Roadha Mihaaru
ރީބްރޯޑްކާސްޓަރުންނަށް ވޯލްޑްކަޕް ދެއްކޭނޭ: ބްރޯޑްކޮމް

ރީބްރޯޑްކާސްޓަރުންނަށް ވޯލްޑް ކަޕް ދެއްކުމަށް ހުރަހެއް ނެތް: ބްރޯޑްކާސްޓިން ކޮމިޝަން

12 ޖޫން 2018

ބުރާސްފަތި ދުވަހު ފަށާ ފީފާ ވޯލްޑް ކަޕް ޕީއެސްއެމްގެ އިތުރުން، ރީބްރޯޑްކާސްޓަރުންނަށް ވެސް ދެއްކޭނެ ކަމަށާއި، އެކަމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ބުރާސްފަތި ދުވަހު ފަށާ ފީފާ ވޯލްޑް ކަޕް ޕީއެސްއެމްގެ އިތުރުން، ރީބްރޯޑްކާސްޓަރުންނަށް ވެސް ދެއްކޭނެ ކަމަށާއި، އެކަމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ، ރީބްރޯޑްކާސްޓަރުން ދައްކާ ޗެނަލްތަކަކީ އެ ފަރާތްތަކުގެ މެދުގައި ނޮން އެކްސްކުލޫސިވް އެގްރީމެންޓެގައި ސޮއިކުރެވިގެން ދައްކާ ޗެނަލްތަކެއް ކަމަށެވެ. އެގޮތުން ރީބްރޯޑްކާސްޓަރުން ދައްކާ ޗެނަލަކުން ވޯލްޑް ކަޕް ދައްކާ ނަމަ، ރާއްޖޭގައި ވެސް އެ ދެއްކުމުގެ ހުއްދަ އޮންނާނެ ކަމަށް ޝަހީބު ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދުކުރަނީ މި ފެށޭ ވޯލްޑް ކަޕަކީ ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ފަސޭހަ އިން ބަލައިލެވޭ ވޯލްޑްކަޕަކަށް ވެގެން ދާނެ ކަމަކަށް. އެ ބޭފުޅަކު ބޭނުން ކޮލެޓީއެއްގައި، ބޭނުން ވަސީލަތެއް ބޭނުން ކޮށްގެން ބަލައިލެވޭނެ ކަމަށް،" ޝަހީބް ވިދާޅުވި އެވެ.

ޕީއެސްއެމް އާއި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރީބްރޯޑްކާސްޓް ކުރާ މީޑިއާ ނެޓާއި ދިރާގުގެ އޮފިޝަލުން ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބް ވިދާޅުވީ، ވޯލްޑް ކަޕްގެ މި ސަރަހައްދުގެ އޮފިޝަލް ބްރޯޑްކާސްޓަރު ކަމަށްވާ ސޮނީ ސްޕޯޓްސް ނެޓްވޯކުން ޕީއެސްއެމް އަށް ދީފައިވަނީ "ކްލީން ފީޑެއް" ކަމަށާއި، ރީބްރޯޑްކާސްޓަރުންނަށް ދީފައިވަނީ "ޑާޓީ ފީޑެއް" ކަމަށެވެ.

"ޕީއެސްއެމް އިން ނަގައިގެން އުޅުއްވަނީ މީގެ ކްލީން ފީޑެއް. އޭގެ މާނައަކީ މުޅިން ސާފުކޮށް، އެއްވެސް ލޯގޯއެއް ނެތި ހުންނާނީ. އެ ބޭފުޅުންގެ ލޯގޯ ޖަހައިގެން އެބޭފުޅުންނަށް ދެއްކޭނީ. ޑާޓީ ފީޑަކީ، ރީބްރޯޑްކާސްޓް ކުރާއިރު އެ ދައްކާ ޗެނަލްގެ ލޯގޯއާ އެއްޗެހި ހުރިގޮތަށް ދައްކާނީ،" ޝަހީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބްރޯޑްކާސްޓިން ގާނޫނުގައި ލިސްޓެޑް އިވެންޓެއް ގޮތަށް ރާއްޖޭގައި އޮންނަނީ ވޯލްޑް ކަޕާއި، ގައުމީޓީމު ކުޅޭ ބައިނަލްއަގުވާމީ މެޗުތައް ކަމަށެވެ. އެހެންވެ، އެ ދެ އިންޓް އެއްވެސް ފަރާތަކުން އެކްސްކްލޫސިވް ކޮށް، ޕީއެސްއެމް އަށް ނުލިބޭ ގޮތަށް ނުނެގޭނެ ކަމަށް ޝަހީބު ވިދާޅުވި އެވެ.

