އެއް އަހަރާއި ހަތް މަސް ދުވަހަށް ޖަލަށް ލުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުން އާއިލާ އަށް ޝޮކެއް ލިބިފައިވާ ކަމަށް، މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
13 ޖޫން 2018
އެއް އަހަރާއި ހަތް މަސް ދުވަހަށް ޖަލަށް ލުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުން އާއިލާ އަށް ޝޮކެއް ލިބިފައިވާ ކަމަށް، މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫނާއެކު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވެސް ޖަލަށް ލުމަށް މިއަދު ހުކުމް ކުރި އެވެ. މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް އެ ހުކުމް އައީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެ ތިން ބޭފުޅުންގެ ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.
ކްރިމިނަލް ކޯޓުގެ މި ހުކުމާ މެދު ކަންބޮޑުވުން ފާޅުކޮށް، ކުރީގެ ފޮރިން މިނިިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަންމަ (ނަސްރީނާ އިބްރާހީމް) އާއި ކޮއްކޮ (ޔުމްނާ މައުމޫން) އަށް މިއަދު ވަރަށް ބޮޑު ޝޮކަކާއި ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ. އަދި އުމުރުން ދުވަސްވެފައިވާ ބައްޕަގެ ސިއްހީ ހާލަތު ހުރިގޮތުން، އިންސާނިއްޔަތަށްޓަކައި ވެސް ގެއަށް ބަދަލު ކޮށްދެއްވުމަށް އޭނާ އަނެއްކާ ވެސް އެދިވަޑައިގެންނެވި އެވެ.
"މާތް ﷲ ބައްޕަ ރައްކާތެރި ކުރައްވާށި!،" މައުމޫންގެ ދެކަނބަލުންގެ ވަރަށް ކުރީގެ ފޮޓޯއަކާ އެކު ޓްވީޓް ކުރައްވަމުން ދުންޔާ ވިދާޅުވެފައި ވެ އެވެ.
އޭގެ ފަހުން އޭނާ ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއެކު ތައްޔާރުކޮށްފައިވާ "ތިޔައީ ޒައީމޭ ގައުމު ފަހުރުވެރިވާ" ލަވަ ޝެއާ ކުރައްވާފަ އެވެ.
މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލާން ހުކުމް ކުރުމުގެ އިތުރުން، އެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް ބާތިލް ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޖަލުގައި ބަންދު ކުރައްވާފައި ހުންނަވާތާ 128 ދުވަސް ހަމަވެފައިވާއިރު، މި ފަހަކުން ރައީސް މައުމޫންގެ ހާލުކޮޅު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި ބަލިހާލަތުގެ ސަބަބުން އެ މަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް އާއިލާއިން ވަނީ ތަކުރާރުކޮށް އެދިފަ އެވެ.
ނަޖްމާ އާއި އަޒްމީ ވެސް މިނިވަންކޮށްފި
މައުމޫންގެ ބަންދާ މެދު މިރޭ ގޮތެއް ނުނިންމި
ޣައިރު ހާޒިރުގައި ޝަރީއަތް ހިންގަން މައުމޫން އެދިއްޖެ
މައުމޫނާ ދެކޮޅަށް ހުށަހެޅި ހެކިތައް ސިއްރުކޮށްފި
މައުމޫންގެ ޝަރީއަތުގެ އަޑުއެހުން މާދަމާ އަށް ފަސްކޮށްފި
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
މައުމޫން ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފަށް
މައުމޫންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް
މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި
ވަކީލުން އެދުމުން ފާރިސްގެ އަޑުއެހުން ފަސްކޮށްފި