ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުުޅުން ހުށަހަޅައިފި އެވެ.
01 ޖުލައި 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުުޅުން ހުށަހަޅައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރު ކުރި މައުމޫންގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް މިދިޔަ މަހު ކްރިމިނަލް ކޯޓުން އިއްވީ އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލައިގަ އެވެ. މިއީ ފަހުގެ ތާރީޚެއްގައި އަދި 2008 ގެ ރިޔާސީ އިންތިޚާބުގައި ލިބުނު ނާކާމިޔާބީ އަށް ފަހު އެމަނިކުފާނުގެ މައްޗަށް ސާބިތުވި ފުރަތަމަ ކުށެކެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން މިއަދު ހުށަހަޅާފައިވާ ކަން މައުމޫންގެ ވަކީލުން ކަށަވަރުކޮށް ދެއްވި އެވެ.
ފޯނު ނުދެއްވި މައްސަލާގައި މައުމޫންގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް އެއް އަހަރާއި ހަތް މަހާއި ހަ ދުުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ބޭފުޅުން ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރިކަން ކަށަވަރެއް ނުވެ އެވެ.
ފޯނު ނުދިން މައްސަލައިގެ އިތުރުން މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން ކުރެ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެމަނިކުފާނުގެ މައްޗަށް މަދުވެގެން 17 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެކަމަކު އެ މައްސަލަ އަދި ނުނިންމަ އެވެ.
ނަޖްމާ އާއި އަޒްމީ ވެސް މިނިވަންކޮށްފި
މައުމޫންގެ ބަންދާ މެދު މިރޭ ގޮތެއް ނުނިންމި
ޣައިރު ހާޒިރުގައި ޝަރީއަތް ހިންގަން މައުމޫން އެދިއްޖެ
މައުމޫނާ ދެކޮޅަށް ހުށަހެޅި ހެކިތައް ސިއްރުކޮށްފި
މައުމޫންގެ ޝަރީއަތުގެ އަޑުއެހުން މާދަމާ އަށް ފަސްކޮށްފި
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
މައުމޫންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް
މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި
ބައްޕަގެ ހުކުމުން އާއިލާއަށް ލިބުނީ ޝޮކެއް: ދުންޔާ
ވަކީލުން އެދުމުން ފާރިސްގެ އަޑުއެހުން ފަސްކޮށްފި