މީޑިއާ ނެޓުގެ ޑިރެކްޓަރު އޭޑީކޭ ނާޝިދު (ކ) އަދި ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އަހްމަދު މާނު.-- ފޮޓޯ: ނިޝާން އަލީ/މިހާރު

މީޑިއާ ނެޓުގެ ޑިރެކްޓަރު އޭޑީކޭ ނާޝިދު (ކ) އަދި ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އަހްމަދު މާނު.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ޝަހީބު ވިދާޅުވީ ރާއްޖޭގައި އެއްވެސް ޗެނަލެއްގެ ރައިޓްސް އެކްސްކްލޫސިވްކޮށް ނުނެގޭނެ ކަމަށެވެ. ނަމަވެސް އިވެންޓުތައް ނެގިދާނެ ކަމަށާއި، ނަމަވެސް އެފަދަ އިވެންޓެއް ރީބްރޯޑްކާސްޓް ކުރާ ޗެނަލަކުން ދެއްކުން ނުހުއްޓުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރީބްރޯޑްކާސްޓަރުންނަށް އޮންނާނީ ޗެނަލް ރައިޓްސް. އެ ބޭފުޅުން ޔަގީން ކުރަންވީ ސޮނީ ޓެން (ދެއްކުމުގެ ހުއްދަަ އޮތްތޯ). އަޅުގަނޑުމެން ވެސް ބަލާނީ އެ ކަންތައް. ސޮނީ ޓެން މީޑިއާ ނެޓުން ދައްކާއިރު، ސޮނީ ޓެން އާ އެކު މީޑިއާ ނެޓުން އެބައޮތްތޯ އެގްރީމަންޓެއް. އެހެންވެއްޖެއްޔާ މައްސަލައެއް ނެތް،" ޝަހީބު ވިދާޅުވި އެވެ.

ޕީއެސްއެމުން ކުރިން ބުނެފައި ވަނީ "2018 ފީފާ ވޯލްޑް ކަޕް ރަޝިއާ"ގެ ނަމުގައި ޕްރޮމޯޝަނެއް ނުވަތަ އެ ނަމުގައި އެހެން އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެއީ ޕީއެސްއެމްގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކަމަށެވެ. އަދި އެ ފަދަ ކަމެއް ކުރާ ފަރާތްތަކާ މެދު މެދު ގާނޫނީ އަޅާނެ ކަމަށް އިންޒާރު ދިނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެސްއެމްގެ ޑިރެކްޓާ ކޮމާސް އެންޑް މާކެޓިން އިބްރާހިމް ނަސްރީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެސްއެމްގެ ޑިރެކްޓާ ކޮމާސް އެންޑް މާކެޓިން އިބްރާހިމް ނަސްރީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްއެމްގެ ޑިރެކްޓާ ކޮމާސް އެންޑް މާކެޓިން އިބްރާހިމް ނަސްރީން ވިދާޅުވީ އެ ކުންފުނިން ވޯލްޑްކަޕާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނަނީ ހުއްދަ ނޫން ގޮތަކަށް ވޯލްޑް ކަޕް ދައްކާނަމަ ފިޔަވަޅު އަޅާނެ ވާހަކަ ކަމަށެވެ.

ދިރާގު ޓީވީގެ ފަރާތުން އެ ކުންފުނީގެ ޗީފް މާކެޓިން އޮފިސަރު އަހްމަދު މައުމޫނު އަދި މީޑިއާ ނެޓުގެ ފަރާތުން އެ ތަނުގެ ޑިރެކްޓަރެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތެވެ. އެ ކުންފުނިތަކުން ވަނީ ވޯލްޑް ކަޕް ދައްކާނެ ކަމަށް ބުނެ އެވެ.

"ޔޫއެޗްޑީ ނުވަތަ އަޅުގަނޑުމެން މިކިޔާ 4ކޭ ކޮށް ދައްކަން ހަމަޖެހިފަ އޮތީ 10 މެޗު. އެ ދިހަ މެޗު ވެސް އަޅުގަނޑުމެން ހަމަ ދައްކާނެ،" ނާޝިދު ވިދާޅުވި އެވެ.