18 ޖޫން 2018
ކާ އެއްޗެހި ތައްޔާރުކުރަން ސެފްރޯން ބޭނުން ކުރުމަކީ ވަރަށް އާންމު ކަމެކެވެ. މިއީ ކިތަންމެ އަގު ބޮޑު އެއްޗަކަށް ވިޔަސް ކެއުންތަކާއި ތަފަތު ބުއިންތަކުގެ ރަހަ ވެސް މީރުކޮށްލަން ސެފްރޯނަކީ ދޫކޮށް ނުލެވޭނެ އެއްޗެކެވެ.
ކާ އެއްޗެހި ތައްޔާރުކުރަން ސެފްރޯން ބޭނުން ކުރުމަކީ ވަރަށް އާންމު ކަމެކެވެ. މިއީ ކިތަންމެ އަގު ބޮޑު އެއްޗަކަށް ވިޔަސް ކެއުންތަކާއި ތަފަތު ބުއިންތަކުގެ ރަހަ ވެސް މީރުކޮށްލަން ސެފްރޯނަކީ ދޫކޮށް ނުލެވޭނެ އެއްޗެކެވެ.
މިއީ ކެލްސިއަމާއި ޕޮޓޭސިއަމާއި މެގްނީޒިއަމް އަދި ވިޓަމިން ސީ އާއި ވިޓަމިން އޭ އިން މުއްސަނދިވެފައިވާ އެއްޗެކެވެ. އެހެންވެ ތަފާތު އެކި ގޮތްގޮތަށް ސެފްރޯން ބޭނުންކުރެ އެވެ. ރީތިވާން ބޭނުން ކުރާ ކޮސްމެޓިކް ބާވަތްތައް އުފައްދަން ވެސް ސެފްރޯން ބޭނުން ކުރެ އެވެ.
ހަމައެގޮތަށް ސެފްރޯފީން ތެލަކީ ވެސް އެހާމެ ފައިދާތައް ގިނަ އެއްޗެކެވެ.
ސިއްހީ ތަޖުރިބާރުން ބުނާ ގޮތުގައި ކެއުމުގައި ސެފްރޯން ތެޔޮ ބޭނުންކުރާ ނަމަ ބަރުދަން ލުއިވާން އެހީއަކަށްވެ، ހަކަރު ބަލިން ވެސް ދުރުކޮށް ދޭނެ އެވެ. މި ތެޔޮ ކާނާގައި ބޭނުން ކުރުމުން، ހަށިގަނޑު ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށް ދެ އެވެ.
ތަޖުރިބާކާރުން ބުނަނީ ސެފްރޯން ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާ ކެއުމުން، ބަނޑުހައިވުން ވެސް ކުޑަކޮށް ދޭ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވާނީ ބަރުދަން އިތުރުވިޔަ ނުދީ ހިފަހައްޓައި ދިނުމެވެ.
ބޮލުން އިސްތަށި ފޭބުމަކީ ވަރަށް ގިނަ މީހުން ނުތަނަވަސް ކުރުވާ ކަމެކެވެ. އެހެންވެ އެކަމަށް ހައްލެއް ބޭނުން ނަމަ ސެފްރޯން ތެލުން ނަތީޖާ ނެރެދޭނެ އެވެ. މި ތެޔޮ ބޭނުން ކުރުމުން ހަލާކުވެފައިވާ އިސްތަށިގަނތައް ވެސް ތާޒާކޮށްދީ، އިސްތަށިގަނޑަށް އުޖާލާ ގެނުވައި ދޭނެ އެވެ.
ސެފްރޯން: މިއީ ވަރަށް އަގު ބޮޑު އެއްޗެއް.
ނަފުސާނީ މައްސަލަތަކަށް ވެސް ސެފްރޯނަކީ އެހީއެކެވެ. ޑިޕްރެޝަނާއި ސްޓްރެސް ތަޖުރިބާ ކުރަން ޖެހިފައިވާ މީހުންނަށް ސެފްރޯންގެ ތެލިުގެ ވަހުން ލުއިކޮށް ދެ އެވެ. އޭގެ ހިތްގައިމު އެރޯމާގެ ސަބަބުން ސިކުނޑި އަރާމުކަން އިހުސާސް ކުރެވި، ނިދުމަށް ވެސް ފަސޭހަވެ އެވެ.
ހަމަ މިއާއެކު ނޭވާ ހިއްލުމާއި ކެއްސުން ފަދަ އުނދަގޫތަކަށް ސެފްރޯން ތެލަކީ ފަރުވާއެކެވެ.
އޮމާން އަދި ރީތި ހަންގަނޑަކަށް އެދޭ ނަމަ، ސެފްރޯން ތެޔޮ ހަމުގައި އުނގުޅުމަކީ ވެސް އުޖާލާކަން ގެނުވައި ދޭނެ ކަމެކެވެ. މި ތެޔޮ އުނގުމުން މޫނުގައި ހުންނަ ބިހިތަކާއި ކަޅު ލައްތައް ނައްތާލަދީ، ހަންގަނޑުގައި ހަލާކުވެފައި ހުންނަ ތަންތަން ފަސޭހަ ވެސް ކޮށް ދެ އެވެ. އަދި މިއާ ސެފްރޯން ތެލުން ހަށިގަނޑު މަސާޖް ކުރުމުން، ލޭ ހޮޅިތަކަށް ވެސް ލުއިކަން ގެނެސްދެ އެވެ.
ބެލެންސް ޑައިޓަކަށް ވިޓަމިން ޑީ މުހިއްމު
ރަހަ މީރުކޮށްދޭ ދިރީގެ ފައިދާ ވެސް ގިނަ
ކާފޫރުތޮޅީގެ ފައިދާތައް ގިނަ
ރީނދޫ ސައި؛ ފައިދާ ބޮޑު ތަފާތު ބުއިމެއް
ކުރިން 96 ކިލޯ، މިހާރު 60: ބޭނުންވަނީ ހިތްވަރު!
ފޭސްބުކް ޕޯސްޓަކުން ސިއްހަތު އަންދާޒާކުރެވިދާނެ؟
4 އިންޑަސްޓްރީއަކާ ހެދި އަހަރަކު 2.7 މިލިއަން މަރު
ހަކުރު ބަލި: ވިސްނާލަން ދެތިން ކަމެއް
ޑައެޓާއި ކަސްރަތުން ވެސް ލުޔެއް ނުވި: ކީއްވެ؟
ވިހެއުމުގެ ޑިޕްރެޝަން ހާއްސަ ބޭހަށް ހުއްދަ ދީފި