ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބްރޯޑްކާސްޓިން ލައިސަންސް ދޫނުކުރަން ނިންމި ނިންމުމާ ދެކޮޅަށް ދިރާގުން ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތު މީޑިއާ ނެޓާއި އިތުރު ދެ ކުންފުންޏަކަށް ނުދޭން ސިވިލް ކޯޓުން ނިންމައިފި އެވެ.
05 ޑިސެމްބަރ 2022
ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބްރޯޑްކާސްޓިން ލައިސަންސް ދޫނުކުރަން ނިންމި ނިންމުމާ ދެކޮޅަށް ދިރާގުން ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތު މީޑިއާ ނެޓާއި އިތުރު ދެ ކުންފުންޏަކަށް ނުދޭން ސިވިލް ކޯޓުން ނިންމައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވާއިދެއްގެ ދަށުން، ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ލައިސަންސް ނުދޭން ހަމަޖައްސާފައިވާތީ ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރަން ކޮމިޝަނުން ނިންމި އެވެ. އެކަމާ ދެކޮޅަށް ދިރާގުން ސިވިލް ކޯޓަށް އޮތީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އެ މައްސަލައިގެ ތެރެއަށް ވަންނަން އެދުނީ މީޑިއާ ނެޓާއި އޭދަފުށީ ކޭބަލް ނެޓްވޯކާއި ސްކައި ލައިފް ކޯ ޕްރައިވެޓް ލިމިޑެޓުންނެވެ. ނަމަވެސް ސިވިލް ކޯޓުން މިއަދު ނިންމި އެއިން އެއްވެސް ކުންފުންޏަކަށް އެ މައްސަލާގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދިނުމަށެވެ.
ސަބަބެއްގެ ގޮތުގައި ކޯޓުގެ ނިންމުމުގައިވަނީ އެ މައްސަލައަކީ ދިރާގުގެ ލައިސަންސް އާ ނުކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނިންމުމަކާ ގުޅޭ މައްސަލައަކަށް ވާއިރު، އެ ނިންމުމުގައި މީޑިއާ ނެޓާއި އަނެއް ދެ ކުންފުނީގެ ދައުރެއް އަދި މަސްލަހަތެއް ވެސް ނެތުމެވެ.
އެ މައްސަލަ ނިމެންދެން، ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން އޮތީ ކުރިން ވަގުތީ އަމުރެއް ނެރެފަ އެވެ. އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން އޮތީ އިސްތިއުނާފްކޮށްފަ އެވެ.
ދިރާގު ޓީވީގެ ލައިސަންސް މައްސަލަ އަނބުރާ ގެންގޮސްފި
ދިރާގުޓީވީގެ ލައިސަންސް ކޯޓުން ދެމެހެއްޓުމުން ހައިކޯޓަށް
ކޯޓުން ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދެމިއޮންނާނެ
ގަވައިދު ބަދަލުކުރި ގޮތް ބަލަން ބްރޯޑްކޮމް ކޮމިޓީއަށް
މީޑިއާނެޓުން ނުފޫޒު ފޯރުވާ މައްސަލަ ބަލަން ގަރާރެއް
އެމްއެންބީސީން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭންޖެހިއްޖެ
ގަވާއިދު ބަދަލުކުރުމުން ދިރާގުޓީވީގެ ހިދުމަތް ހުއްޓާލަނީ
ދިރާގުޓީވީ މަނާވާ ގަވައިދު ބަދަލުކުރަން އަންގައިފި
ފުރުސަތު ގެއްލޭ ގޮތް ހެދީ ގާނޫނާ ހިލާފަށް: ދިރާގު
ރާއްޖެ ޓީވީ ފަސް ލައްކައިން ޖޫރިމަނާ ކުރީ ރަނގަޅަށް