ވުރެ މަދު ނޫން އަދަދެއްގެ ވަކީލުން ލިޔުމަކުން ބާ އެސޯސިއޭޝަނަށް ހުށަހެޅުމުން ހިންގާ ކޮމިޓީގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން އެ މީހަކު ވަކި ކުރެވިދާނެ ކަމަށް ވެސް ބިލްގައިވެ އެވެ.
މި ބިލްގައިވާ ގޮތުން ބާ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރަކަށް މުސާރައެއް ނުވަތަ އިނާޔަތެއް ވެސް ނުލިބޭނެ އެވެ. އެކަމަކު، ބާ އެސޯސިއޭޝަން ހިންގުމަށް މަޖިލީހުން ބަޖެޓެއް ދޭން ޖެހެ އެވެ.
ގާނޫނީ ފަންނުގެ ބިލް މަޖިލިހުން ފާސްކޮށްފި
ބާ ކައުންސިލް އުފެއްދުމުގެ ބިލް އެޖެންޑާގައި ހިމަނައިފި
ފަނޑިޔާރުން މިނިވަން ނުވާހާ ހިނދަކު އިންސާފެއް ނެތް
ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އިންސާފު: ފައިސަލް
މެމްބަރުން ހައްޔަރު ކުރި މައްސަލަ އިސްތިއުނާފް ކުރަނީ
ހެކިވެރިންގެ ހިމާޔަތާ އެކު ހެއްކާ ބެހޭ ބިލް މަޖިލީހަށް
އިންސާފު ހޯދުމުގެ "އަގު" ލިބޭނެ ގޮތެއް ނެތް!
އުއްތަމަ ފަނޑިޔާރާއި އާދަމް ވަކިކުރަން ފާސްކޮށްފި
ޝަރީއަތްތައް ލަސްވާ ސަބަބު ހޯދަން ޓާސްކް ފޯހެއް ހަދަނީ
ތުހުމަތުކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ގޮވާލައިފި